Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

5 ޖުލައި 2026 | އާދީއްތަ 11:58

އިދިކޮޅު ސިޔާސީ ލީޑަރުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލާނެ ކަމަށް ބުނެ ސަރުކާރުން ދޭ އިންޒާރުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައި. ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލި ނަމަވެސް ބިރުދައްކައިގެން މުޒާހަރާއަށް ނުކުތުން ނުހުއްޓުވޭނެ ކަމަށާއި، އެމަނިކުފާނު މަގުމައްޗަށް ނުކުންނަވާނެ ކަމަށް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ޖުލައި 2026 | އާދީއްތަ 11:58
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި. | އެމްޑީޕީ

ސިޔާސީ ކަންކަމުގައި އޮބިއެޅުމަކީ މިހާރު ފަސޭހަ ކަމެއް ނޫނެވެ. ސިޔާސީ ބިރު ދައްކައިގެން މީހުން މީހުން ހަންމަތަ ކުރުވި ޒަމާން، ރާއްޖޭގައިވެސް އޮބި ދިޔަތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. ކަމެއް މަތިކޮށް ނުވަތަ ވަކިގޮތެއް ހަދާފާނޭ ކަމަށް ބުނެ ވެރިކަން ތަކުން އެއްވުން ތަކަށާއި މުޒާހަރާތަކަށް މީހުން ނުކުތުން މަނާކުރުވަން އުޅުންވެސް މިހާރު މާޒީވެ ހިނގައްޖެއެވެ.

އެކަމަކު އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅާ ކަމުގައި މުއިއްޒު ކުޅުއްވަން އެއުޅުއްވީ އެކުޅިއެވެ. ދައުރުގައި އަދި ދުވަސްގަނޑެއް އޮއްވާމެ މާ އަވަހަށް އެޖެއްސެވީ އެހިސާބެވެ. އިދިކޮޅު މީހުން މުޒާހަރާ ކުރިއަ ނުދިނުމުގެ މަންތަރެކެވެ. މުޒާހަރާގައި ލީޑަރުން ބައިވެރިވުމަށް ކުރިމަތިކުރައްވަން އުޅުއްވީ ހުރަހެކެވެ.

މުއިއްޒު އަޅުވަން އުޅުއްވި ހުރަހަކީ "ވެރިކަން ކޮށްފައި ތިބި ބޭފުޅުން މުޒާހަރާގައި ބައިވެރިވާ ވަގުތުތަކުގައި، އެބޭފުޅުންނަށް ސެކިއުރިޓީ ކަނޑާލުމެވެ" ހިތުން މޮޅު އުކުޅެކެވެ. ޔާމީނާއި، އިބޫ އަދި އަންނި މުޒާހަރާގައި ބައިވެރިވުމަށް ބިރު ދެއްކުމުގެ މޮޅު އުކުޅެކެވެ.

މުއިއްޒުގެ މި މޮޅު ހިންތާގައި ނުހިމެނުނު ކަމެއް އެބައޮތެވެ. މުއިއްޒުގެ މި ވެރިކަމުގައި އިދިކޮޅުން ބޭއްވި ބޮޑެތި އެއްވުންތައް ބައި ހެޔޮ ވެދާނެތީ އެންމެ އަޑައިގެ މީހާއަށްވެސް ޖެހި "މަޅި" ފެއިލްވި ކަމެވެ. ކުންފުނިތަކުން އެބަގުތުތަކުގައި ބޭއްވި މަސްދަތުރުތަކެވެ. ސްޓޭޖް ޝޯވތަކާއި ކުޅިވަރު ހަރަކާތްތަކެވެ. އޯޓީ ދީފައި އެވަގުތައް އޮފީހަށްނެރި ހާޒިރީ ބެލެހެއްޓުމެވެ. މިއިން ކަމަކުން އެވެރިންނަށް ދެއްކުނު ބިރެއް އެއްވުންތަކާއި ޖަލްސާތަކުގެ އަދަށް އައި ކުޑަކަމެއް ނެތެވެ.

އެއަށްވުރެ ބޮޑަށް މުއިއްޒަށް އެނގިވަޑައި ނުގަތް އެހެން ހަގީގަތެއްވެސް އެބައޮތެވެ. ނޫންނަމަ އާރާއި ބާރު އަތުގައި އޮތަތީވެ އެކަން ހަނދުމަފުޅަށް ގެންނާން ބޭނުން ނުވިކަމެއް އެބަވެއެވެ. އެމްޑީޕީން ބޭއްވި ފުރަތަމަ މުޒާހަރާއެވެ. އާޓިފިޝަލް ބީޗުގައި ބާއްވަން އުޅުނު ފުރަތަމަ އެއްވުމެވެ. ރަށްރަށުން މީހުން އައުމަށް އޭރޫ އެޅި ހުރަހެވެ. ކަނޑު ފަތާފައި މީހުން މާލެއިން އެތެރެވި އެތެރެވުމެވެ. އެމްޑީޕީގެ ޖަނާޒާ ބޯމައްޗަށް ލައިގެންވެސް ނުކުމެ އާޓިފިޝަލް ބީޗް ފުރާލި ގޮތެވެ. އޭގެ ފަހުން ދެން ފެނުނު ބޮޑެތި މުޒާހަރާތަކެވެ. ކަރުނަގޭސް ބޮއެ ބޮއެގެންވެސް ގެއަށް ވަންނަ ޚިޔާލް ނުކުރުމެވެ. އަސޭމިރުސް ދުމަށް ގުޑުމުގެ ބަދަލުގައި އެދުމުން ރައްކާތެރިކަން ހޯދިގޮތްތަކެވެ. އަންހެންވެރިން ގަޔަށް ޕްރެޝަރުގައި ޖެހި ފެނަށްވެސް ގުޑުމެއް ނައުމެވެ. މިހެންގޮސް މިހާރު މިކުރާ މުޒާހަރާތަކަށް މީހުން ބިރު ކެނޑި އެހާހިސާބަށް ގެންނަން އެހިނގި ކަންކަމުގެ ކޯރެއްގެ ކޯވަރެއްވެސް ދެނެއް ނުހިނގާނެއެވެ. ޚުދު ވެރިކަމަށް ވަޑައިގަންނަވަން މުއިއްޒުވެސް އިސްކޮށް ހުންނަވައިގެން އޭރުގެ އިދިކޮޅުން ކުރި މުޒާހަރާތަކަކީވެސް އެކަންކަމުން ހިތްވަރު ލިބިގެން ކުރި މުޒާހަރާތަކެކެވެ.

ކޮންމެއަކަސް މުޒާހަރާތަކުގެ ފޯރި ކަނޑުވާލަން ނޫންނަމަ އޭގައި އިދިކޮޅު ލީޑަރުން ބައިވެރިވިޔަ ނުދިނުމަށް މުއިއްޒު ތިޔަ ޖެއްސެވީ އާދައިގެ ދެކޮޅު ޖެހޭ ހިސާބެއް ހެނެއް ހީއެއް ނުވެއެވެ. އޭގެ އެއް ހެއްކަކީ އޭރު މުޒާހަރާ ކުރުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރެއްވި އެއް ލީޑަރު އަދި މުއިއްޒުގެ އިންޒާރު ރައްދުވާ ރައީސް ނަޝީދުގެ ބަސްފުޅެވެ. އެމްޑީޕީގެ ޗެއަރޕާސަން އެދެއްވި ވަރުގަދަ ރައްދެވެ.

ނަޝީދު އެވިދާޅުވީ ފާޅުގައި "ސެކިއުރިޓީ ކަނޑާލިއަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށެވެ"

"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އެއީ އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ގޮތެއް ނޫން. އަޅުގަނޑު ނުކުންނާނަން،" ނަޝީދު ވިދާޅުވި އެވެ.

ރީތިކޮށް ނަލަކޮށް ނަޝީދު އެޖެއްސެވީ މުއިއްޒަށް ގޮމެވެ. އެވިދާޅުވީ "އާނދޮގޭއެވެ. މަށަކު ތިޔަގޮތަކަށް ނުހުއްޓުވޭނެ" ކަމަށެވެ. މުއިއްޒުގެ އިންޒާރަށް ދެއްވި އެ ރައްދުން އެފެނުނީ އޭގެ އުރައްޕަތެއް ނޯންނާނެ ކަމެވެ. އިންޒާރު ދެއްވިއިރުވެސް އެއިންޒާރު ފެއިލްވެއްޖެ ކަމެވެ.

އެމްޑީޕީއިހުތިޖާޖުމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް