Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އެޑިއުކޭޝަން މިނިސްޓަރު މި ވިދާޅުވާ އެއްޗެއް އެބަ އިނގޭތަ؟

ކެރިއަރ ގައިޑެންސްގެ ވާހަކަ އާއި، ވަޒީފާ ހޯދުމުގެ ވާހަކަ އާއި، އެކި ދާއިރާ ތަކުން ކިޔެވުމުގެ ވާހަަކަ ދެއްކެވުމުގެ ބަދަލުގައި، އެޑިއުކޭޝަން މިނިސްޓަރު ކަހަލަ ސިޔާސީ ބޭފުޅުން އިޚުލާސްތެރިކަން ކުރިއަށް ނެރުއްވީމާ މާ ރަނގަޅު ވާނެ. ބޭކާރު ވާހަކަ ދެއްކެވުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޚުލާސްތެރި ވެގެން މަސައްކަތް ކުރެއްވީމާ ފުދޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 10:06
މަތީ އަރުވަތެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ވާހަކަ ދައްކަވަނީ.

މަތީ އަރުވަތެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ދެއްކެވި ވާހަކައެއް އަޑު އެހީމެވެ. އެ ޖަލްސާ އަށް ހާޒިރުވެ ތިބި ދަރިވަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ، ތައުލީމު ހާސިލު ކުރުމަށް ފަހު ވަޒީފާގެ ބާޒާރަށް ނިކުތުމުގެ ކުރިން، ކެރިއަރ ގައިޑެންސް އާއި، ލިބެން ހުރި ވަޒީފާ ތަކަށް ބެއްލެވުމަށް އެދޭ ކަމަށެވެ. މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން އަޅުގަނޑުގެ ހިތަސް އެރީ މުޅިން އެހެން ވާހަކަ އެކެވެ.

މި ރާއްޖޭގައި ވަޒީފާ ދިނުމުގައްޔާއި، ވަޒީފާ އިން މީހުން ނެގުމުގައި ބަލަނީ ކޮން ކަމަކަށް ހެއްޔެވެ؟ ރާއްޖޭގައި ވަޒީފާ ދިނުން މިހާރު އޮންނަނީ ކޮން ގޮތަކަށް ހެއްޔެވެ؟ ދާއިރާގެ މެމްބަރަށް، ނޫން ނަމަ ކޮންމެ ވެސް ސިޔާސީ ބޮޑު މީހަކަށް ގުޅައިގެން ވަޒީފާ ހޯދާ ގައުމެއްގައި، ކޮން ކެރިއަރ ގައިޑެންސްއެއް ހެއްޔެވެ؟ ކޮންމެ ފަސް އަހަރުން އެއް ފަހަރު ވަޒީފާތައް ބަދަލުވުމާއި، ވަޒީފާގެ ބިރުވެރިކަން އިންތިހާ އަށް އޮތް ގައުމެއްގައި ކޮން ކެރިއަރ ގައިޑެންސެއް ބާވަ އެވެ؟

މިނިސްޓަރު ޝަފީއު ވިދާޅުވީ އެކި ދާއިރާ ތަކުން ކިޔަވަން ޖެހޭ ކަމަށާއި، ތަފާތު ދާއިރާ ތަކުން ކުރިއަށް ދިޔުމަށް ދަރިވަރުން ވިސްނަން ޖެހޭ ކަމަށެވެ. އަޅުގަނޑު ހިތަށް އެރި އެވެ. އެކި ދާއިރާ އަކުން ކިޔަވަންވީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ފެނަކަ އާއި، ސްޓެލްކޯ އާއި، އެޗްޑީސީ އާއި އާރުޑީސީ އިން ވަޒީފާ ބަހަމުން އަންނަ ގައުމެއްގައި އެކި ދާއިރާ ތަކުން ކިޔަވަންވީ ކޯއްޗެއް ހެއްޔެވެ؟ އެންމެ މަތީ ސަނަދާ ހަމައަށް ކިޔަވައިގެން އައިސް، ތައުލީމު ހޯދި ދާއިރާ އިން ވަޒީފާ ގަނޑެއް ނުލިބިގެން ގަނަ ތެޅެނީ މިއަދު ކިތައް ދިވެހި ދަރިވަރުން ހެއްޔެވެ؟

މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އަށް އެންމެ މުހިންމު ދާއިރާ ކަމަށްވާ ތައުލީމު އަދި ޞިއްޙީ ދާއިރާ އިން ކިޔަވާ ކުދިންގެ އަދަދު ހުރީ ގާތް ގަނޑަކަށް 14 އިންސައްތައިގަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ދާއިރާ ތަކުން ކިޔަވާ ކުދިންގެ އަދަދު މަދުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިނިސްޓަރަށް އަޅުގަނޑު ބުނަން އޮތީ އެންމެ ވާހަކަ އެކެވެ. ތިޔަ ފާހަގަ ކުރެއްވި ދެ ދާއިރާ އިން 14 އިންސައްތަ ދަރިވަރުން ކިޔަވާ ކަމަށްޓަކައި ޝުކުރު ކުރައްވާށެވެ. 

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ވުރެ، ސަރުކާރަށް ސަނާ ކިޔާލައިގެން ސިޔާސީ މަގާމަށް އައްޔަން ކުރާ މީހާގެ މުސާރަ މާ ބޮޑެވެ. އެއްވެސް މަސައްކަތެއް ކުރުމެއް ނެތި، ބައި ލައްކަ އިން މުސާރަ ނަގަމުންދާއިރު، ދުވާލު ހަތަރު ދަމު ދާ އޮހޮރުވައިގެން ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ އިން ކުރާ މަސައްކަތަށް ލިބެނީ ވިއްސަކަށް ހާސް ރުފިޔާ ނޫން ހެއްޔެވެ؟

ކެރިއަރ ގައިޑެންސް ހޯދައިގެން ވަޒީފާ ހޯދުމުގެ ބޭނުމެއް ރާއްޖެ އަކު ނެތެވެ. މި ރާއްޖެ އަކީ ފިކުރަށް ބަލައިގެން ވަޒީފާދީ ވަޒީފާ އިން މީހުން ވަކި ކުރާ ގައުމެވެ. ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީގައި ތިމާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އާއިލާ މީހެއް ހުރި ނަމަވެސް، ވަޒީފާ އިން ކަނޑާލަނީ އެވެ. ތިމާ އަކީ ދުވަހަކު ސިޔާސީ ކަމެއްގައި ނޫޅޭ، އެއްވެސް ޕާޓީ އަކަަށް ނިސްބަތް ނުވާ މީހަކަށް ވިޔަސް، ތިމާގެ އާއިލާ މީހުންގެ ފިކުރު ހުންނަ ގޮތުން ތިމާގެ ވަޒީފާ ގެއްލިގެން ދިޔުމުގެ ބިރު އެބަ އޮތެވެ.

މިވަރު ގައުމެއްގެ އެޑިއުކޭޝަން މިނިސްޓަރު ޕޯޑިއަމް އަށް އަރުއްވައިގެން ދައްކަވާ ވާހަކަ ވަރަށް ޖޯކެވެ. ކެރިއަރ ގައިޑެންސްގެ ވާހަކަ އާއި، ވަޒީފާ ހޯދުމުގެ ވާހަކަ އާއި، އެކި ދާއިރާ ތަކުން ކިޔެވުމުގެ ވާހަަކަ ދެއްކެވުމުގެ ބަދަލުގައި، އެޑިއުކޭޝަން މިނިސްޓަރު ކަހަލަ ސިޔާސީ ބޭފުޅުން އިޚުލާސްތެރިކަން ކުރިއަށް ނެރުއްވީމާ މާ ރަނގަޅު ވާނެ އެވެ. ބޭކާރު ވާހަކަ ދެއްކެވުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޚުލާސްތެރި ވެގެން މަސައްކަތް ކުރެއްވީމާ ފުދޭނެ އެވެ.

މަގޭ ރިޕޯޓްމިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު

އިތުރަށް ކިޔާލަން

12 ޖުލައި 2026

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭ ކާމިލުދީދީ ސްކޫލުގައި ހިންގި މާރާމާރީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެ، ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައި.

12 ޖުލައި 2026
ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

މިއަދު ޑޮލަރުގެ ވައުދު ނުފުދި، ޑޮލަރުގެ އަގު ތިރި ނުވެ، މައްޗަށް އަރަމުން ދަނީ ސައީދުމެންގެ ދޯހަޅި ކަމުން. ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުން. ޕޯޑިއަމް ތަަކަށް އަރައި، މޮޅެތިހާ ވާހަކަ ދައްކަވައި، ސަޅި ބައިސާ ކަނޑުއްވައިގެން ވާނެ ފައިދާއެއް ނެތް.

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

އިދިކޮޅު ސިޔާސީ ލީޑަރުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލާނެ ކަމަށް ބުނެ ސަރުކާރުން ދޭ އިންޒާރުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައި. ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލި ނަމަވެސް ބިރުދައްކައިގެން މުޒާހަރާއަށް ނުކުތުން ނުހުއްޓުވޭނެ ކަމަށާއި، އެމަނިކުފާނު މަގުމައްޗަށް ނުކުންނަވާނެ ކަމަށް.

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

މީގެ އިތުރުން ސަރުކާރުގަ ނުފޫޒު ގަދަ މެންބަރުން ލައްވާ ފެންނަން ހުންނަ ކަންކަން އޮޅުވާލަން ކުރާ މަސައްކަތް ވެސް ކުޑައެއް ނޫން. ދައްކަން މިއުޅެނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބާރުށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ދައްކައިގެން އުޅޭ މޮޅު ވާހަކަ.

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
30 ޖޫން 2026

މިސާލަކަށް......!

ހަމަ ހިތަށް އެރި އެވެ. މިސާލަކަށް، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވައިފި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ދައުރު ހަމަވުމުގެ ކުރިން ވެރިކަން ވެއްޓިއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، 2028 ގައި ރައީސް މުޢިއްޒު އަލުން ނުހޮވިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް، ރައީސް މުޢިއްޒު މުޅިން އެކަނި ވެއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟

30 ޖޫން 2026
މިސާލަކަށް......!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު