Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސުންގެ ސެކިއުރިޓީ

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

2 ޖުލައި 2026 | ބުރާސްފަތި 07:12

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން މަޖިލީހުގެ 241 ކޮމިޓީން ނިންމީ އެމްއެންޑީއެފްގެ އެދުމުގެ މަތިން. މި ނިންމުމަކީ ކުރީގެ ރައީސުންގެ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާއިރު، މީގެ ސަބަބުން ކުރީގެ ރައީސުންގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖުލައި 2026 | ބުރާސްފަތި 07:12
ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް ނަޝީދު އާއި ރައީސް ސޯލިޙް އަދި ރައީސް ޔާމީން.

ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް ނަޝީދު އާއި ރައީސް ސޯލިޙް އަދި ރައީސް ޔާމީން. | މުހައްމަދު ޝަރުހާން ވަހީދު

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެވަގުތު ކޮމިޓީގައި އިންނެވި މެމްބަރަކު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު އިސްލާހުކުރަން އެމްއެންޑީއެފުން ސިޓީއެއްގެ ޒަރިއްޔާއިން މަޖިލީހުގައި އެދިފައިވާ ކަމަށެވެ.

އެހެންވެ އެ ހުށަހެޅުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ހުށަހެޅުން ކޮމިޓީގައި ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން ފާސްކޮށްފައިވަނީ ކުރީގެ ރައީސުން މުޒާހަރާތަކުގައި އުޅުއްވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހު ކުރުމަށެވެ.

މި އުސޫލު އިސްލާހުކުރުމާ ދެކޮޅަށް ކޮމިޓީގެ ތިން މެންބަރަކު ވޯޓު ދެއްވިއެވެ. އެ ތިން މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރެވެ.

މި އިސްލާހު ގެނައުމަކީ ކުރީގެ ރައީސުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރުން ހަދަމުންދާ އެކި ގޯސްތަކާ ދެކޮޅަށް އަޑު އުފުލުމަށް ހިންގަމުންދާ އެކި ޙަރަކާތްތަކަށް ހުރަސް އެޅުމަށްޓަކައި ގެންނަން އުޅޭ އިސްލާޙެއްކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް، މި އިސްލާޙު ގެނައުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ ކުރީގެ 3 ރައީސުންކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިޙާއި، މުޙައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެ އެވެ.

ކޮންމެ ޤައުމެއްގައިވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ވަކި ޚާއްސަ އިނާޔަތްތަކާއި ސެކިއުރިޓީ ފޯރުކޮށްދޭ ބަޔަކަށްވާއިރު، ސިޔާސީ ބޭނުމެއްގައި ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ދުރު މުސްތަޤުބަލުގައި އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމުގެ ބިރު އެބައޮތްކަމަށްވެސް އެކި ފަރާތްތަކުން ފާހަގަ ކުރެ އެވެ. 

މީގެ އިތުރުން،  ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ޙަމަލާއެއްވެސް މީގެ ކުރިން ދީފައިވާއިރު، މިފަދަ ގޮތަކަށް އުސޫލު އިސްލާޙު ކުރަން ކޮމިޓީން ނިންމީ އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްވެސް ނެތިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްއެންޑީއެފްއިބްރާހިމް މުހައްމަދު ސޯލިހުއަބްދުﷲ ޔާމީންއަބްދުﷲ ޝަރީފްމުހައްމަދު ނަޝީދު241 ކޮމިޓީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް