Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރު

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން ސާބިތުވި މާވިން 25 އަހަރަށް ޖަލަށްލާން ހުކުމްކުރިއިރު، މި ކަމުގައި ބައިވެރިވި ލަމްހާގެ މައްޗަށް އުފުލި ތިން ދައުވާ ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި، ދައުލަތުން އެދިފައިވާ ގޮތަށް އަދަބުގެ ދަރަޖަ މަތިކުރަން ގާޒީ ނިންމެވީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު އިންސާނީ ކަރާމާތަށް ބެލުމެއް ނެތި ރަހުމުކުޑަ އަމަލެއް ހިންގާފައިވާތީ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 10:38
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު. | ރާއްޖެއެމްވީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ޙަލީމަތު ލަމްހާ އަބްދުއްރަޙުމާން 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާގެ މައްޗަށް ކުރި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލާން ގާޒީ ވަނީ ޙުކުމް ކުރައްވާފަ އެވެ.

މި މައްސަލައިގައި ހަލީމަތު ލަމްހާގެ މައްޗަށް އުފުލި އެކަމުގައި ބައިވެރިވިކަމުގެ ދައުވާގެ އިތުރުން ދެން އުފުލާފައިވާ ދައުވާތައްވެސް ސާބިތުވެފައިވާތީ، އޭނާގެ ބައިގައިވެސް އަދަބާ ގުޅޭގޮތުން ގޮތެއް ނިންމުން ބުދަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަދަބު ކަނޑައެޅުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެމީހުންގެ އަދަބުގެ ދަރަޖަ މަތިކޮށްދިނުމަށް އެދިފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އެމީހުންނަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށްވުމާއި، އެމީހުން އެ އަމަލުތައް ހިންގާފައިވަނީ އިންސާނީ ކަރާމާތަށްވެސް ބެލުމެއް ނެތި، ރަހުމު ކުޑަކޮށް، އަމިއްލަ އެދުމުގެ މަތިންކަމަށްވުން ހިމެނެ އެވެ.

އެމީހުންގެ އަމަލުތަކުގެ ސަބަބުން އަމިއްލަ ފަސްގަނޑު ނޫން ތަނެއްގައި މައިމީހާ މަރުވެ، އޭނާގެ ދަރިފުޅަށް ނިކަމެތިކަން ލިބިގެން ގޮސްފައިވާކަންވެސް ދައުލަތުން ފާހަގަކުރި އެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ލަމްހާގެ ވަކީލު ވަނީ އޭނާގެ ޖަލު އަދަބު އެހެން އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން ގޭބަންދު ނުވަތަ ޖޫރިމަނާގެ އަދަބަކަށްވެސް ބަދަލު ކުރެވިދާނެކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

ވަކީލު ވިދާޅުވީ، ލަމްހާ މި މައްސަލައިގެ ބަންދުގައިވެސް 3 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށާއި، އަދަބު ބަދަލުކޮށްދޭން އެދުމުގައި ފުރިހަމަވާން ޖެހޭ ޤާނޫނީ ޝަރުތުތައްވެސް ފުރިހަމަވާ ކަމަށެވެ. އަދި ލަމްހާއަކީ އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިކަންވެސް ވަކީލު ފާހަގަ ކުރެއްވި އެވެ.

ލަމްހާއަކީ ކިޔަވައިގެން ހުރި، އަދި ފެހުން ފަދަ މަސައްކަތްތެރިކަން އެނގޭ މީހެއްކަން ފާހަގަކޮށް ދިފާއީ ވަކީލު ވިދާޅުވީ، އަދަބުދޭއިރު އެމީހާ އިސްލާޙުކޮށް، އަނބުރާ މުޖުތަމައަށް ނެރެވޭނެ ގޮތްތަކަށް ޝަރީއަތުން އިސްކަން ދޭންވާނެކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ލަމްހާގެ އަދަބު ލުއިކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމަވައި، އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި އޭނާ 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ 11 އަހަރުގެ ޖަލު އަދަބެކެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް ސާބިތުވެފައެވެ. އެހެންވެ އޭނާ 3 މަހަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފަ އެވެ.

 އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާވެސް ސާބިތުވެފައިވާއިރު، އެ ދައުވާގައި އިއްވާފައިވަނީ 1 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެކެވެ. 

އައިޖީއެމްއެޗްމޭރީ ގްރޭސްހަލީމަތު ލަމްހާ އަބްދުއްރަޙުމާންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު