Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާ ވެރި ރަށް ނިއު ދިއްލީގައި ބާއްވައިފި

މުޒާހަރާގައި ބައިވެރިންގެ ޝުއޫރު ތަކުގެ ތެރޭގައި ހިމެނުނީ "ކުރަފިތައް އަންނަނީ، ދަރްމެންދުރަ ޕްރަދާން ދަނީ" ފަދަ ޖުމްލަތައް. މުޒާހަރާގެ ބައިވެރިންނަށް އިންޑިއާގެ ޤައުމީ ދިދަ އާއި ފޮތެއް ގެންނަން ވަނީ ހިތްވަރު ދީފައިވޭ. މިއީ ތަޢުލީމީ ހައްޤާއި ހުރިހާ މީހުންނަށް ހަމަހަމަ ފުރުސަތުގެ ރަމްޒެއް ކަމަށް އިސްވެރިން ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 03:36
އިންޑިއާގެ މައި އިމްތިހާނުތަކުގައި އޮޅުވާލުން ތަކެއް ހުރި ކަމަށް ބުނެ، އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން، "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ (މެދުގައި) ބައިވެރި ވަނީ.

އިންޑިއާގެ މައި އިމްތިހާނުތަކުގައި އޮޅުވާލުން ތަކެއް ހުރި ކަމަށް ބުނެ، އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން، "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ (މެދުގައި) ބައިވެރި ވަނީ. | ރޮއިޓާސް

އިންޑިއާގެ ވެރިކަން ބަދަލުކުރުމަށް ގޮވާލާ އޮންލައިން ހަރަކާތަކަށް ވެފައިވާ ކުރަފި ޕާޓީގެ އެތައް ސަތޭކަ ބަޔަކު ހޮނިހިރު ދުވަހު ޤައުމުގެ ވެރި ރަށް ނިއު ދިއްލީގައި އެއްވެ މުޒާހަރާ ކޮށް ފިއެވެ.

މިއީ ވަރަށް ގިނަ މީހުންގެ ތާއީދު ލިބިފައިވާ މި ސޯޝަލް މީޑިއާ ހަރަކާތް ފުރަތަމަ ފަހަރަށް މަގު މަތިން ފެނުނު ފަހަރެވެ.

ޤާނޫނު ހަދާ މަޖިލީހާ ކައިރީގައި ހުންނަ ޖަންތަރު މަންތަރު ސަރަހައްދުގައި ބޭއްވި މި މުޒާހަރާ އަކީ ވަރަށް ގިނަ ހަފުތާ ތަކެއް ވަންދެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެ، އެތައް މިލިއަން ބަޔަކު ފޮލޯކުރާ މި ހަރަކާތުގެ ފުރަތަމަ މުޒާހަރާ އެވެ. މި މުޒާހަރާގައި ބައިވެރިވީ އާންމުކޮށް އިންޑިއާގެ ޒުވާނުންނެވެ. މުޒާހަރާގެ ބައެއް ބައިވެރިން ތިބީ ކުރަފި ރަމްޒު ކޮށްދޭ މާސްކު އަޅައިގެންނެވެ. 

އޮންލައިން ހަރަކާތުގެ ފައުންޑަރު އަބްހިޖީތު ދިޕްކޭ، އެމެރިކާ އިން ހޮނިހިރު ދުވަހު ނިއު ދިއްލީ އަށް ވަޑައިގެން މި މުޒާހަރާގައި ބައިވެރިވި އެވެ. އޭނާ އެއާޕޯޓަށް ވަޑައިގަތް ވަގުތު، ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ޙަރަކާތްތެރި ވެފައި އެވެ. 

ކުރަފި ޕާޓީ އިން މި މުޒާހަރާ ބާއްވަނީ އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދުރަ ޕްރަދާން އިސްތިޢުފާ ދެއްވުމަށް ގޮވާލައި އެވެ. މިއީ މެއި މަހު އިމްތިހާނު ތަކުގައި ދިމާވި މައްސަލަތަކާ ގުޅިގެން ފެށި ހަރަކާތަކަށް ވެފައި އޮތް އިރު، މިހާރު އެއީ އިންޑިއާގެ ތަޢުލީމީ ނިޒާމާއި ވަޒީފާގެ ފުރުސަތު ތަކުގެ ދަތިކަމާ ގުޅޭ ބޮޑު ހަރަކާތަކަށް ވެފައިވެ އެވެ.

މުޒާހަރާގައި ބައިވެރިންގެ ޝުއޫރު ތަކުގެ ތެރޭގައި ހިމެނުނީ "ކުރަފިތައް އަންނަނީ، ދަރްމެންދުރަ ޕްރަދާން ދަނީ" ފަދަ ޖުމްލަ ތަކެވެ. މުޒާހަރާގެ ބައިވެރިންނަށް އިންޑިއާގެ ޤައުމީ ދިދަ އާއި ފޮތެއް ގެންނަން ވަނީ ހިތްވަރު ދީފައި އެވެ. މިއީ ތަޢުލީމީ ހައްޤާއި ހުރިހާ މީހުންނަށް ހަމަހަމަ ފުރުސަތުގެ ރަމްޒެ އްކަމަށް އިސްވެރިން ބުނެ އެވެ.

މި ހަރަކާތް ފެށިފައި ވަނީ މީގެ ގާތް ގަނޑަކަށް ތިން ހަފުތާ ކުރިންނެވެ. އިންޑިއާގެ ޗީފް ޖަސްޓިސް ސޫރްޔާ ކާންތު، މެއި މަހު ބޭއްވި އަޑު އެހުމެއްގައި ބައެއް ވަޒީފާ ނެތް ޒުވާނުންނާއި، ފާޑުކިޔާ މީހުންނަކޯ ކުރަފި ތަކެއް ކަހަލަ ބައެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑު ވިދާޅުވެފައި އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

އިންޑިއާކޮކްރޯޗް ޖަނަތާ ޕާޓީ

އިތުރަށް ކިޔާލަން

23 މެއި 2026

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި
21 މެއި 2026

ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ

21 މެއި 2026
ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ
20 މެއި 2026

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
29 މާރިޗު 2026

ރަޝިޔާގެ ދުރު ރާާސްތާ މިިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ އިން ހުއްދަ ދީފި

29 މާރިޗު 2026
ރަޝިޔާގެ ދުރު ރާާސްތާ މިިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ އިން ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު