Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

2 ޖުލައި 2026 | ބުރާސްފަތި 15:24

މީގެ އިތުރުން ސަރުކާރުގަ ނުފޫޒު ގަދަ މެންބަރުން ލައްވާ ފެންނަން ހުންނަ ކަންކަން އޮޅުވާލަން ކުރާ މަސައްކަތް ވެސް ކުޑައެއް ނޫން. ދައްކަން މިއުޅެނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބާރުށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ދައްކައިގެން އުޅޭ މޮޅު ވާހަކަ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 15:24
ރައީސް މުޢިއްޒު އާއި މެމްބަރު ޝުޖާއު.

ރައީސް މުޢިއްޒު އާއި މެމްބަރު ޝުޖާއު. | ސޯޝަލް މީޑިއާ

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަންގަ ބަންދު ކުރުމަށް ގާނޫނެއް ހަދައި، ރައްޔިތުންގެ ޝަކުވާތައް ނުވަތަ ކަންބޮޑުވުންތައް މަޖިލީހުގައި އިއްވުމުގެ ފުރުސަތު ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މެންބަރުންނަށް ގެއްލުވާލާފައިވާ ކަމީ އެންމެން ދަންނަ ހަގީގަތެކެވެ.

މީގެ އިތުރުން ސަރުކާރުގަ ނުފޫޒު ގަދަ މެންބަރުން ލައްވާ ފެންނަން ހުންނަ ކަންކަން އޮޅުވާލަން ކުރާ މަސައްކަތް ވެސް ކުޑައެއް ނޫނެވެ. ދައްކަން މިއުޅެނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބާރުށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ދައްކައިގެން އުޅޭ މޮޅު ވާހަކަ އެވެ.

ޝުޖާއު ވިދާޅުވާ ގޮތުން ނަމަ ރައްޔިތުން ހާސްވާން ޖެހޭ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. ބޭހާއި ކާޑުގެ ބާވަތްތައް ލިބުމުގައި ވެސް ހަމަ އެއްވެސް ދަތި ކަމެއް ނެތެވެ. އަދި ޑޮލަރު ލިބުމުގައި ވެސް އެއްވެސް ދަތި ކަމެއް ނެތެވެ. މިއީ މެމްބަރު ޝުޖާއު މިމޭރުމުން ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ސްކޫލް ތަކަށް އިންޓަނެޓް ލިބެން ފެށީ ވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ކަމަށް ވިދާޅުވެ އޮޅުވާލަން މަސައްކަތް ކޮށްފައިވެ އެވެ.

އެހެން ނަމަވެސް ސޯޝަލު މީޑިއާ ނުވަތަ މަގު މައްޗައް ނުކެމެ ކޮންމެ މީހެއް ކައިރި އަހާލިޔަސް ބުނަނީ ބޭސް ނުލިބޭ ވާހަކަ އާއި ތަކެތީގެ އަގު އިންތިހާ އަށް ބޮޑު ވަމުންދާ ވާހަކަ އެވެ. މެމްބަރަށް އަތްފޯރާ ހަމައިގައި ތަކެތި ހުންނާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ފަހުމް ނުވަނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ މެމްބަރަށް ބޭސް ކުރަން ބެންކޮކް ނުވަތަ ދުބާއީ ފަދަ ތަންތަނައް ދެވޭތީ ފަހުމް ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.

މެމްބަރު ޝުޖާއު މިފަދައިން ވާހަކަ ދައްކާފައިވާއިރު އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވަނީ ރައްޔިތުން ބޭނުންވާ ބޭސް ނުލިބޭ ކަމަށް އެއްބަސްވެފައި އެވެ. އަދި 2026 މެއި 24 ގައި ރައީސުލްޖުމްހުރިއްޔާ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ބޭސް ލިބުމުގެ ދަތި ތަކަށް ހައްލެއް ހޯދުމަށް 2 މަސް ދުވަހުގެ ޑެޑްލައިނެއް ވެސް ވަނީ ދެއްވައި ފައެވެ. 

ޕީއެންސީގެ މެންބަރުން ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިޔަސް އެ ވާހަކަތައް ގަބޫލު ކުރާނެ ދިވެއްސަކު ނެތެވެ. އެއަށް ވުރެ ދިވެހިން މާ ބޮޑަށް ހޭލުންތެރި ވެއްޖެކަން، އެންމެ ފަހުން ނެގި ރެފެރަންޑަމް އިން ވަނީ ރައީސް މުއިއްޒު އާއި ޝުޖާއުމެން ފަދަ މެންބަރުންނަށް ދައްކައިދީފައި އެވެ. މުޅި ދައުލަތާ ދެކޮޅައް ރައްޔިތުން ނިކުމެ %70 އިން ބޮޑުތަނުން ބަލިކޮށްލީ އެވެ. ނަމަވެސް ދެރައީ އަދިވެސް މިކަމުން ފިލާވަޅު ނުނަގައި، ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާތީ އެވެ.

މަގޭ ރިޕޯޓްއިބްރާހިމް ސުޖާއު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
23 ޖޫން 2026

ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!

23 ޖޫން 2026
ޞިއްޙީ ގޮތުން ދިވެހިން ދުޅަހެޔޮ ބަޔަކަށް ވެއްޖެ!
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
18 މެއި 2026

ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

18 މެއި 2026
ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް