Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އާރަށުން މަސްވެރިން ފަހާލުން

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ވަގުތު، ސަލާމަތްތެރިކަން ހޯދުމަށް އާރަށުގެ ނިވަލުގައި މަޑުކޮށްގެން ތިބި "އުއްމީދު" ދޯނީގެ މަސްވެރިން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެ. ކަނޑުގަދަވެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އޮއްވައި، އެ ތަނުން ދިއުމަށް އަމުރުކުރުމުން މަސްވެރިންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަލާމަތީ ބާރުތަކަށް އަމާޒުވެފަ. މީގެ ކުރީގެ ސަރުކާރުތަކުގައި މިފަދަ ހާލަތްތަކުގައި އެހީތެރިކަން ލިބުނު ނަމަވެސް، މިފަހަރު އަމަލުކުރި އިހާނެތި ގޮތާމެދު މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 ޖޫން 2026 | އަންގާރަ 15:04
މަސްމާރުކޭޓް ސަރަހައްދުގަ އަޅާފަވާ ފަރުމަހަށްދާ އުޅަނދުތަކެއް.

މަސްމާރުކޭޓް ސަރަހައްދުގަ އަޅާފަވާ ފަރުމަހަށްދާ އުޅަނދުތަކެއް. | ރާއްޖެ އެމްވީ

ފަހުގެ ތާރީޚެއްގައި މާލެ ސަރަހައްދަށް މޫސުން އެންމެ ގޯސްވި އެއް ރޭ، މޫސުމީ ނުރައްކަލުން ސަލާމަތްވުމަށް އާރަށުގެ ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް، ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފަހާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ބޮޑުގާފަޅާއި ބަނޑޮހާ ދެމެދު ފަރުމަހުގެ މަސްވެރިކަން ކުރަން އުޅުނު "އުއްމީދު" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެ ވަގުތު ދޯނީގައި ތިބި  މަސްވެރިން "ރާއްޖެ އެމްވީ" އަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، އެރޭ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން އާރަށުގެ ނިވަލުގައި މަޑުކޮށްލީ ސަލާމަތްތެރިކަމެއް ހޯދުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ. | ރާއްޖެ އެމްވީ

އުމުރުން 70 އަހަރުގެ، އަދި މަސްވެރިކަމުގައި 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އެ ދޯނީގެ ތަޖުރިބާކާރު މަސްވެރިޔަކު ކިޔައިދިން ގޮތުގައި، އެރޭ މޫސުން ގޯސްވި ވަރަށް މޫސުން ގޯސްވި ރެއެއް އޭނާގެ މުޅި ހަޔާތުގައިވެސް ދެކެފައެއް ނުވެ އެވެ.

"އަޅުގަނޑުމެން އާރަށާ ހަމައިގައި އޮއްވާ މޫސުން ވަރަށް ބޮޑަށް ގޯސްވީ. އުތުރުން ވައި އަންނާތީ ނެރުމަތީގައި ރާޅު މުގުރަމުން ދިޔައީ. ގާތްގަނޑަކަށް ދޮޅުގަޑިއިރު ވަންދެން ހޭރިޔާކޮށްގެން ހިފަހައްޓާލައިގެން ތިއްބާ، ސަލާމަތީ ބާރުތަކުގެ ލޯންޗެއް އައިސް ބުނީ މިތާ ނުތިބެވޭނެ ކަމަށް، އަޅުގަނޑުމެން ބުނިން ދެން ކޮންތާކަށްހޭ އަޅުގަނޑުމެން ދާނީ؟ މިހިރީއޭ ވެހޭ ވާރެޔާ، ޖެހޭ ވަޔާ، މިއޮތްގެން ކޮޅުންގަންނަވަނީއޭ. ކޮންތާކަށްތޯ އަޅުގަނޑުމެން ދާނީ؟ މިތާ ނިވާދާށުގަވީމަ މަޑުކޮށްލައިގެން އަނބުރާ އަނބުރާ އަޅުގަނޑުމެން މިތިބީއޭ. އަޅުގަނޑުމެންނަށް ދާނެކަހަލަ އެއްވެސް ތަނެއް ނެތް. ތަނެއް ފެންނަނީކީއެއް ނޫނޭ. ކިހިނެއްހޭ ދާނީ. މިހިރީއޭ ވެހޭ ވާރޭ. މާލޭގެ އަލިވެސް ނުފެނޭ އޭރު، މޫސުން ގޯސްވުމުގެ ސަބަބަބުން.
އުއްމީދު ދޯނީގެ މަސްވެރިއެއް

މަސްވެރިން ބުނި ގޮތުގައި، ވާރޭވެހި މާލޭގެ އަލިވެސް ނުފެންނަ ވަރަށް މޫސުން ގޯސްވެފައި އޮތުމުން، އެ ވަގުތު ދާނެ އެހެން ތަނެއް ނެތް ކަމަށް ބުނެ އާދޭސް ކުރުމުންވެސް ސަލާމަތީ ބާރުތަކުން އެކަމަށް އިޖާބައެއް ނުދިނެވެ. އަދި އެ މީހުން އެ ސަރަހައްދުން ދުރަށް ނުގޮސް، މަސްވެރިން އެތަނުން ފުރަންދެން މަޑުކޮށްގެން ތިބި ކަމަށްވެސް މަސްވެރިޔާ ބުންޏެވެ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ. | ރާއްޖެ އެމްވީ
ކަނޑިންމާ ގުއްބު މަތިން ރާޅު އަރާތަން ފެނޭ. އަޅުގަނޑު ހީވެސް ނުކުރަން ސަލާމަތުން ވަދެވޭނެ ކަމަކަށް. އެހާވެސް އުއްމީދު ކުޑަ ހާލަތެއްގައި ވަނީ. އެކަމަކު މާތް ﷲގެ ރަހުމަތުން ސަލާމަތުން ބަނދަރަށް ވަދެވިއްޖެ، ވަދެވުނީމަ އަޅުގަނޑުގެ ދެފައިކޮޅުވެސް ހަރުލީ. ވަރަށް އިހާނެތިކޮށް އެރޭ އަޅުގަނޑުމެންނާ ދޭތެރޭ ސަލާމަތީ ބާރުތަކުން ކަންތައް ކުރީ.
އުއްމީދު ދޯނީގެ މަސްވެރިއެއް

މީގެ ކުރީގެ ވެރިކަންތަކުގައިވެސް މިފަދަ ހާލަތްތައް ދިމާވެގެން އާރަށުގެ ނިވަލަށް ވަނުމުން، ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދީ، ކާންބޯންދީ ހެދިކަން މަސްވެރިން ފާހަގަކުރި އެވެ. ނަމަވެސް މިފަހަރު ދިމާވި އިހާނެތި ގޮތުގެ ސަބަބުން މަސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަނޑުމަތީގެ ނުރައްކާތެރި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ސަލާމަތީ ބާރުތަކުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ދަނޑިވަޅެއްގައި މިފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އާންމުންގެ މެދުގައިވެސް މިހާރު ދަނީ މި މައްސަލައިގައި ފާޑުކިއުންތައް އަމާޒުވަމުންނެވެ.

މާލެއާރަށްސަލާމަތީ ބާރުތައްމަސްވެރިންމޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، މަސްތުވާތަކެތި ވިއްކަން މަޖުބޫރުކުރުވައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަހުމަދު ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ ސާމީ އާއި މުހައްމަދު ނައުޝާން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައި. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާއިރު، އަނެކަކު ބަންދުގައި ހުރި މުއްދަތުން އޭނާގެ އަދަބު ވަނީ ފުރިހަމަވެފައި.

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މާލޭގައި ފުލުހުންގެ އައު ހެޑްކުއާޓަރެއް ބިނާކުރުމާއި، ވާނީ ތަމްރީނު މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވި. މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑެއްޔާއި ކުލަ އަދި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި.

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި 27 ފުލުހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުލައާއި މެޑަލް ހަވާލުކޮށްދެއްވާފައި. މީގެ ތެރެއިން 20 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިވަޑައިގަތްއިރު، އިސް ހަތް އޮފިސަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވާފައި. މެޑަލް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ތިން އެސިސްޓަންޓް ކޮމިޝަނަރުންނާއި، ދެ ޗީފް ސުޕްރިންޓެންޑެންޓުންގެ އިތުރުން ދެ ސުޕްރިންޓެންޑެންޓުން ހިމެނިވަޑައިގަންނަވާ.

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތައް މުއްދަތަށް ބަލައި އިތުރުކުރުމަށާއި، ބޯހިޔާވަހިކަމާއި ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވާފައި.

28 ޖޫން 2026
ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިތުރުވެފަ. ސަރުކާރުން ވީ ވައުދުތައް ނުފުއްދުމާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމުގެ އިތުރުން، ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ހުރެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު