Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026 | ހޯމަ 03:51

ސްޕެއިން އާއި ފްރާންސް އަކީ ވާދަވެރި ދެ ޤައުމު ކަމަށްވާއިރު، މީގެ ކުރިން 38 ފަހަރެއްގެ މަތިން މި ދެ ޤައުމު ވަނީ ބައްދަލު ކޮށްފައި. އޭގެ ތެރެއިން 18 މެޗު ސްޕެއިން އިން ކާމިޔާބު ކޮށްފައިވާއިރު، ފްރާންސް އިން ކާމިޔާބު ކޮށްފައި ވަނީ 13 މެޗު. އަދި ހަތް މެޗެއް ނިމިފައި ވަނީ އެއްވަރު ވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 03:51
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި، ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމީން ޔަމާލް.

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި، ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމީން ޔަމާލް. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން އާއި ފްރާންސް ބައްދަލު ކުރާ މެޗަކީ މިފަހަރުގެ މުބާރާތުގެ އެންމެ ފޯރި ގަދަ އެއް މެޗަށް ވާނެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެ މެޗުން މޮޅުވާ ޓީމަކަށް، މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. 

ޚާއްސަކޮށް ފްރާންސް އާއި ސްޕެއިން އަކީ ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި އެންމެ ހޫނު ވާދަވެރި ކަމެއް އޮންނަ ދެ ޤައުމު ކަމަށްވާތީ، މިއީ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު މެޗަށް ވެސް ވާނެ އެވެ. 

އަންގާރަ ދުވަހުގެ ރޭ ޓެކްސަސްގެ ޑަލަސްގައި ކުޅޭ މި މެޗަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި، ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ވާދަވެރި ކުރިމަތިލުމަކަށް ވާނެ އެވެ. އެމްބާޕޭ އާއި ޔަމާލް ވަނީ މީގެ ކުރިން ސްޕެނިޝް ލީގުގައި ވެސް ވާދަވެރިކަން ދައްކައިފަ އެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑު ކުޅޭ މެޗު ތަކުގައި އޮންނަނީ މި ދެ ކުޅުންތެރިންގެ ވާދަވެރި ކަމެވެ. މިފަހަރު ދެ ކުޅުންތެރިން ވެސް ނިކުންނަނީ ވޯލްޑް ކަޕްގެ ފައިނަލްގެ އުންމީދު ހަގީގަތަކަށް ހެދުމަށެވެ. 

ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލް އާއި ރެއާލް އަށް ކުޅެމުން އަންނަ އެމްބާޕޭ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލް އާއި ރެއާލް އަށް ކުޅެމުން އަންނަ އެމްބާޕޭ. | ރޮއިޓާސް

އޮޕްޓާގެ ސުޕަކޮމްޕިއުޓަރުން އަންދާޒާ ކޮށްފައިވާ ގޮތުގައި، މެޗުގެ ފުރިހަމަ ވަގުތުގައި ފްރާންސް އިން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ 42.1 އިންސައްތަ އެވެ. ސްޕެއިން އިން ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ 31.8 އިންސައްތަ އިންނެވެ. އަދި 26.1 އިންސައްތަ ދައްކަނީ މި މެޗު އިތުރު ވަގުތަށް ދާނެ ކަމަށެވެ. 

ސްޕެއިން އާއި ފްރާންސް އަކީ ވާދަވެރި ދެ ޤައުމު ކަމަށްވާއިރު، މީގެ ކުރިން 38 ފަހަރެއްގެ މަތިން މި ދެ ޤައުމު ވަނީ ބައްދަލު ކޮށްފައި އެވެ. އޭގެ ތެރެއިން 18 މެޗު ސްޕެއިން އިން ކާމިޔާބު ކޮށްފައިވާއިރު، ފްރާންސް އިން ކާމިޔާބު ކޮށްފައި ވަނީ 13 މެޗެވެ. އަދި ހަތް މެޗެއް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. 

އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކޮށްފައި ވަނީ ވެސް ސެމީ ފައިނަލްގެ ދެ މެޗުގައި އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކުރިއިރު، 2-1 އިން އެ މެޗު ކާމިޔާބު ކޮށްފައި ވަނީ ސްޕެއިން އިންނެވެ. އެ ފަހަރުގެ ޔޫރޯގެ ފައިނަލްގައި އިންގްލެންޑު ބަލިކޮށް، ސްޕެއިން އިން މުބާރާތް ކާމިޔާބު ކުރި އެވެ. 

އޭގެ ފަހުން 2025 ވަަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ވެސް މި ދެ ޓީމު ބައްދަލު ކުރި އެވެ. ވާދަވެރި ކުޅުމެއް ފެނުނު ސެމީ ފައިނަލްގެ އެ މެޗު ސްޕެއިން އިން ކާމިޔާބު ކޮށްފައި ވަނީ 5-4 އިންނެވެ. ނަމަވެސް، އެ ފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ވަނީ ޕެނަލްޓީގައި ޕޯޗުގަލް އަތުން ބަލިވެފައި އެވެ. 

2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލްގައި ފްރާންސް އާއި ސްޕެއިން ބައްދަލު ކުރި މެޗުގައި އެމްބާޕޭ އާއި ޔަމާލް.

2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލްގައި ފްރާންސް އާއި ސްޕެއިން ބައްދަލު ކުރި މެޗުގައި އެމްބާޕޭ އާއި ޔަމާލް. | ރޮއިޓާސް

މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި ފަސް މެޗަށް ބަލާއިރު، ސްޕެއިން އިން ވަނީ ތިން މެޗު ކާމިޔާބު ކޮށްފައި އެވެ. އެއީ 2017 ވަނަ އަހަރު ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗަކާއި، 2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލް އަދި 2025 ވަަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލް އެވެ. 

ފްރާންސް އިން ވަނީ ދެ މެޗު ކާމިޔާބު ކޮށްފައި އެވެ. އެއީ 2014 ވަނަ އަހަރު ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗަކާއި އަދި، 2021 ވަނަ އަހަރުގެ ނޭޝަންްސް ލީގުގެ ފައިނަލް އެވެ. 

ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމު މިހާތަނަށް ބައްދަލު ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި އެވެ. އެ ފަހަރު ފްރާންސް އިން ވަނީ 3-1 އިން ސްޕެއިން ބަލިކޮށްފައި އެވެ. އެ މެޗުގައި ފްރާންސްގެ ލަނޑުތައް ޖެހީ ފްރޭންކް ރިބެރީ އާއި، ޕެޓްރިކް ވިއޭރާ އަދި ޒިނެދިން ޒިދާން އެވެ. 

ފީފާ ވަރލްޑް ކަޕް 2026ފްރާންސްސްޕެއިންކީލިއަން އެމްބާޕޭލަމިން ޔަމާލްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި

12 ޖުލައި 2026
ސެނެގާލް ވޯލްޑް ކަޕުން ކެޓުމުން ކޯޗު ޕާޕޭ ތިއޯ ވަކިކޮށްފި
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
12 ޖުލައި 2026

ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް

12 ޖުލައި 2026
ޓުޗެލް ބުނީ އިންގްލެންޑްގެ ނަސީބު ރަނގަޅީ ކަމަށް
12 ޖުލައި 2026

އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟

12 ޖުލައި 2026
އާޖެންޓީނާއާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗުގައި އޮޅުމަކުން ދެއްކި ރަތް ކާޑުގެ ހާދިސާ ހިނގީ ކިހިނެއް؟
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް