Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، ކުވެއިތުގެ އެއާ ޑިފެންސް ސިސްޓަމްތަކުން އެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފިއެވެ. މި ހަމަލާތަކުގައި އެމެރިކާގެ ބައެއް މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ބުނާއިރު، ކުވެއިތުގެ އަސްކަރިއްޔާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެ އެމްވީ | 18 ޖުލައި 2026 | ހޮނިހިރު 05:47
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ސެޕާ ނިއުސް ވެބްސައިޓުން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ގަތަރާއި ކުވައިތު އަދި އޮމާންގައި ހުރި އެމެރިކާގެ އަމާޒުތަކަށް، ހާމަނުކުރާ ތަނަކުން މިސައިލެއް ފޮނުވާލާ މަންޒަރު

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ސެޕާ ނިއުސް ވެބްސައިޓުން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ގަތަރާއި ކުވައިތު އަދި އޮމާންގައި ހުރި އެމެރިކާގެ އަމާޒުތަކަށް، ހާމަނުކުރާ ތަނަކުން މިސައިލެއް ފޮނުވާލާ މަންޒަރު | ގެޓީ އިމޭޖަސް

އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ކުވެއިތު އެއާވޭޒްގެ ގިނަ ފްލައިޓްތަކެއްގެ ގަޑިތަކަށް ބަދަލު ގެނެސްފިކަން އެ އެއާލައިނުން ހާމަކޮށްފިއެވެ. އެ ކުންފުނިން މިކަން އިއުލާންކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ކުވެއިތު އެއާވޭޒްގެ ބަޔާނުގައި ބުނެފައިވަނީ، ފްލައިޓްތަކަށް އަންނަ ބަދަލުތައް ފަސިންޖަރުން ގާތުން ބެލުމަށް އެދޭ ކަމަށާއި، ބުކިން ހަދާއިރު ދީފައިވާ ފޯނު ނަންބަރުތަކަށް މެސެޖުގެ ޒަރީއާއިން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ. ކުވެއިތުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި، އެ ގައުމަށް އަމާޒުވަމުންދާ މިސައިލްތައް ވައްޓާލުމުގެ މަސައްކަތް ކުރަމުންދާއިރު، ހަތަރުވަނަ ފަހަރަށް މިހާރު ވަނީ ނުރައްކަލުގެ ސައިރަން އަޅާފަ އެވެ.

ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން މިހާރު ދަނީ ދުޝްމަނުންގެ މިސައިލްތަކާއި ޑްރޯންތަކަށް ހުރަސްއަޅަމުން ކަމަށެވެ.

އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ފާހަގަކުރި ގޮތުގައި، ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދަނީ އެއާ ޑިފެންސް ސިސްޓަމްތަކުން ދުޝްމަނުންގެ ހަމަލާތައް ހުއްޓުވުމަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުންނެވެ.

އީރާނުގެ ސެމީ-އޮފިޝަލް ނިއުސް އެޖެންސީއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރީ ބާރުތައް ގާއިމުވެފައިވާ ގައުމުތަކުން އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކަށް ތައްޔާރުވުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އިންޒާރު ދީފަ އެވެ.

އައި.އާރު.ޖީ.ސީ އިން ވަނީ އެ ގައުމުތަކުގެ ސިވިލް ޑިފެންސް ޔުނިޓްތައް ތައްޔާރުކޮށް، އާންމު ރައްޔިތުން އަސްކަރީ އަމާޒުފަތްތަކާ ދުރަށް ޖެއްސުމަށް ގޮވާލާފަ އެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުތަކުގެ ބިންތައް ބޭނުންކުރެވެނީ އީރާނާ ދެކޮޅަށް ހަމަލާދޭ މަރުކަޒުތަކެއްގެ ގޮތުގަ އެވެ.

ތަސްނީމްގެ ރިޕޯޓުގައިވާ ގޮތުން، އައި.އާރު.ޖީ.ސީގެ އެއްގަމު ސިފައިން ވަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ ލޮޖިސްޓިކްސް މަރުކަޒެއް ކަމަށްވާ ކޭމްޕް އަރިފްޖާނަށް ހަމަލާދީފަ އެވެ. އަދި މި ހަމަލާގައި އެތަނުގައި ތިބި ބައެއް މީހުން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށްވެސް އެ ފަރާތުން ދައުވާކުރެ އެވެ.

މީގެ އިތުރުން، ކުވެއިތުގައި ހުންނަ އެމެރިކާގެ އަލީ އަލް ސާލިމް އެއާ ބޭސްއަށް ހަމަލާދީ، އެތަނުގެ ރާޑަރު ސިސްޓަމްތައް ހަލާކުކޮށްލާފައިވާ ކަމަށްވެސް އައި.އާރު.ޖީ.ސީ އިން ބުނެ އެވެ. މި އޮޕަރޭޝަނުގައި އެ ބޭސްގައި ހުރި ހަތިޔާރު މަރާމާތުކުރާ ހޭންގަރަކާއި ޑްރޯން ފެސިލިޓީއެއް ގޮއްވާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކުވެއިތުގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލާފައިވާ މިސައިލްތަކާއި ޑްރޯންތަކަށް  ރައްދު ދެމުންދާ ކަމަށާއި، އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އީރާންކުވައިތުކުވައިތު އެއަރވޭސްއެމެރިކާއައިއާރުޖީސީއީރާން-ކުވެއިތުއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
17 ޖުލައި 2026

އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!

17 ޖުލައި 2026
އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

17 ޖުލައި 2026
ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
17 ޖުލައި 2026

އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި

17 ޖުލައި 2026
އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު