Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން މިސައިލާއި ޑްރޯންތައް ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރަމުން. މި ނުރައްކާތެރި ހާލަތާ ގުޅިގެން ކުވެއިތު އެއާވޭސްގެ ފްލައިޓްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގައި ވަނީ ނުރައްކަލުގެ ސައިރަންވެސް އަޅާފަ

ރާއްޖެ އެމްވީ | 18 ޖުލައި 2026 | ހޮނިހިރު 08:05
Your browser does not support the video tag.
0:00 / 0:00

އީރާނުގެ އަސްކަރީ ފައުޖުތަކުން ކުވެއިތުގެ އެއާޕޯޓަށް އަމާޒުކޮށް ސީދާ މިސައިލް ހަމަލާއެއް ދީފައިވާކަން ރިޕޯޓުތަކުން ފާހަގަވޭ. މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާއި، އެ ތަނުގެ މިހާރުގެ ހާލަތާ ގުޅޭ ރަސްމީ މައުލޫމާތުތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ | ސްކްރީން އިމޭޖް

އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް ޖެއްސުމާއި ފުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ގައުމުގެ ގައުމީ އެއާލައިން، ކުވެއިތު އެއާވޭސްއިން ފަސިންޖަރުންނަށް އަންގައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފުޓޭޖަކުން ފެންނަ ގޮތުގައި ކުވެއިތުގެ ވައިގެ ބަނދަރަށް ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އީރާނުގެ ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ އެއާލައިންގެ ގިނަ ފްލައިޓްތަކެއްގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ކުވެއިތު އެއާވޭސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފްލައިޓްތަކަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ބުކިން ހަދާއިރު ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރުތަކަށް މެސެޖުގެ ޒަރީއާއިން ފޮނުވަމުންދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަސިންޖަރުންވެސް ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުވެއިތުގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ބުނާ ގޮތުގައި، އީރާނުން ފޮނުވާލާފައިވާ މިސައިލްތައް ވައިގެ ތެރޭގައި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ހަތަރުވަނަ ފަހަރަށް އެ ގައުމުގައި މިހާރު ވަނީ ނުރައްކަލުގެ ސައިރަންގެ އަޑު އިވިފަ އެވެ.

ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ގައުމަށް އަމާޒުވަމުންދާ މިސައިލްތަކާއި ޑްރޯންތަކަށް ކުވެއިތުގެ އެއާ ޑިފެންސް ސިސްޓަމްތަކުން މިހާރު ރައްދު ހަމަލާދެމުންދާ ކަމަށެވެ.

މީގެ އިތުރުން، ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދަނީ އެއާ ޑިފެންސް ސިސްޓަމްތަކުން ހަމަލާތައް ހުއްޓުވުމުގެ ސަބަބުން ކަމަށްވެސް އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އީރާންކުވައިތުކުވައިތު އެއަރވޭސްއީރާން-ކުވެއިތުއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

18 ޖުލައި 2026

އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި

18 ޖުލައި 2026
އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
17 ޖުލައި 2026

އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!

17 ޖުލައި 2026
އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

17 ޖުލައި 2026
ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު