Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

މީޑިއާ ޓީމުގައި މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ގެންގުޅޭއިރު، މިވަރުގެ ކަންކަން ރަނގަޅު ކޮށްލެވެން ވާނެ. ޕޯސްޓެއް ކުރެއްވުމުގެ ކުރިން، ރަނގަޅަށް ބަލާލަން ވާނެ. މައްސަލައެއް އޮތްތޯ، ރަނގަޅު ކޮށްލަން ޖެހޭ ކަމެއް އޮތްތޯ ވެސް ބަލާލަން ޖެހޭނެ. އެ ދުވަހު ދިދައިގެ ހަނދު ފަޅި އޮތީ ނުބައިކޮށް. މިއަދު ކަންނެލި ތަކުގައި ދެ ނަގޫ ޖަހައިފި އެވެ. ސަމާލުކަން ނުދޭ ނަމަ، މާދަން މިއަށްވުރެ ބޮޑު ލަދެއްގައި ބެދޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖޫން 2026 | އަންގާރަ 08:02
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގެ މަންޒަރެއް.

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގެ މަންޒަރެއް. | ސޯޝަލް މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ، ވަރަށް ބޮޑު ޕީއާރު ޓީމެއް ގެންގުޅުއްވާ ބޭފުޅެކެވެ. ރައީސް އޮފީހުގެ ޕީއާރު ޓީމުގައި 50 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި މީޑިއާގެ ތަޖުރިބާ ހުންނެވި ބޭފުޅުން ވެސް ހިމެނެ އެވެ. ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި އެ ހުންނެވީ، އިތުރު ތައާރަފަކަށް ވެސް ބޭނުން ނުވާ ބޭފުޅެކެވެ. އެކަމަކު، މިހާ ބޮޑު ޕީއާރު ޓީމެއް އޮންނައިރު ވެސް، ރައީސް ކުރައްވާ ޕޯސްޓު ތަކުގެ ސަބަބުން އެތައް ބައެއްގެ މަލާމާތާއި، ފުރައްސާރަ ކުރިމަތިވެ އެވެ.

ވެރި ކަމަށް ވަޑައިގެންނެވިތާ ކުރީ ކޮޅުގައި ކުރެއްވި ޕޯސްޓެއް ވެސް ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔަ އެވެ. ޤައުމީ ދިދައިގައި އިންނަ ހަނދު ފަޅި އޮތީ އަނެއް ކޮޅަށް ޖައްސަވައިފަ އެވެ. ޤައުމީ ދިދައިގެ ހަނދު ފަޅި މުޅިން ރޯ ނުބައި ކޮޅަކަށް ބައިންދައިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓާ އެކު، މުޅި ޤައުމުގެ ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ. ޚާއްސަކޮށް މިހާ ޤައުމީ އަދި ވަޠަނީ ރައީސް އަކު ކުރެއްވި ޕޯސްޓެއްގައި އެވަރުގެ ގޯހެއް އޮތުމަކީ ކާކު ބަލައި ގަންނާނެ ކަމެއް ހެއްޔެވެ؟

އޭގެ ފަހުން ހޯމަ ދުވަހު ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވެސް އޮތީ އެފަދަ ބޮޑު މިސްޓޭކެކެވެ. 99 އިންސައްތަ ކަނޑު އޮންނަ، އަދި އެންމެ އިންސައްތައެއް ބިމަށް އޮންނަ މި ރާއްޖޭގެ ރައީސް ކުރެއްވި އެ ޕޯސްޓަކީ ލަދުވެތި ޕޯސްޓެކެވެ. ދިވެހި ކަނޑުގައި އުޅޭ މަސް ފަރިއްކުޅުއްވައިގެން، ދިވެހިންގެ އާދަ ކާދައިގެ ތެރޭގައި އުޅުއްވާ ރައީސް އަކު ކުރެއްވި ޕޯސްޓެއްގައި މިވަރުގެ މިސްޓޭކެއް ވެސް އޮވެގެން ނުވާނެ އެވެ. ޕޯސްޓުތައް ކުރެއްވުމުގެ ކުރިން، މީޑިއާ ޓީމު ލައްވައި ރަނގަޅަށް ބައްލަވާލަން ޖެހޭނެ ނޫން ހެއްޔެވެ؟

ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ވެލައެއް ފެންނަން އޮވެ އެވެ. ނަމަވެސް، އެ ވެލާގައި ފަސް ފިޔަ ހުރިއިރު، އެކަމަށް އެތައް ބަޔަކު ފާޑު ކިޔަން ފެށި އެވެ. ވެލަ އަކީ ހަތަރު ފިޔަ ހުންނަ އެއްޗަކަށް ވާއިރު، ރާއްޖޭގެ ރައީސް ކުރެއްވި ޕޯސްޓުގައި ވެލާގައި ފަސް ފިޔަ ހިމަނާފައި ހުރުމުން އެތައް ބަޔަކަށް އެކަން ކަމު ނުދިޔަ އެވެ. ފާޑު ކިޔުންތައް އަމާޒުވާން ފެށި އެވެ. 

ހަމަ އެ ޕޯސްޓުގައި ކަންނެލި ތަކެއް ފެންނަން ހުރިއިރު، އެކަން ވީ މާ ބޮޑު ޖޯކަކަށެވެ. އެ ޕޯސްޓުގައި ދައްކާފައިވާ ކަންނެލި ތަކުގައި ދެ ނަގު ހުއްޓެވެ. ކަންނެލި ތަކުގެ ބޯ ކޮޅުގައި ވެސް ނަގުލެވެ. ނަގޫ ކޮޅުގައި ވެސް ނަގުލެވެ. ރާއްޖޭގެ ރައީސް ކުރެއްވި ޕޯސްޓެއްގައި މިވަރުގެ ބޮޑު މިސްޓޭކެއް އޮތުމުން، އެތައް ބަޔަކަށް އެކަން ކަމު ނުދިޔަ އެވެ. ރައީސް ކުރައްވާ ޕޯސްޓުތައް މިއަށްވުރެ ރަނގަޅަށް ބެލެން ޖެހޭނެ ކަމަށާއި، ރާއްޖޭގެ ރައީސް އަކު ކުރި ޕޯސްޓެއްގައި ދެ ނަގު ލީ ކަންނެލި ތަކެއް ހުރުމަކީ ރައީސް އަށް ވެސް ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މީޑިއާ ޓީމުގައި މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ގެންގުޅޭއިރު، މިވަރުގެ ކަންކަން ރަނގަޅު ކޮށްލެވެން ވާނެ އެވެ. ޕޯސްޓެއް ކުރެއްވުމުގެ ކުރިން، ރަނގަޅަށް ބަލާލަން ވާނެ އެވެ. މައްސަލައެއް އޮތްތޯ، ރަނގަޅު ކޮށްލަން ޖެހޭ ކަމެއް އޮތްތޯ ވެސް ބަލާލަން ޖެހޭނެ އެވެ. އެ ދުވަހު ދިދައިގެ ހަނދު ފަޅި އޮތީ ނުބައިކޮށެވެ. މިއަދު ކަންނެލި ތަކުގައި ދެ ނަގޫ ޖަހައިފި އެވެ. ސަމާލުކަން ނުދޭ ނަމަ، މާދަން މިއަށްވުރެ ބޮޑު ލަދެއްގައި ބެދޭނެ އެވެ.

މަގޭ ރިޕޯޓްރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

18 މެއި 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު