Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މިސާލަކަށް......!

ހަމަ ހިތަށް އެރި އެވެ. މިސާލަކަށް، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވައިފި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ދައުރު ހަމަވުމުގެ ކުރިން ވެރިކަން ވެއްޓިއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، 2028 ގައި ރައީސް މުޢިއްޒު އަލުން ނުހޮވިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ރައީސް މުޢިއްޒު މުޅިން އެކަނި ވެއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 06:14
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

މިސާލަކަށް، ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި އެވެ. މިސާލަކަށް، އެއީ ޖެހި ޖެހިގެން ތިން ހަފުތާާ ވަންދެން ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވި ދުވަހެވެ. މިސާލަކަށް، މިދިޔަ ދުވަސް ތަކުގައި މާލޭގައި ހުންނެވިއިރު ވެސް، ނޫސްވެރިންގެ ބައްދަލުވުން ދިޔައީ ކެންސަލް ކުރައްވަމުންނެވެ. 

މިސާލަކަށް، ދައްކަން މި އުޅެނީ އެ ވާހަކައެއް ނޫނެވެ. މިސާލަކަށް، ދައްކަން މި އުޅެނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ޖަވާބު ދެއްވި ގޮތާއި، ވާހަކަ ދެއްކެވި ގޮތުގެ ވާހަކަ އެވެ. މިސާލަކަށް، ރައީސް މުޢިއްޒު މުޅިންހެން ވިދާޅުވަމުން ގެންދެވީ "މިސާލަކަށް. މިސާލަކަށް، މިސާލަކަށް" މިހެންނެވެ. 

މިސާލަކަށް، ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވި އެއް ވާހަކަ އަކީ ވަޒީފާ އިން މީހުން ވަކި ކުރާ ވާހަކަ އެވެ. މިސާލަކަށް، ވަޒީފާ އިން މީހުން ވަކި ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދަކީ، 200 ފަހަރު ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. މިސާލަކަށް، އެ ވައުދާ ޚިލާފަށް ރާއްޖޭގެ އެތައް ރަށަކުން، އެތައް މުވައްޒަފުން ތަކެއް އެ ދަނީ ވަކި ކުރަމުންނެވެ. މިސާލަކަށް، އެ މުވައްޒަފުން އެ ވަކި ކުރަނީ ރައީސްގެ ވައުދާ ޚިލާފަށެވެ.

މިސާލަކަށް، އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަށެވެ. މިސާލަކަށް، ރައީސް މުޢިއްޒު ވިދާޅުވީ އެހެން ވާހަކަ ތަކެކެވެ. މިސާލަކަށް، އެ މުވައްޒަފުން ކުންފުނިން ވައްކަން ކުރަމުންދާއިރު ވެސް، ވަޒީފާގައި ބަހައްޓަންވީ ހެއްޔެވެ؟ މިސާލަކަށް، އެ  މުވައްޒަފުން ކުންފުންޏަށް ބޮޑެތި ގެއްލުން ތަކެއް ދެމުންދާއިރު ވެސް، ވަޒީފާގައި ބަހައްޓަންވީ ހެއްޔެވެ؟ މިސާލަކަށް، އެ މުވައްޒަފުން ކުންފުނީގެ އިމާރާތެއްގައި އަލިފާން ޖެހިޔަސް، ވަޒީފާގައި ބަހައްޓަންވީ ހެއްޔެވެ؟ މިސާލަކަށް، ރައީސް މުޢިއްޒު އަށް މަވައްޒަފުން ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ވިދާޅުވެފައި އޮތީމާ އެވެ.

މިސާލަކަށް، އެ މުވައްޒަފުން ވަކި ކުރި އަސްލު ސަބަބެއް ރައީސް މުޢިއްޒު އަށް ވިދާޅެެއް ނުވެވުނެވެ. މިސާލަކަށް، މުވައްޒަފުން ވަކި ކުރި އަސްލު ސަބަބު ބުނެލަ ދިނުން މާ ރަނގަޅެވެ. މިސާލަކަށް، އީރާން ހަނގުރާމައިގެ ސަބަބުން އިންތިހާ އަށް ޚަރަދު ކުޑަ ކުރަން ޖެހިގެން ކުރާ ކަމެއް ކަމަށް ވިދާޅުވުމުން، ތަންކޮޅެއް ޖޯކެވެ. މިސާލަކަށް، އީރާން ހަނގުރާމަ ހުއްޖަތަކަށް ދެއްކުން ނުފެދެ އެވެ. މިސާލަކަށް، ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުންފުނި ތަކުން މުވައްޒަފުން ވަކި ކުރުމަށް ފަހު، ދެން އައްޔަން ކުރައްވަނީ ސިޔާސީ މަޤާމު ތަކަށް މީހުންނެވެ. 

މިސާލަކަށް، ސްޓޭޓް މިނިސްޓަރުންނެވެ. މިސާލަކަށް، ޑެޕިއުޓީ މިނިސްޓަރުންނެވެ. މިސާލަކަށް، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މިސާލަކަށް، ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މިސާލަކަށް، އެހެން ކޮންމެ ވެސް މަޤާމެކެވެ. 

މިސާލަކަށް، އަޅުގަނޑު ހިތަށް އެރި އެވެ. މިސާލަކަށް، ޚިޔާލީ ކަމެއް ދެއްކެވުމުގެ ބަދަލުގައި އަސްލު ވިދާޅުވި ނަމަ އެވެ. މިސާލަކަށް، އަޅުގަނޑުމެން މި އުޅެނީ ކާޓޫނެއްގައި ނޫން ވިއްޔާ އެވެ. މިސާލަަކަށް، ހަމަ ހިތަށް އެރި އެވެ. މިސާލަކަށް، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވައިފި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ދައުރު ހަމަވުމުގެ ކުރިން ވެރިކަން ވެއްޓިއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، 2028 ގައި ރައީސް މުޢިއްޒު އަލުން ނުހޮވިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ރައީސް މުޢިއްޒު މުޅިން އެކަނި ވެއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، މިސާލަކަށް، މިސާލަކަށް!

މަގޭ ރިޕޯޓްރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

29 ޖޫން 2026
200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!
28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
23 ޖޫން 2026

ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!

23 ޖޫން 2026
ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
01 ޖޫން 2026

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު