Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!

ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކޮށް، ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށްޓަަކައި ސަރުކާރުން އެޅި ފިޔަވަޅަކީ ދުންފަތުގެ ޑިއުޓީ ބޮޑު ކުރުން، ރައްޔިތުން ދުންފަތާ ދުރުކޮށް، ދުޅަހެޔޮ ޞިއްޙަތެއް ހޯދައި ދިނުމަށް. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސަރުކާރުން އެޅި ފިޔަވަޅާ އެކު، މިއަދާ ހަމައަށް އައިއިރު ދިވެހި ރައްޔިތުން ބަލި ތަކުން ސަލާމަތް ވެއްޖެ. ޞިއްޙަތު ރަނގަޅުވެ، ދުޅަ ހެޔޮ ވެސް ވެއްޖެ. މުޅިން ހަމަ ފުރާ ފުރިހަމަ ވެއްޖެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 08:32
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރީ ވަރަށް މާތް މަޤުސަދެއްގައި އެވެ. އެއީ ދިވެހި ރައްޔިތުންގެ ޞިއްޙަތަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ދިވެހި ރައްޔިތުންނަކީ ޞިއްޙީ ގޮތުން ދުޅެހެޔޮ އަދި ޞިއްޙަތު ރަނގަޅު ބަޔަކަށް ހެދުމުގެ މަޤުސަދުގަ އެވެ. ދިވެހި ރައްޔިތުން ދުންފަތާ ދުރު ކުރުމުގެ އިޚުލާސްތެރި ނިޔަތުގައި އެވެ.

ރައީސް މުޢިއްޒު އާއި، ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުން އަދި ސަރުކާރުގެ އެކި އެކި އިސް ބޭފުޅުން ގެންދެވީ އެކަމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވަމުންނެވެ. އެއީ ރައްޔިތުންގެ ޞިއްޙަތަށްޓަަކައި ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަރަށް ބޮޑު ޤުރުބާނީ އެކެވެ. ކޮންމެ އަކަސް، ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމުގެ މަޤުސަދު ޙާސިލު ވެއްޖެ އެވެ. 

ބަލިވެގެން އަޅުގަނޑުމެން ޑޮކްޓަރަށް ދެއްކީމާ، ޑޮކްޓަރު ދެނީ ބޭހެވެ. ފަސް ދުވަސް ވަންދެން، ތިން އިރު އިރަކު ބޭސް ކާން ބުނެ އެވެ. ފަސް ދުވަސް ފަހުން ދެއްކީމާ، ބަލި ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ބޭސް ކާން ޖެހޭ މިންވަރު މަދު ކުރެ އެވެ. އެހެން ދަމުން ދަމުން ގޮސް، މުޅިން ފަސޭހަ ވުމުން ބޭސް ބޭނުން ކުރުން ހުއްޓާލަން ޖެހެ އެވެ. މިފަހަރު މިވީ މިކަހަލަ ގޮތެެކެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑު ކުރީ ދިވެހި ރައްޔިތުން ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށެވެ. ބޮޑެތި ބަލި ތަކުން ސަލާމަތް ކޮށްދިނުމަށެވެ. 2023 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ދިވެހި ރައްޔިތުން ތިބީ ބޮޑި ބަލި މަޑު ކަމެއްގެ ތެރޭގައި އެވެ. ރައްޔިތުން ތިބީ އިންތިހާ އަށް ބަލިވެފައި އެވެ. ސަރުކާރަށް ފިޔަވަޅު އަޅަން ވެސް މަޖުބޫރުވާ ޙާލަތުގައި އެވެ.

ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކޮށް، ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށްޓަަކައި ސަރުކާރުން އެޅި ފިޔަވަޅަކީ ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމެވެ. ރައްޔިތުން ދުންފަތާ ދުރުކޮށް، ފުޅަހެޔޮ ޞިއްޙަތެއް ހޯދައި ދިނުމަށެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސަރުކާރުން އެޅި ފިޔަވަޅާ އެކު، މިއަދާ ހަމައަށް އައިއިރު ދިވެހި ރައްޔިތުން ބަލި ތަކުން ސަލާމަތް ވެއްޖެ އެވެ. ޞިއްޙަތު ރަނގަޅުވެ، ދުޅަ ހެޔޮ ވެސް ވެއްޖެ އެވެ. މުޅިން ހަމަ ފުރާ ފުރިހަމަ ވެއްޖެ އެވެ. 

ދިވެހި ރައްޔިތުން ބަލިން ރަނގަޅުވުމާ އެކު، ހޯމަ ދުވަހު ސަރުކާރުން އެ ހުށަހެޅީ ދުންފަތުން ނަގާ ޑިއުޓީ 50 އިންސައްތަ އިން ކުޑަ ކުރުމަށެވެ. ބަލިން ރަނގަޅުވީމާ، ބޭހުގެ ޑޯޒް ދަށް ކުރާ ބީދައިންނެވެ. ގާތް ގަނޑަަކަށް އެއް އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޞިއްޙަތު ސަރުކާރުން ސަލާމަތް ކޮށްފި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ބޭހުގެ ޑޯޒް ޑޮކްޓަރުން ދަށް ކުރާ ބީދައިން، ސަރުކާރުން ކުޑަ ކުރީ ދުންތުން ނަގާ ޑިއުޓީ އެވެ.

މަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
18 މެއި 2026

ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

18 މެއި 2026
ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟
12 މެއި 2026

ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟

12 މެއި 2026
ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟
05 މެއި 2026

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
03 މެއި 2026

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

03 މެއި 2026
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
13 އެޕްރީލު 2026

އިގްތިސާދީ ގޮންޖެހުންތައް ބޮޑު ދަނޑިވަޅެއްގައި އެސްއޯއީތަކުގެ މިސްރާބު ގެއްލި، ރައްޔިތުން ސުވާލުމާކެއްގައި!

13 އެޕްރީލު 2026
އިގްތިސާދީ ގޮންޖެހުންތައް ބޮޑު ދަނޑިވަޅެއްގައި އެސްއޯއީތަކުގެ މިސްރާބު ގެއްލި، ރައްޔިތުން ސުވާލުމާކެއްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު