Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

މިއަދު ޑޮލަރުގެ ވައުދު ނުފުދި، ޑޮލަރުގެ އަގު ތިރި ނުވެ، މައްޗަށް އަރަމުން ދަނީ ސައީދުމެންގެ ދޯހަޅި ކަމުން. ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުން. ޕޯޑިއަމް ތަަކަށް އަރައި، މޮޅެތިހާ ވާހަކަ ދައްކަވައި، ސަޅި ބައިސާ ކަނޑުއްވައިގެން ވާނެ ފައިދާއެއް ނެތް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 10:28
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. | ޕީޕަލްސް މަޖްލިސް

2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފި ނަމަ، ޑޮލަރުގެ އަގު ތިރި ކުރާނެ ވާހަކަ އެވެ. ހަމައެކަނި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް، ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30 އާއި 40 އިންސައްތަ ވަރުގަދަ ވާނެ ކަމަށް ވިދާޅުވި އެވެ. 

އެކަމުގެ ނަތީޖާ އަކީ 15.42 އަށް ވުރެ ވެސް ޑޮލަރުގެ ރޭޓް ދަށަށް ދިޔުން ކަމަށް ސައީދު ވިދާޅުވި އެވެ. އެ ދުވަހު، އެމްޑީޕީ އިން ފައިސާ ޗާޕު ކުރި ވާހަކަ އާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު ތިރި ނުވާނެ ކަމުގެ ވާހަކައެއް ނުދައްކަވަ އެވެ. ސައީދުގެ އެ އަވާ މެންދުރުގައި ޖެހި، ދިވެހި ރައްޔިތުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނީ ތިޔަހެނަކުން ނޫނެވެ. އެކަމަކު، މިއަދު ޑޮލަރުގެ އަގު ހުރީ 20 ރުފިޔާ އަށް ވުރެ ވެސް މަތީގައި އެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިންތާ ދެ އަހަރަށް ވުރެ ގިނަ ދުވަަސް ވެގެންދާއިރު ވެސް، ޑޮލަރުގެ އަގު ތިރި ވެގެން ނުދެ އެވެ. ވެގެން އުޅެނީ ކޮން ގޮތެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމުގެ ސުވާލު އަމާޒު ވާނީ ވެސް ސައީދު ނޫން ދެން ކާކާ ހެއްޔެވެ؟ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ސުވާލު ކުރި އެވެ. ސައީދު އަމިއްލަ އަށް ވައުދުވީ ގޮތަށް ޑޮލަރުގެ އަގު ތިރި ނުވެގެން އުޅޭ މައްސަލައިގަ އެވެ. 

މެމްބަރު ވިދާޅުވީ އެމްޑީޕީ އިން ފައިސާ ޗާޕު ކުރި ވާހަކަ އާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް އަރައިގެން ދިޔަ ކަމަށް މިއަދު ސައީދު ތަކުރާރުކޮށް ވިދާޅުވާއިރު، 2024 ވަނަ އަހަރުގެ މަޖިލިސް ކެމްޕެއިންގައި ޑޮލަރުގެ ވައުދުވީ އެކަން ނޭނގިތޯ އެވެ. ނުވަތަ އެކަމާ ގުޅޭ އެއްވެސް ދިރާސާއެއް ނުކޮށް ތޯ އެވެ. އެ ސުވާލަށް ދެއްވާނެ ޖަވާބެއް ސައީދުގެ އަތުގައި ނެތެވެ. ޖަވާބެއް ނުދެއްވި އެވެ. ނުވެސް ދެއްވޭނެ އެވެ. 

ސަރުކާރުގެ ކުރީ ކޮޅު ތަކުރާރުކޮށް ސައީދު ވިދާޅުވަމުން ގެންދެވީ ޑޮލަރުގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށެވެ. އަގު ތިރި ކުރައްވާނެ ކަމަށެވެ. ނަމަވެސް، ސަރުކާާރުގެ ތިން ވަނަ އަހަރު ހަމަވާން ދާއިރު އަދި ވެސް ޑޮލަރުގެ މައްސަލަ އޮތީ އޮތް ގޮތަށެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެ މައްސަލަ ދަނީ ބޮޑު ވަމުންނެވެ. ހުރިހާ ތަކުލީފަކާއި، ނިކަމެތި ކަމެއް އޮތީ ރައްޔިތުން މީހާ އަށެވެ. މިއަދު ސައީދުގެ ދުލަށް އަންނަހާ ވެސް އެއްޗަކީ، ކުރީ ސަރުކާރެވެ. އެމްޑީޕީ ސަރުކާރެވެ. ފައިސާ ޗާޕު ކުރީ އެވެ. މިއީ ހައްތަހާ ވެސް ބަހަނާ އެވެ. 

އެހެނީ، އެ ވައުދުވީ ދުވަހު ސައީދު އެ ވާހަކަ ނުދައްކަވަ އެވެ. އެމްޑީޕީ އިން ފައިސާ ޗާޕު ކުރި ކަމާއި، އެކަމުގެ ސަބަބުން ޑޮލަރުގެ މައްސަލަ ޙައްލު ނުވާނެކަން އެ ދުވަހު ވެސް ސައީދު އަށް އެނގެން ވާނެ އެވެ. އެ ދުވަހު ޑޮލަރުގެ ވައުދު ވާން ޖެހޭނީ ވެސް، އެކަމަށް ރަނގަޅު ދިރާސާއެއް ކުރުމަށް ފަހު އެވެ. އެކަން އޮތް ގޮތް ރަނގަޅަށް ބައްލަވައިފަ އެވެ. އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް ސައީދު ވިދާޅުވީ އަމިއްލަ އަށެވެ. މީހަކު ބުނެެގެނެއް ވެސް ނޫނެވެ.

މިއަދު ޑޮލަރުގެ ވައުދު ނުފުދި، ޑޮލަރުގެ އަގު ތިރި ނުވެ، މައްޗަށް އަރަމުން ދަނީ ސައީދުމެންގެ ދޯހަޅި ކަމުންނެވެ. ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުންނެވެ. ޕޯޑިއަމް ތަަކަށް އަރައި، މޮޅެތިހާ ވާހަކަ ދައްކަވައި، ސަޅި ބައިސާ ކަނޑުއްވައިގެން ވާނެ ފައިދާއެއް ނެތެވެ. ސައީދު ވިދާޅުވި ގޮތަށް ޑޮލަރުގެ ވައުދު ނުފުދުނީމާ، ރައްޔިތުން ޝަކުވާ ކުރާނެ އެވެ. އެކަމުން ރެކެން މިއަދު ދައްކާ ބަހަނާ އިން ބޭޒާރު ވާނީ ސައީދުމެންނެވެ. ރައްޔިތުންގެ ކުރިމަތީގައި ވެއްޓޭނީ ހަމަ ސައީދުމެންގެ އަގެވެ.

މަގޭ ރިޕޯޓްޑޮލަރުގެ މައްސަލަޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވާސަލާތީ ގާބިލުކަން އިތުރުކޮށް، މީޑިއާތަކާއި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް (ޕީއާރު) ކޮންސަލްޓަންޓެއް ހޯދުމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައި. މި މަގާމަށް އައްޔަނުކުރާ ފަރާތުގެ މައިގަނޑު ޒިންމާއަކީ މިނިސްޓްރީގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ ކަންކަން ރޭވުން ކަމަށް ބުނެފައިވޭ.

06 ޖުލައި 2026
ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

ޑޮލަރުގެ ކަޅު ބާޒާރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާއިރު، މިނިސްޓަރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުނީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުމުން ކަމަށް. ނަމަވެސް ޑޮލަރު މާރުކުރުމުގެ އާ ގަވާއިދާއެކު ވެސް ޑޮލަރުގެ އަގު ދަނީ ހިފެހެއްޓުމެއް ނެތި މަތިވަމުން.

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

އިދިކޮޅު ސިޔާސީ ލީޑަރުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލާނެ ކަމަށް ބުނެ ސަރުކާރުން ދޭ އިންޒާރުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައި. ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލި ނަމަވެސް ބިރުދައްކައިގެން މުޒާހަރާއަށް ނުކުތުން ނުހުއްޓުވޭނެ ކަމަށާއި، އެމަނިކުފާނު މަގުމައްޗަށް ނުކުންނަވާނެ ކަމަށް.

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

މީގެ އިތުރުން ސަރުކާރުގަ ނުފޫޒު ގަދަ މެންބަރުން ލައްވާ ފެންނަން ހުންނަ ކަންކަން އޮޅުވާލަން ކުރާ މަސައްކަތް ވެސް ކުޑައެއް ނޫން. ދައްކަން މިއުޅެނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބާރުށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ދައްކައިގެން އުޅޭ މޮޅު ވާހަކަ.

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
30 ޖޫން 2026

މިސާލަކަށް......!

ހަމަ ހިތަށް އެރި އެވެ. މިސާލަކަށް، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވައިފި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ދައުރު ހަމަވުމުގެ ކުރިން ވެރިކަން ވެއްޓިއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، 2028 ގައި ރައީސް މުޢިއްޒު އަލުން ނުހޮވިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ރައީސް މުޢިއްޒު މުޅިން އެކަނި ވެއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟

30 ޖޫން 2026
މިސާލަކަށް......!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު