Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

ތަރައްޤީގެ މަޝްރޫއުތައް ރަށް ރަށުގައި ނުފެށި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އިންތިހާ އަށް ލަސްވެ، ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ޖެހެމުންދާއިރު ވެސް، ޖަވާބުދާރީ ކުރުވަން އޮތް މަޖިލިސް ކުރު އަތް މައްޗަށް އޮށޯވެލައިގެން އޮންނަން ވީ ހެއްޔެވެ؟ ޖަލްސާތައް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތިގެނެއް ނޫނެވެ. ސަރުކާރުގެ ގޮނޑި ކޮއްކު ހެދިގެން، ހިސާބަށް ވުރެ ކަންނެތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2026 | ބުދަ 10:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ރިޔާސަތުގައި | މަޖިލިސް

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާއިރު، އެއީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކާއި، ބުރަ މަސައްކަތްތަކެއް ހަވާލުވެފައި އޮންނަ ތަނެކެވެ. އެއީ ޤާނޫނު ހެދުމާއި، ބަހުސް ކުރުމާއި، ސަރުކާރު ޒިންމާދާރު ކުރުވަން އޮތް މުއައްސަސާ އެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮންމެ ދުވަހަކު އެތައް ބައިވަރު ފައިސާއެއް ޚަރަދު ކުރަމުން ވެސް އަންނަ މުއައްސަސާ އެކެވެ.

އެހެން ނަމަވެސް، މިހާރު ރައްޔިތުންގެ މަޖިލިސް ފެންނަނީ އެހެން ގޮތަކަށެވެ. ތަންކޮޅެއް ހުތުރު ގޮތަކަށެވެ. މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ. އޭގެ އިތުރުން، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ 80،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކެންސަލް ކުރަމުން މި ދަނީ ހަމައެއް، ލަމައެއް ނެތި އެވެ. ހިތަށް އެރީމާ މަޖިލީހުގެ ޖަލްސާ ބާއްވާފައި، ހިތަށް އެރީމާ ޖަލްސާތައް ނުބާއްވަނީ އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ފެންނަނީ، ވަރަށް ބޮޑަށް ފަހަތު ފަޔަށް ބުރަވެފައިވާ މަންޒަރެވެ. މިއީ ވަރަށް ކަންނެތް މަޖިލީހެކެވެ. ކުރާނެ މަސައްކަތެއް ނެތި، މުސާރަ ނަގާލައިގެން ތިބުން ނޫން ކަމެއް ނޯވެ އެވެ.

ސްކޫލުތައް ބަންދުވާހެން ނުވަތަ ޗުއްޓީ އަށް ދާހެން މަޖިލިސް ޗުއްޓީ ހަދާލަނީ އެވެ. މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ކަމަށް ވުމުން، މަޖިލިސް ވެސް އެ އޮތީ ހެޔޮ ވަރެއްގެ ޗުއްޓީގައި އެވެ. އެހެންޏާ ފަހެ، ހޯމަ ދުވަހާއި، އަންގާރަ ދުވަހުގެ ޖަލްސާތައް އެޖެންޑާ ވެސް ނުކުރަނީ އެވެ. ރަށު ތެރޭގައި ކިޔާ ގޮތުން، މި ހަފުތާގައި ވެސް ދެން މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ އެވެ. ޖަލްސާ ނުބާއްވާ ސަބަބެއް، ރަސްމީކޮށް މެމްބަރުންނަށް އަންގަނީއެއް ވެސް ނޫނެވެ.

ހަނދާން ހުންނަ ގޮތުން ޕްރީ ސްކޫލުގައި ކިޔަވާއިރު، ބަންދުވާ ދުވަސްތައް ކުރިން އެނގޭނެ އެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ އާއި، ދެ ވަނަ ޓާމުގެ ޗުއްޓީ އަދި އޭގެ ދޭތެރެއިން އަންނަ މިޑް ޓާމްގެ ޗުއްޓީތައް ވެސް ކުރީ ބައިގައި އެނގެ އެވެ. އެކަމަކު، މަޖިލިސް ޗުއްޓީ އަށް މިދާ ގޮތާާއި، ޖަލްސާތައް ކެންސަލް ކުރާ ގޮތާއި، ޗުއްޓީ ހަދާލާ ގޮތެއް ރައްޔިތުންނަށް ސާފެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލިސް ހިނގަމުން އަންނަ ގޮތާއި، އެ މަޖިލީހަށް ވާ ގޮތް ރައްޔިތުންނަށް ނޭނގުނީމާ، އެއީ ދެން ވަރަށް ހުތުރު ކަމެއް ނޫން ހެއްޔެވެ؟ 

ޤައުމުގައި މައްސަލަތަކެއް ނެތީއެއް ނޫނެވެ. ސަރުކާރުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަންކަން އިންތިހާ އަށް ގިނަ އެެވެ. ތަރައްޤީގެ މަޝްރޫއުތައް ރަށް ރަށުގައި ނުފެށި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އިންތިހާ އަށް ލަސްވެ، ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ޖެހެމުންދާއިރު ވެސް، ޖަވާބުދާރީ ކުރުވަން އޮތް މަޖިލިސް ކުރު އަތް މައްޗަށް އޮށޯވެލައިގެން އޮންނަން ވީ ހެއްޔެވެ؟ ޖަލްސާތައް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތިގެނެއް ނޫނެވެ. ސަރުކާރުގެ ގޮނޑި ކޮއްކު ހެދިގެން، ހިސާބަށް ވުރެ ކަންނެތީ އެވެ.

މަގޭ ރިޕޯޓްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

14 ޖުލައި 2026

އެޑިއުކޭޝަން މިނިސްޓަރު މި ވިދާޅުވާ އެއްޗެއް އެބަ އިނގޭތަ؟

14 ޖުލައި 2026
އެޑިއުކޭޝަން މިނިސްޓަރު މި ވިދާޅުވާ އެއްޗެއް އެބަ އިނގޭތަ؟
12 ޖުލައި 2026

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

12 ޖުލައި 2026
ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
23 ޖޫން 2026

ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!

23 ޖޫން 2026
ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު