Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

އީސްގެ ޕޯޑިއަމްގައި ހުންނެވި ނަމަވެސް، އަދި ޕީއެންސީގެ ޕޯޑިއަމްގައި ހުންނެވި ނަމަވެސް، ރައީސް މުޢިއްޒު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ނަމަ ދައްކަވާނެ. ހިތްޕުޅާ ނުވާ ސުވާލެއް ވެއްޖެ ނަމަ، ރައީސްގެ ޕޯޑިއަމްގައި ހުންނެވީތީ އެ ވާހަކައެއް ނުދެއްކެވޭނެ. ހިތްޕުޅާ ވާ ކަމެއް ނަމަ، ޕީއެންސީގެ ޕޯޑިއަމްގައި ހުންނަވައި ސަރުކާރުގެ ވާހަކަ ވެސް ދައްކަވަންވީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 05:48
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ނާޒިމްއާ މެދު ކަންތައް ވެގެން ދިޔަ ގޮތުގެ ސުވާލު ނޫސްވެރިޔަކު ކުރި އެވެ. ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީ އިން ހުށަހަޅަން ނިންމީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް، ނާޒިމް އަށް އިތިބާރު ނެތިގެން ތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ޕީއެންސީގެ ޕޯޑިއަމްގައި ޖަވާބު ދޭން ޖެހޭ ސުވާލެއް ކަމަށެވެ. އެ ވަގުތު އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ޕޯޑިއަމްގައި ކަމަށްވާތީ، ޕީއެންސީގެ ވާހަކަ އެ ތަނުގައި ނުދެއްކޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެކަމަކު، ދ.މީދޫގައި އާދީއްތަ ދުވަހުގެ ރޭ ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒު އެހަރަ ދައްކަވާލީ ދައުލަތުގެ ވާހަކަ ތަކެވެ. އަޅުގަނޑު ހީ ކުރީ، ޕީއެންސީގެ ޕޯޑިއަމްގައި ރައީސް މުޢިއްޒު ދައްކަވާނީ ހައްތަހާ ވެސް ޕީއެންސީގެ ވާހަކަ ކަމަށެވެ. އެ ޕޯޑިއަމްގައި ދައުލަތާއި ސަރުކާރުގެ ވާހަކަ ތަކާއި، ސަރުކާރުން ކުރާ މަސައްކަތްތަކާއި، ސަރުކާރާ ގުޅުން ހުރި އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް ހީ ކުރީމެވެ. އެއީ ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ ބީދައިން، ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ނުދެއްކޭނެތީ އެވެ. އެއީ އަޅުގަނޑު ނުވަތަ އެހެން މީހަކު ބުނި ބުނުމެެއް ނޫނެވެ. ސީދާ ރައީސް މުޢިއްޒު އަމިއްލަފުޅަށް ވިދާޅުވެފައިވާ ވިދާޅުވުމެކެވެ.

އެކަމަކު، ޕީއެންސީ އިން ބޭއްވި ސިޔާސީ ޖަލްސާއެއްގައި، ޕްރެޒެންޓޭޝަން ހައްދަވައިގެން، އަދަދު ތަކެއް ޖައްސަވައިގެން އަރުއްވައި، ރައީސް މުޢިއްޒު އެ ކިޔާލެއްވީ ދައުލަތުގެ ދަރަނީގެ ވާހަކަ އެވެ. ކުރީ ސަރުކާރު ތަކުން ނަގާފައިޥާ ދަރަނި ތަކާއި، އެ އަދަދު ތަކެވެ. މި ސަރުކާރުން ދަރަނި ދެއްކި އަދަދު ރައީސް މުޢިއްޒު ވިދާޅުވީ، "ބ" އަށް ނިކަން ބާރުލައްވައިފަ އެވެ. ބިލިއަނުން ދަރަނި މި ސަރުކާާރުން ދެއްކި ވާހަކަ އާއި އަދަދުތައް ރައީސް މުޢިއްޒު ވިދާޅުވަމުން ގެންދެވިއިރު، އެމަނިކުފާނު ހުންނެވީ ޕީއެންސީގެ ޕޯޑިއަމެއްގައި އެވެ. އެއް ފަހަރު ވިދާޅުވާ ވާހަކަ އަކާއި، ދެން ވިދާޅުވާ ވާހަކަ އަދި ކުރައްވާ ކަންތައް ދިމާވާ އެއް ކަމެއް ވެސް ނެތީ އެވެ.

އެ ޕްރެޒެންޓޭޝަން ދެއްވަމުން ރައީސް މުޢިއްޒު ވަނީ، ކުރީގެ ސަރުކާރު ތަކުން ދަރަނި ނަގާފައިވާ ވާހަކަ ވިދާޅުވެފައި އެވެ. ދަރަނީގެ ވާހަކަ ރައީސް މުޢިއްޒު ދައްކަވާއިރު، އެއީ ކުރީ ސަރުކާރު ތަކުން ކޮށްފައިވާ ފާފައެއްގެ ގޮތުގައި ސިފަވާ މިންވަރަށް އެ ވާާހަކަ ދައްކަވަ އެވެ. މިއީ ރައީސް މުޢިއްޒު ދަރަނީގެ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ކުރީ ސަރުކާރުން ދަރަނި ނަގާފައި އޮތީމާ، އެކަމާ އިންތިހާ އަށް ކޯފާވެ ހުންނަވައި ވާހަކަ ދައްކަވަމުން ދިޔައިރު، މި ސަރުކާރުން ނެގި ދަރަނި ތަކުގެ ވާާހަކަ ވެސް ރައީސް ދެއްކެވި އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. ދަރަނި ނެގުމަކީ އެހާ ގޯސް ކަމަކަށް ވާ ނަމަ، ރައީސް މުޢިއްޒުގެ ސަރުކާރުން ދަރަނި ނަގަނީ ކީއްވެ ހެއްޔެވެ؟ 

އަނެއް ވާހަކަ އަކަށް ރައީސް މުޢިއްޒު ވިދާޅުވީ އެތެރޭގެ ދަރަނީގެ ވާާހަކަ އެވެ. ކުރީ ސަރުކާރު ތަކަށް ވުރެ، މި ސަރުކާރުގައި އެތެރެއިން ނަގާފައިވާ ދަރަނިތައް ބޮޑެވެ. އެ ވާހަކަ ރައީސް މުޢިއްޒު ވިދާޅުވީ، ކުރީ ސަރުކާރު ތަކަށް ވުރެ މި ސަރުކާރުގެ އެތެރޭގެ ދަރަނި ކޮންމެ ވެސް ވަރަކަށް މަތިވި ނަމަވެސް، ބޭރުގެ ދަރަނިތައް މަދުވާނެ ކަމަށެވެ. މިއީ ވެސް އަޖައިބެކެވެ. އެތެރެއިން ނެގިޔަސް، އަދި ބޭރުން ނެގިޔަސް ދަރަނި ވާނީ ދަރަންޏަށް ނޫން ހެއްޔެވެ؟ މި ވާހަކަ ދެކޮޅު ޖައްސާނެ ގޮތެއް އަޅުގަނޑަށް ނުވިސްނުނެެވެ. ފަހަރުގައި ރައީސް މުޢިއްޒު ކަހަލަ އިކޮނޮމިސްޓަކަށް ނުވީމާ ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު އެއް ކަމެއް ޔަޤީން ވެއްޖެ އެވެ. ރައީސްގެ ޕޯޑިއަމްގައި ހުންނެވި ނަމަވެސް، އަދި ޕީއެންސީގެ ޕޯޑިއަމްގައި ހުންނެވި ނަމަވެސް، ރައީސް މުޢިއްޒު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ނަމަ ދައްކަވާނެ އެވެ. ހިތްޕުޅާ ނުވާ ސުވާލެއް ވެއްޖެ ނަމަ، ރައީސްގެ ޕޯޑިއަމްގައި ހުންނެވީތީ އެ ވާހަކައެއް ނުދެއްކެވޭނެ އެވެ. ހިތްޕުޅާ ވާ ކަމެއް ނަމަ، ޕީއެންސީގެ ޕޯޑިއަމްގައި ހުންނަވައި ސަރުކާރުގެ ވާހަކަ ވެސް ދައްކަވަންވީ އެވެ.

މަގޭ ރިޕޯޓްރައީސް އޮފީސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު