Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރި ގްރޭސްގެ މަރު

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައި. މި މައްސަލައިގައި ބައިވެރިވި ހަލީމަތު ލަމްހާގެ މައްޗަށް ކުރި ދައުވާތައް ވެސް ސާބިތުވެފައިވާއިރު، ދައުލަތުން އެދިފައިވަނީ އެމީހުންނަކީ ސިއްޙީ ދާއިރާގެ ބަޔަކަށްވެފައި، އެ އަމަލު ހިންގާފައިވަނީ ރަހުމުކުޑަ ގޮތަކަށް ކަމަށްވާތީ އަދަބު ބޮޑުކޮށްދިނުމަށް. މާވިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 20 އަހަރުގެ ޖަލު އަދަބެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 09:12
މޭރީ ގްރޭސްގެ މަރުގެ މައްސަލަ: މި ޙާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި.

މޭރީ ގްރޭސްގެ މަރުގެ މައްސަލަ: މި ޙާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި. | ރާއްޖެއެމްވީ

 އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ މާވިން އެސްވައި ވާގަސް (ޔޫސުފް) 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާގެ މައްޗަށް ކުރި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ހަލީމަތު ލަމްހާގެ މައްޗަށް އުފުލި އެކަމުގައި ބައިވެރިވިކަމުގެ ދައުވާގެ އިތުރުން ދެން އުފުލާފައިވާ ދައުވާތައްވެސް ވަނީ ސާބިތުވެފަ އެވެ.

Advertisement - newsAdvertisement

އެހެންކަމުން އަދަބު ކަނޑައެޅުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެމީހުންގެ އަދަބުގެ ދަރަޖަ މަތިކޮށްދިނުމަށް އެދިފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އެމީހުންނަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށްވުމާއި، އެމީހުން އެ އަމަލުތައް ހިންގާފައިވަނީ އިންސާނީ ކަރާމާތަށްވެސް ބެލުމެއް ނެތި، ރަހުމު ކުޑަކޮށް، އަމިއްލަ އެދުމުގެ މަތިންކަމަށްވުން ހިމެނެ އެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫސުފްގެ ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ދައުވާ ބިނާކޮށްފައިވާ ވާޤިއާ (ފެކްޓްސް) އަށް ބަލާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އޭނާގެ މަސައްކަތާ ގުޅޭ ކަމެއްގެ ތެރެއިން ހިނގާފައިވާ އަމަލަކާ ގުޅޭ ދައުވާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން މޭރީއާއި ޔޫސުފްގެ ދަރިފުޅަށް ގެއްލުންވެފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ކުއްޖާއަށް ނަފްސާނީ ގެއްލުމެއް ލިބިފައިވާކަން ދައުލަތުން ހުށަހެޅި އެއްވެސް ލިއުމަކުން އެނގޭކަށް ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މަންމަ ނިޔާވުމުން ކޮންމެ ކުއްޖަކަށްވެސް އޭގެ އަސަރު ކުރާނެ ކަމަށާއި، ދައުލަތުން މަސައްކަތް ކުރަމުންދަނީ ވަކި ތަސައްވުރެއް ދެއްކުމަށް ކަމަށެވެ.

ޔޫސުފްގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާއަކީ ރާއްޖެ އައިސް، ޒިންމާދާރު ވަޒީފާއެއްގައި މަސައްކަތް ކުރަމުންދިޔަ "ގުޑް ކެރެކްޓަރއެއްގެ" މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް މީހެއްކަން ފާހަގަކޮށް ދިފާއުން ވަނީ އޭނާއަށް ދެވެން އޮތް އެންމެ ބޮޑު ލުއެއް ދިނުމަށް އެދިފަ އެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޔޫސުފް 25 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފަ އެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި 4 އަހަރާއި 8 މަސް ޖަލު އަދަބުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ 20 އަހަރުގެ ޖަލު އަދަބެއްކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

އައިޖީއެމްއެޗްމޭރީ ގްރޭސްމާވިން އެސްވައި ވަރގަސްޔޫސުފްހަލީމަތު ލަމްހާކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

ވ. އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުން، ދައުލަތުން ބުނާ ގޮތުގައި އެ ހެކިތަކަކީ ދިފާއީ ހެކިންގެ ހެކިބަހުގައި ހުރި ދޮގުތައް ސާބިތުކުރުމަށް މުހިއްމު ހެކިތަކަކަށް ވާއިރު، އެ ހެކިތައް އެއްފަރާތް ކުރުމަކީ އިންސާފަށް ހުރަސް އެޅޭނެ ކަމެއް. ނަމަވެސް ދިފާއީ ވަކީލުން ވަނީ ޝަރީއަތުގެ މަރުހަލާގައި އައު ހެކި ހުށަހެޅުމަކީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އެކަމަށް އިއުތިރާޒު ކޮށްފައި. ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލަ މިހާރު އޮތީ މަޑުޖެހިފައި.

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، މަސްތުވާތަކެތި ވިއްކަން މަޖުބޫރުކުރުވައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަހުމަދު ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ ސާމީ އާއި މުހައްމަދު ނައުޝާން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައި. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާއިރު، އަނެކަކު ބަންދުގައި ހުރި މުއްދަތުން އޭނާގެ އަދަބު ވަނީ ފުރިހަމަވެފައި.

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

މާފަންނު "ކްލާސް" ފިހާރަ ތެރޭގައި މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލަކު އައްޔަނުކުރުމަށް 10 ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި. މި މައްސަލައިގައި ދައުވާލިބޭ އިބްރާހީމް ފައިޙް ނިޡާމާއި ސިރުޙާން ޢަލީ މައްސަލަ ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަވާނީ ވަކީލުން އައްޔަނުކުރުމަށްފަހު ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވާފައި.

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް އިއްވި މަރުގެ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓީ، އޭނާގެ އިއުތިރާފާއި ސައިންޓިފިކް ހެކިތަކަށް ރިއާޔަތްކުރުމަށްފަހު. ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާކަން ކޯޓުގައި ހާމަކޮށްފައިވާއިރު، އަދުހަމްގެ އަމަލުތައް ހުރިގޮތުން އޭނާގެ ކިބައިގައި މީހަކު މަރާލުމުގެ ގަސްދު އޮތްކަން ޝަރުއީ އަދި ގާނޫނީ މިންގަނޑުން ސާބިތުވާކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައި.

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

ސީލައިފްގެ ޚިޔާނާތުގެ މައްސަލާގައި އައްމަޓީގެ މައްޗަށް ކުރި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޤާނޫނުގައި ނެތް ރުކުންތަކެއް ޝަރީއަތުން އަމިއްލައަށް އުފަންކުރުވައިގެން ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި. ދަށު ކޯޓުން މިއީ މަދަނީ މައްސަލައެއްގެ ގޮތުގައި ނިންމާފައި ވަނީ ހެކިތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ފާހަގަކޮށް، އެ ނިންމުން ބާތިލުކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ހައިކޯޓުން މިހާރު ވަނީ ނެރެފައި.

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު