Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށުގެ ދަތުރު ޚަރަދު

ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުގެ އަދަދާއި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް: ޑިފެންސް މިނިސްޓްރީ

15 ޖުލައި 2026 | ބުދަ 17:48

ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފުސީލު ހާމަކޮށްފިނަމަ އެމަނިކުފާނުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެދިފައިވާ މި މައުލޫމާތު ހާމަނުކުރަން ނިންމީ، އެއީ ސިފައިންގެ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން އިސްތިސްނާވާ ކަންކަން ކަމަށްވާތީ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވޭ.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 17:48
އާރަށް

އާރަށް | މޯލްޑިވްސްފައިނެސްޓް

ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުގެ އަދަދާއި، އެދަތުރުތަކަށް ހިނގި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް ކަމަށް  ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އާއިލާ އާ އެކު ޗުއްޓީ ހޭދަ ކުރެއްވުމަށް އާރަށަށް، މިއަހަރު މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވައިފިތޯ އާއި މިދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ކިހާ ފައިސާ އެއް ޚަރަދުވެފައިވޭތޯ އާއި ރައީސްގެ ދެކަނބަލުންނާއި، ބޭފުޅުންގެ އިތުރުން އެހެން އެއްވެސް ފަރާތެއް މި ދަތުރުތަކުގައި ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި އަދި އެއީ ކިތައް ފަހަރު ކިތައް މީހުންތޯ ސާފު ކުރުމަށް ހުށަހެޅި ސުވާލުގެ ޖަވާބުގަ އެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މި މައުލޫމާތަކީ، އެމަނިކުފާނު އާރަށަށް ކުރައްވާ ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ކަމަށްވެފައި، އެ މައުލޫމާތު ހާމަކޮށްފިނަމަ އެ މައުލޫމާތުގެ އަލީގައި އެމަނިކުފާނުގެ މޫވްމަންޓް ހުންނަ ގޮތް ދެނެގަނެވިދާނެ ކަމަށް ފެންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް ކަމުގަ އެވެ.

އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުން އިތުރަށް ޑިފެންސުން ބުނެފައިވަނީ އާރަށަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ހޭދަކޮށްލެއްވުމަށް ދައުލަތުން ކަނޑައަޅާފައިވާ ރަށެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަކީ ގާނޫނު އަސާސީންނާއި ސިފައިންގެ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމެކެވެ. އެހެން ކަމުން ސިފައިން މަސައްކަތް ކުރަމުން ގެންދަނީ އެމަނިކުފާނުގެ ސަލާމަތާއި އެމަނިކުފާނު ދިރިއުޅުއްވާ ތަންތަނުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުވާނެ ހުރިހާ ގޮތަކަށް ވިސްނައިގެން ކަމަށެވެ.

ސިފައިންގެ ގާނޫނަށް ހަވާލާ ދެމުން އިތުރަށް ބުނެފައިވަނީ، ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ.) ގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތަކަށް، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ހ. ގައި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމެއް ހާމަ ކުރުން އެ ގާނޫނުން އިސްތިސްނާވާނެ ކަމަށް ބަޔާން ކޮށްފައިވާތީ، މި ދެންނެވި ގާނޫނުތަކަށް ރިއާޔަތް ކޮށް އެދިފައިވާ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތަކަށް ނުވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމުގަ އެވެ.

އާރަށްމިނިސްޓްރީ އޮފް ޑިފެންސްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
21 ޖޫން 2026

މި ސަރުކާރަށް ފޯނުގެ އަތްގަނޑު ވެސް ހިއްލާ ނުލެވޭ..

21 ޖޫން 2026
މި ސަރުކާރަށް ފޯނުގެ އަތްގަނޑު ވެސް ހިއްލާ ނުލެވޭ..
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
03 ޖޫން 2026

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

03 ޖޫން 2026
މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް
03 ޖޫން 2026

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!
28 މެއި 2026

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

28 މެއި 2026
ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި
23 މެއި 2026

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026
އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ
20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
11 މެއި 2026

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026
ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް