Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026 | ހޯމަ 03:52

ފީފާ ރޭންކިންގެ އެއް ވަނައިގައި މިވަގުތު އޮތީ ސްޕެއިން. ދެ ވަނައިގައި އާޖެންޓީނާ އޮތްއިރު، ތިން ވަނައިގައި އޮތީ ފްރާންސް. އަދި ހަތަރު ވަނައިގައި އޮތީ އިންގްލެންޑް. މި ހަތަރު ޤައުމު މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް ދަތުރު ކުރުމުގައި މިއަހަރުގެ މުބާރާތަށް ފީފާ އިން ގެނައި ގުރުއަތުލުމުގެ އައު އުސޫލު ވަނީ ބޮޑު އެހީތެރި ކަމަކަށް ވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 03:52
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަ ކުރާ އާޖެންޓީނާގެ ކެޕްޓަން މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ކޭން އާއި، ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަދި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމާލް.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަ ކުރާ އާޖެންޓީނާގެ ކެޕްޓަން މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ކޭން އާއި، ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަދި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމާލް. | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރޭންކިންގެ ގަދަ ހަތަރެއްގައި ހިމެނޭ ޤައުމުތައް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލް އަށް ދަތުރުކޮށްފައިވާއިރު، މިއީ ތާރީޚީ ކަމެކެވެ. 

މިފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އިން ޖާގަ ހޯދާފައިާ ހަތަރު ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި، އެންމެ ފަހުގެ ރަނައަޕް ފްރާންސް އާއި ސްޕެއިން އަދި އިންގްލެންޑް އެވެ.

މީގެ ތެރެއިން ފީފާ ރޭންކިންގެ އެއް ވަނައިގައި މިވަގުތު އޮތީ ސްޕެއިން އެވެ. ދެ ވަނައިގައި އާޖެންޓީނާ އޮތްއިރު، ތިން ވަނައިގައި އޮތީ ފްރާންސް އެވެ. އަދި ހަތަރު ވަނައިގައި އޮތީ އިންގްލެންޑް އެވެ. މި ހަތަރު ޤައުމު މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް ދަތުރު ކުރުމުގައި މިއަހަރުގެ މުބާރާތަށް ފީފާ އިން ގެނައި ގުރުއަތުލުމުގެ އައު އުސޫލު ވަނީ ބޮޑު އެހީތެރި ކަމަކަށް ވެފައި އެވެ. 

މި ބަދަލާ އެކު ފީފާ އިން ވަނީ ރޭންކިންގެ ގަދަ ހަތަރު ޓީމު، ގުރުގެ ތަފާތު ހަތަރު ފަޅި އަކަށް ބަހާލައިފަ އެވެ. އޭގެ ބޭނުމަކީ ސެމީ ފައިނަލްގެ ކުރިން މި ޤައުމުތައް، އެެއް ޤައުމު އަނެއް ޤައުމާ ވާދަ ކުރަން ނުޖެހޭ ގޮތް ހެދުމެވެ. ނަމަވެސް، މި އުސޫލުގެ ފައިދާ ކޮންމެ ޤައުމަކަށް ވެސް ލިބެން އޮތީ، އެ ޤައުމެއް ހިމެނޭ ގުރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. 

މިފަހަރުގެ މުބާރާތުގައި މި ހަތަރު ޤައުމުން ވެސް ވަނީ، އެ ޤައުމެއް ހިމެނުނު ގުރޫޕުގެ އެއް ވަަނަ ހޯދައިފަ އެވެ.

މިކަމުގެ ސަބަބުން، ސްޕެއިން އާއި އާޖެންޓީޏާ އަށް މުބާރާތުގެ ފައިނަލްގެ ކުރިން ބައްދަލު ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައި އެވެ. ހަމަ އެއާ އެކު، އިންގްލެންޑް އާއި ފްރާންސް ގުރުގެ ދެ ފަޅީގައި ހިމެނުމުން، މި ދެ ޤައުމަށް ސެމީ ފައިނަލްގައި ބައްދަލު ކުރަން ޖެހުނީ ސްޕެއިން ނުވަތަ އާޖެންޓީނާއާ އެވެ. 

ފީފާ އިން ބުނެފައި ވަނީ މި ބަދަލު ގެންނަން ނިންމީ "ވާދަވެރިކަމުގެ ހަމަހަމަކަން" ޤާއިމު ކުރުމަށާއި، ސެމީ ފައިނަލްއާ ހަމައަށް ދިޔުމަށް ތަފާތު ދެ މަގެއް ކަނޑަ އެޅުމުގެ ބަދަލެއްގެ ގޮތުގައި އެވެ. މިއާ އެކު، އަންގާރަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގައި ފްރާންސް ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި ބުދަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގައި އިންގްލެންޑް ނިކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. 

ފީފާ އިން ރޭންކިން އާންމު ކޮށްފައި ވަނީ 1994 ވަނަ އަހަރު އެވެ. މީގެ ކުރީގެ މުބާރާތް ތަަކަށް ބަލާއިރު، ރޭންކިންގެ ގަދަ ހަތަރު ޤައުމުގެ ތެރޭގައި ހިމެނުނު ބެލްޖިއަމް (2022 ވަނަ އަހަރު)، ޖަރުމަނު (2018 ވަނަ އަހަރު)، ސްޕެއިން (2014) ވަނަ އަހަރު، އިޓަލީ (2010) ވަނަ އަހަރު އަދި ފްރާންސް (2002) ވަނަ އަހަރު ވަނީ ގުރޫޕް ސްޓޭޖް އިން ކަޓައިފަ އެވެ. 1998 ވަނަ އަހަރުން ފެށިގެން ބޭއްވި އެއްވެސް މުބާރާތެއްގައި ގަދަ ހަތަރު ޓީމު އެކުގައި ސެމީ ފައިނަލްއާ ހަމައަށް ގޮސްފައި ނުވެ އެވެ. 

ފީފާ އިން ވަނީ މިދިޔަ އަހަރުގެ ކުލަބު ވޯލްޑް ކަޕްގައި ވެސް މި އުސޫލު ބޭނުން ކޮށްފައި އެވެ. ނަމަވެސް، އެ މުބާރާާތުގެ ސެމީ ފައިނަލް އަށް ދެވުނީ ގަދަ ހަތަރު ސީޑުގެ ތެރެއިން ހަމައެކަނި ރެއާލް މެޑްރިޑަށެވެ. އެހެންކަމުން، މިފަހަރުގެ ވޯލްޑް ކަޕްގައި ފީފާގެ މި ރޭވުން އެންމެ ފުރިހަމަ އަަށް ކާމިޔާބުވެފައިވެ އެވެ. 

ފީފާ ވަރލްޑް ކަޕް 2026ސްޕެއިންއާޖެންޓީނާފްރާންސްއިނގިރޭސިވިލާތްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026
ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް