Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އާދިއްތަ ދުވަހު އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި، ބަހްރައިންގައި އިންޒާރުގެ ސައިރަން އަޅައިފި

އީރާނުން ކުވައިތާއި ބަހްރޭނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އެ ސަރަހައްދުގައި ނުރައްކަލުގެ އިންޒާރު ނެރެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި. އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލުމާއެކު މަސްރަހު ގޯސްވެފައިވާއިރު، އީރާނުން ވަނީ އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލާފައިވާކަން ހާމަކޮށްފައި

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 08:50
Your browser does not support the video tag.
0:00 / 0:00

އީރާނުގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ލައިޓްނިންގް" ގެ 16 ވަނަ މަރުހަލާގައި، އެމެރިކާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ. މި އޮޕަރޭޝަންގެ ދަށުން ކުވެއިތުގައި ހުންނަ އަލް-އުދައިރީ ކޭމްޕުގައި ހުރި އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާގެ ހަތިޔާރު ގުދަންތަކަށާއި، އަލީ އަލް-ސާލިމް އެއާބޭސްގައި ހުރި ޕެޓްރިއަޓް ރޭޑާ ސިސްޓަމްތަކާއި އެއާ ރޭޑާތަކަށް އަމާޒުކޮށް ޑްރޯން ބޭނުންކޮށްގެން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި | ސްކްރީން އިމޭޖް

ކުވައިތުގެ އިންޖީނުގެއަކަށާއި ތެޔޮ ރައްކާކުރާ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދިންތާ އެއްދުވަސް ފަހުން، އާދީއްތަ ދުވަހުވެސް އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި އެވެ.އާދީއްތަ ދުވަހުވެސް އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއި

ކުވައިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދެމުންދާ ނޭދެވޭ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ގައުމަށް އަމާޒުވަމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތް ކުވައިތުގެ އެއާ ޑިފެންސް ފޯސްއިން މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ކުވައިތުގެ ރަސްމީ ނިއުސް އެޖެންސީ "ކޫނާ" އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަމަލާތަކުގެ އިންޒާރު ދިނުމުގެ ގޮތުން ކުވައިތުގެ އެކި ސަރަހައްދުތަކުގައި ސައިރަންގެ އަޑު އިވެމުންދާ ކަމަށެވެ.

އީރާނުން އަވަށްޓެރި ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދެމުންދާތީ، ބަހްރޭންގައި ވެސް ވަނީ ނުރައްކަލުގެ އިންޒާރު ދޭ ސައިރަން އަޅަން ފަށާފަ އެވެ.

ބަހްރައިންގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޒާރުގެ ސައިރަން އަޅާފައިވާ ކަމަށާއި، އެހެންކަމުން ހުރިހާ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުން ކެތްތެރިކަން އިސްކޮށް، އެންމެ ގާތުގައި ހުރި ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިދިޔަ ހަފުތާގައި އުވާލުމާ ގުޅިގެން، ދެ ގައުމުގެ މެދުގައި ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ފުރިހަމަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި، އިރާގާ ބޯޑަރު ހިއްސާކުރާ އީރާނުގެ އިރުމަތީ ހޫޒިސްތާން ސަރަހައްދުގެ އަހްވާޒް ސިޓީގެ މަތިން ދަތުރުކުރި އެމެރިކާގެ އެމް.ކިއު-9 (MQ9) މަރުކާގެ ޑްރޯނެއް ވަނީ ހިފަހައްޓައި ގޮވައްލާފަ އެވެ.

އެމެރިކާގެ އެއާ ފޯސްއިން މައުލޫމާތުދޭ ގޮތުގައި، އެމް.ކިއު-9 އަކީ މައިގަނޑު ގޮތެއްގައި ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި، ސަރަހައްދުތައް ބެލެހެއްޓުމަށާއި، އަދި ވައިގެ މަގުން ހަމަލާދިނުމަށް ބޭނުންކުރާ، ދުރުން ކޮންޓްރޯލްކުރެވޭ ބޮޑު ޑްރޯނެކެވެ.

މަސްދަރު: އަލް ޖަޒީރާ

ކުވައިތުއީރާންއީރާން-ކުވެއިތުބަޙްރައިންއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

19 ޖުލައި 2026

އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު

19 ޖުލައި 2026
އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
19 ޖުލައި 2026

އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު

19 ޖުލައި 2026
އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

18 ޖުލައި 2026
ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
18 ޖުލައި 2026

އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި

18 ޖުލައި 2026
އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި
18 ޖުލައި 2026

ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

18 ޖުލައި 2026
ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު