Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ

އެ ޕާޓީގެ އިންސްޓަގްރާމް އެކައުންޓުގައި މިހާރު 14.5 މިލިއަން ފޮލޯވަރުން އެބަ ތިބި. އިންޑިއާގައި ވެރިކަން ކުރަމުން އަންނަ އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީގެ އިންސްޓަގްރާމްގައި ތިބީ 8.8 މިލިއަން ފޮލޯވަރުން. އިދިކޮޅު ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީގެ އިންސްޓަގްރާާމްގައި ތިބީ، 13.3 މިލިއަން ފޮލޯވަރުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2026 | ބުރާސްފަތި 11:52
އިންޑިއާގެ ޒުވާނުން އުފެއްދި ކުރަފި ޕާޓީގެ ލޯގޯ.

އިންޑިއާގެ ޒުވާނުން އުފެއްދި ކުރަފި ޕާޓީގެ ލޯގޯ. | ސޯޝަލް މީޑިއާ

އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކައަކާ ގުޅިގެން، އެ ޤައުމުގެ ޒުވާނުން އުފެއްދި ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ) ޕާޓީ އަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އިންސްޓަގްރާމްގައި ގިނަ އަދަދެއްގެ ފޮލޯވަރުން ލިބިއްޖެ އެވެ.

ޒުވާނުންނަކީ ކުރާނެ ކަމެއް ނެތިގެން އުޅޭ ކުރަފި ތަކެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަ ކުރެއްވުމުން، އިންޑިއާގެ ޒުވާނުން ވަނީ އެ ނަމުގައި ޕާޓީ އެއް އުފައްދައިފަ އެވެ. އެ ޕާޓީގެ އިންސްޓަގްރާމްގައި ގިނަ އަދަދެއްގެ ފޮލޯވަރުން މިހާރު އެބަ ތިއްބެވެ. 

އެގޮތުން އިންޑިއާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އިދިކޮޅު ކޮންގްރެެސް ޕާޓީ އަށް ވުރެ ވެސް، ސީޖޭޕީގެ ފޮލޯވަރުން އިންސްޓަގްރާމްގައި ގިނަ ވެއްޖެ އެވެ. އެ ޕާޓީގެ އިންސްޓަގްރާމް އެކައުންޓުގައި މިހާރު 14.5 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ.

އިންޑިއާގައި ވެރިކަން ކުރަމުން އަންނަ އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީގެ އިންސްޓަގްރާމްގައި ތިބީ 8.8 މިލިއަން ފޮލޯވަރުންނެވެ. އިދިކޮޅު ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީގެ އިންސްޓަގްރާާމްގައި ތިބީ، 13.3 މިލިއަން ފޮލޯވަރުންނެވެ. 

ސީޖޭޕީގެ އެކްސް އެކައުންޓް އިންޑިއާގައި މިހާރު ވަނީ ބްލޮކް ކޮށްފަ އެވެ.  ސޯޝަލް މީޑިއާގައި މި ޕާޓީ އަށް ލިބިފައިވާ ބޮޑު ތާއީދާ އެކު، މި ޕާޓީގެ އެކްސް އެކައުންޓް އިންޑިއާގައި ބްލޮކް ކުރުމަކީ ސިޔާސީ ގޮތުން ބޮޑު ސުވާލު އުފައްދާ ކަމެއްގެ ގޮތުގައި ބައެއް ފަރާތް ތަކުން ދެކެ އެވެ.

އިންޑިއާކޮކްރޯޗް ޖަނަތާ ޕާޓީބާރަތީޔާ ޖަނަތާ ޕާޓީކޮންގްރެސް ޕާޓީ

އިތުރަށް ކިޔާލަން

20 މެއި 2026

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
29 މާރިޗު 2026

ރަޝިޔާގެ ދުރު ރާާސްތާ މިިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ އިން ހުއްދަ ދީފި

29 މާރިޗު 2026
ރަޝިޔާގެ ދުރު ރާާސްތާ މިިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ އިން ހުއްދަ ދީފި
21 މާރިޗު 2026

އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް

21 މާރިޗު 2026
އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް
24 ފެބުރުއަރީ 2026

އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

24 ފެބުރުއަރީ 2026
އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު