Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން-އިންޑިއާ

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

3 ޖުލައި 2026 | ހުކުރު 11:45

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 120 އަށްވުރެ ގިނަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މީގެ ތެރޭގައި އޭއައި އާއި ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ޖަޕާނުން އިންޑިއާގައި ކުރާ އިންވެސްޓްމަންޓް 10 ޓްރިލިއަން ޔެންއަށް އިތުރުކުރުމުގެ މުހިންމު ލަނޑުދަނޑިތައް ހިމެނެ.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 11:45
ހައިދަރުއާބާދު ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ އެކުގައި.

ހައިދަރުއާބާދު ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ އެކުގައި. | ގެޓީ އިމޭޖަސް

ޖަޕާނާއި އިންޑިއާއާ ދެމެދު 100 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެކަމަނާގެ "ބޭބެއެއް" ފަދަ ބޭފުޅެއް ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ފެށިގެން ސަލާމަތީ ކަންކަމާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ 120 އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ދެ ގައުމުގެ ސަމިޓުގައި، މޯދީ ވަނީ ޓަކައިޗީއަށް "ކޮއްކޯފުޅު" ގެ ނަމުން މުހާތަބު ކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.

އިގްތިސާދީ އަދި އިސްތިރާތީޖީ ގުޅުންތައް ވަރުގަދަކުރުމަށާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޓަކައިޗީ އިންޑިއާއަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ އިންޑިއާ އާއި ޖަޕާނުގެ ދެމެދުގައި ބޭއްވުނު 16 ވަނަ އަހަރީ ސަމިޓެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަކައީޗީ ވަނީ އަބޭއަކީ އެކަމަނާގެ "ބޭބެއެއް" ކަމަށް ކުރިން ދެކެވަޑައިގަންނަވާ ކަމަށާއި، މޯދީ އާއި އަބޭއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން މިހާރު މޯދީއަކީ ވެސް އެކަމަނާގެ ބޭބެއެއް ކަމަށް ބައްލަވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް މުހާތަބު ކުރެއްވީ 'ކޮއްކޮ' އެއްގެ ގޮތުގައި،" ޓަކައީޗީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުގައި، ބޭބެއަކާއި ކޮއްކޮއެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އިގުރާރުވެފައި."

މޯދީ އާއި ޓަކައީޗީ ވަނީ ގުޅިފައިވާ ހަތަރު ބަޔާނެއް ނެރުއްވާފައެވެ. މީގެ ތެރޭގައި ދިފާއީ ދާއިރާއިން ދެ ގައުމު ގުޅިގެން ހިންގާ ފުރަތަމަ މަޝްރޫއުގެ އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ކަނޑުގެ ސަލާމަތާއި، އޭއައި އަދި ހަކަތައިގެ ދާއިރާ ހިމެނެ އެވެ.

މީގެ އިތުރުން، ޖަޕާނާއި އިންޑިއާގެ އަމިއްލަ ކުންފުނިތަކުގެ މެދުގައި 120 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި 2 ޓްރިލިއަން ޔެން (12.4 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓް ހިމެނޭ ކަމަށް ޓަކައީޗީ ވިދާޅުވި އެވެ.

ނަމަވެސް، މިއީ މިދިޔަ އަހަރު މޯދީ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް އޮތް ދިހަ އަހަރަށް ކަނޑައެޅި 10 ޓްރިލިއަން ޔެން (62 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓް ލަނޑުދަނޑިއަށްވުރެ ކުޑަ މިންވަރެކެވެ.

މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓަކައީޗީ ވިދާޅުވީ، ޖަޕާނާއި އިންޑިއާ ގުޅިގެން ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމަށް ފައިދާހުރި މިފަދަ ގުޅުމެއް ބޭއްވުން ވަރަށް މުހިންމު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، ކަނޑުގެ އަސްކަރީ މުވާސަލާތީ ނިޒާމުތައް ތަރައްގީ ކުރުމުގައި ދެ ގައުމުން އެއްބާރުލުން ދޭނެ ކަމަށެވެ. މީގެ އިތުރުން އޭއައި، އުޅަނދުފަހަރު ބަނުން، ބަޔޯގޭސް، ސެމީކޮންޑަކްޓާ އަދި މުހިންމު ޓެކްނޮލޮޖީތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯދީ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ޖަޕާނުން އިންޑިއާގައި ކުރާ އިންވެސްޓްމަންޓް 10 ޓްރިލިއަން ޔެންއަށް އިތުރުކޮށް، އިންޑިއާގައި ހަރަކާތްތެރިވާ ޖަޕާނު ކުންފުނިތަކުގެ އަދަދު ދެގުނަ ކުރައްވާނެ ކަމަށެވެ.

"ސަރަހައްދީ ސުލްހަ އާއި ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ދެ ގައުމު ގުޅިގެން ދިފާއީ ޓެކްނޮލޮޖީ އުފައްދާނަން،" މޯދީ ވިދާޅުވި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، 120 ވިޔަފާރި އެއްބަސްވުމެއްގެ ދަށުން އިންޑިއާގައި ދެ ޓްރިލިއަން ޔެން އިންވެސްޓް ކުރުމަށް ޖަޕާނުގެ ކުންފުނިތަކުން ގެންގުޅޭ ރޭވުންތަކަށް ދެ ގައުމުގެ ލީޑަރުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ޓަކައީޗީ އިންޑިއާއަށް ވަޑައިގަތީ ޖަޕާނުގެ 50 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ސީއީއޯއިން ހިމެނޭ ބޮޑު ވަފުދަކާއެކުގަ އެވެ. މީގެ ތެރޭގައި ސުޒުކީ މޮޓޯ، ޓޮޔޯޓާ، އަދި އިޓޯޗޫ ކޯޕަރޭޝަން ފަދަ އޮޓޯމޮބައިލް، ސެމީކޮންޑަކްޓާ އަދި ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

ޖަޕާނަކީ އިންޑިއާއަށް އެންމެ ގިނައިން އިންވެސްޓްކުރާ އެއް ގައުމެވެ. މުމްބާއީ-އަހުމަދުއާބާދު ހައި-ސްޕީޑް ރޭލު މަޝްރޫއު ފަދަ ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އިންޑިއާގައި ޖަޕާނުގެ 1,400 އެއްހާ ކުންފުނި ހަރަކާތްތެރިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އުފެއްދުންތެރިކަމުގެ ދާއިރާގެ ކުންފުނިތަކެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ، ވިޔަފާރި، އިގްތިސާދީ ސަލާމަތް، ހަކަތަ، އަދި ދިފާއީ ދާއިރާ ހިމެނޭހެން ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އިގްތިސާދީ ސަލާމަތާއި، ހަކަތައިގެ ރައްކާތެރިކަމާއި އޭއައިއާ ގުޅޭ ތިން މުހިންމު ލިޔުމެއްގައި ދެ ފަރާތުން ވަނީ ސޮއިކޮށްފަ އެވެ.

"ޖަޕާނުގެ ފުރިހަމަ ޓެކްނޮލޮޖީ އާއި އިންޑިއާގެ ސޮފްޓްވެއާ ގާބިލުކަން ގުޅުމުން، ދުނިޔޭގެ އޭއައި ތަރައްގީއަށް އާ ބާރެއް ލިބިގެންދާނެ،" މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ އާއި ސާމާނަށް އަދިވެސް ބޮޑަށް ބަރޯސާވަނީ ޗައިނާއަށެވެ. ނަމަވެސް، ޖަޕާނު ފަދަ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، އެ ބަރޯސާވުން ކުޑަކުރުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެއާއެކު، ޗައިނާއާއެކު އޮތް ނުތަނަވަސްކަން ކުޑަކޮށް، ގުޅުން ހަމައަކަށް އެޅުވުމަށް ވެސް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓަކައީޗީ ގެންގުޅުއްވަނީ ޗައިނާއާ ދެކޮޅު ހަރުކަށި ސިޔާސަތެކެވެ. ޗައިނާއިން ތައިވާނަށް ހަމަލާދީފިނަމަ ޖަޕާނުން އަސްކަރީ ގޮތުން ބައިވެރިވެދާނެ ކަމަށް ނޮވެމްބަރު މަހު ވިދާޅުވުމާ ގުޅިގެން ޗައިނާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު އިއުލާނު ކުރެއްވި ގޮތުގައި، ޖަޕާނާއި އިންޑިއާ ގުޅިގެން އިންޑިއާ ކަނޑުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރު ކުރިއަށްވުރެ މާ މުހިންމުވެފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މަސްދަރު: އިންޑިޕެންޑެންޓް

ޖަޕާން-އިންޑިއާނަރެންދުރަ މޯދީ ސަނައޭ ޓަކައީޗީޝިންޒޯ އަބޭއާޓިފިޝިއަލް އިންޓެލިޖެންސްޗައިނާ

އިތުރަށް ކިޔާލަން

01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
30 ޖޫން 2026

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026
ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި
29 ޖޫން 2026

ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި

29 ޖޫން 2026
ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި
29 ޖޫން 2026

ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

29 ޖޫން 2026
ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
28 ޖޫން 2026

ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި

28 ޖޫން 2026
ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި
27 ޖޫން 2026

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

27 ޖޫން 2026
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ
25 ޖޫން 2026

މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ

25 ޖޫން 2026
މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ
25 ޖޫން 2026

އަލްކާ ޔަގްނިކަށް ޕަދުމާ ބޫޝަން އެވޯޑު ލިބުން.

25 ޖޫން 2026
އަލްކާ ޔަގްނިކަށް ޕަދުމާ ބޫޝަން އެވޯޑު ލިބުން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް