Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

އީރާނުގެ ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެއްޖެ. މިއާ އެކު އީރާނު ހަނގުރާމަ ފެށުނު ފަހުން މަރުވި އެމެރިކާގެ ސިފައިންގެ އަދަދު މަދުވެގެން 16ށް އަރާފައި

ރާއްޖެ އެމްވީ | 18 ޖުލައި 2026 | ހޮނިހިރު 18:57
އެމެރިކާގެ ދެ ސިފައިން މަރުވެ އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފައި

އެމެރިކާގެ ދެ ސިފައިން މަރުވެ އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފައި | ގެޓީ އިމޭޖަސް

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ.

މީގެ އިތުރުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ސެންޓްކޮމް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.

ސެންޓްކޮމް އިން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ޖުލައި 17 ވަނަ ދުވަހު އެމީހުން މަރުވެފައިވަނީ އީރާނުން ދިން ބެލިސްޓިކް މިސައިލް އާއި ޑްރޯން ހަމަލާތަކުން ދިފާއުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އިތުރަށް ބުނެފައިވަނީ އިތުރު ހަތަރު ސިފައިންނަށް އުރުދުންގެ ހޮސްޕިޓަލެއްގައި ފަރުވާ ދޭން ޖެހުނު ކަމަށެވެ.

ސެންޓްކޮމް އިން ބުނީ، މަރުވި މީހުންގެ އައިޑެންޓިޓީ ހާމަކުރާނީ އެމީހުންގެ އާއިލާ އަށް އެމީހުންނާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށްފަހު 24 ގަޑިއިރު ފަހުން ކަމުގަ އެވެ.

މިއާ އެކު އީރާނު ހަނގުރާމަ ފެށުނު ފަހުން މަރުވި އެމެރިކާގެ ސިފައިންގެ އަދަދު މަދުވެގެން 16ށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ވަނީ އެމެރިކާ ސިފައިން ބޭނުންކުރާ އުރުދުންގެ އަލް-އަޒްރާގް ބޭސް އަށް ހޮނިހިރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދިން ކަމަށް ބުނެފަ އެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު އާންމު ކުރި މައުލޫމާތުގައިވާ ގޮތުން ޖޫން 27 ގެ ފަހުން އެމެރިކާގެ ހަމަލާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 50ށް އަރާފަ އެވެ. އޭގެ އިތުރުން 500 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އުރުދުންއީރާންއެމެރިކާސެންޓްރަލް ކޮމާންޑްއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

18 ޖުލައި 2026

ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

18 ޖުލައި 2026
ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
17 ޖުލައި 2026

އީރާނުން ކުވެއިތަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖުލައި 2026
އީރާނުން ކުވެއިތަށް ވަރުގަދަ ހަމަލާތަކެއް ދީފި
17 ޖުލައި 2026

އީރާނުގެ ފާލަންތަކާއި، އެއަރޕޯޓު ތަކާއި، ރޭލު ސްޓޭޝަނެއްގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

17 ޖުލައި 2026
އީރާނުގެ ފާލަންތަކާއި، އެއަރޕޯޓު ތަކާއި، ރޭލު ސްޓޭޝަނެއްގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
16 ޖުލައި 2026

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

16 ޖުލައި 2026
"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު