Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

12 ޖުލައި 2026 | އާދީއްތަ 13:22

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭ ކާމިލުދީދީ ސްކޫލުގައި ހިންގި މާރާމާރީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެ، ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ޖުލައި 2026 | އާދީއްތަ 13:22
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން | މިދުއާމް ސައުދު- އެކްސް

އެހެން ބައެއްގެ ކަމެއްނަމަ މިހާރު ހީވީހީ އުޑު ބޮލަށް ވެއްޓިގެން އުޅޭ ހެންނެވެ. ގޮވާނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ނުކިޔާކަ އެއްޗެއް ނާނބުރާނެ ވާހަކައެއް ނޯންނާނެ އެވެ. ދީނީ ތާކިހާ އަޅައިގެން އުޅޭ ސިޔާސީ މީހުންގެ ރައުޔުތައްވެސް މަތިމައްޗަށް އޮހުނީހެވެ.

މިދައްކަނީ ޕީއެންސީގެ އެތެރޭގެ ހަމަނުޖެހުމެގެ ވާހަކައެވެ. އިންތިޚާބު ތެރޭގައި ކަރުމާރު ހިފައި ތަޅައިގެން ވާހަކައެވެ. ޓިކެޓް ދިނުމުގެ ޖަލްސާވެސް ފުލުހުން ވަންނަން ޖެހުނު ވެރިކަން ކުރާ ޕީއެންސީން ބޭއްވި އެތެރޭގެ އިންތިޚާބުގައި މާރާމާރީ ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން ވާހަކަ އެވެ.

މާރާމާރީ ހިންގައި ހަމަނުޖެހުން ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލުދީދީ ސްކޫލުގައި ހުރި ހުޅުމާލެ އުތުރު ދާއިރާ ވޯޓު ފޮށި ކައިރީގަ އެވެ. އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ. އަދި އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދީފައިވެ އެވެ. އަދި އެސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

ނަމޫނާ ބައެއް ކަމަށް ދެކި އެހެން ޕާޓީތަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންދާ ޕީއެންސީ ހިންގި މާރާމާރީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުން ވެސް މާރާމާރީ ހިންގާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. އޭގެތެރޭގައި ރައީސް އޮފީހުގެ ޕަބްލިކް ރިލޭޝަންސް ވަޒީފާއެއްގައި ހުންނަ އިސްމާއިލް އަޒުމީ އާއި ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނަ މުހައްމަދު ޔައިޝް އެ ވީޑިއޯތަކުން ފެނިގެން ދެއެވެ.

ނަމޫނާއެއް ކަމަށާއި އެހެން ޕާޓީތަކުން މިސާލު ނެގުމަށް އަބަދުވެސް ހަނދާންކޮށްދެމުންދާ ޕީއެންސީން މި މާރާމާރީ ހިންގާފައި މިވަނީ އެހެން ޕާޓީތަކުން ނަމޫނާއަކަށް ޕީއެންސީ ބެލުމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެއިންތިޚާބުގެ ކުރިން ގޮވާލައްވާފައިވަނިކޮށެވެ. މާރާމާރީގެ ފަހުން އަބްދުއްރަހީމް އާއި އެޕާޓީގައި އެންމެ ގަދައަށް އެހެން ޕާޓީތަކަށް ގަޅި އުއްކަވާ ޕީއެންސީ ޕީޖީ ލީޑަރު ފަލާހުވެސް ވަނީ ވަޑައިގަންނަވާފަ އެވެ. އަބްދުއްރަހީމް އާއި ފަލާހު އެ ސްކޫލަށް ވަޑައިގަތީ އެ ތަނުގެ މަސްލަހަތު ގެއްލި މާރާމާރީ ހިންގުމާ ގުޅިގެން ވޯޓު ގުނުން ހުއްޓިފައި އޮއްވަ އެވެ. އެ ދާއިރާގެ ވޯޓު ފަހުން ގުނާފައި ވަނީ އެ ދެ ބޭފުޅުންގެ ހާޒިރުގަ އެވެ.

އެކަމަކު ހެއްވާ ކަމަކީ މިއިން އެއްވެސް ކަމަކަށް އެއްޗެއް ވިދާޅުވާން އެއިން ބޭފުޅަކަށް ކެރިވަޑައި ނުގަން ހަނު ތިއްބެވުމެވެ. އަމުދުން ހަމަނުޖެހުމުގައި ކާމިލް ދީދީ ޕްރީސްކޫލަށް ލިބުނު ގެއްލުމާ ގުޅޭގޮތުންވެސް ޕީއެންސީން މިހައިތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ގެއްލުމަށް ޕީއެންސީން ޒިންމާވާނެތޯ އާއި އެ ސްކޫލަށް ލިބުނު ގެއްލުން އެ ޕާޓީން މަރާމާތު ކުރާނެތޯ ސުވާލުކުރުމުންވެސް އަދުރޭއާ ފަލާހުވެސް ސުއްބުވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގެންނެވި އެވެ.

މާރާމާރީއަށްފަހު، ސަރުކާރަށާއި މުއިއްޒަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ކުރަމުންދާ ބައެއް މީހުން ވަނީ އެމާރާމާރީގެ ތުހުމަތު ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ބޮލުގައި އަޅުވާފަ އެވެ. ހުސައިންބެ ގޭންގެއް ފޮނުވައިގެން ހިންގި މާރާމާރީއެއްކަމަށް އެފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި ފާޅުކަން ބޮޑު ގޮތެއްގައި ބުނެފަ އެވެ. އެކަމަކު ރައީސް މުއިއްޒުގެ ބަސްފުޅުން ނަމަ މިހާރު ރާއްޖޭގައި ގޭންގެއް ވެސް ނޫޅޭނެ އެވެ.  

ކޮންމެއަކަސް ޕާޓީތަކުގެ އެތެރޭގެ ވާދަވެރިކަމަކީވެސް އޮންނަ އެއްޗެކެވެ. އެކަމަކު މިހާވަރެއް އަރުވާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންވާވަރުގެ މާރާމާރީއެއް މީގެ ކުރިއަކުން ހިނގާފައެއް ނުވެއެވެ. ޕީއެންސީން އަނެއްކާވެސް މިހެދީ މޮޅު ރެކޯޑެކެވެ. އަދި މިކަމެއް މިހިނގީ ނަމުނާއާއި މިސާލު ޕީއެންސީގެ ފަރާތުން ނެގުމަށް ގޮވާލާފައި ވަނިކޮށެވެ. ސުވާލަކީ ނަމޫނާ ނުވަތަ މިސާލު ނަގަންވީ މި މާރާމާރީން ހެއްޔެވެ؟ ލިބުނު ގެއްލުމަށާއި މާރާމާރީ ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ލިބުނު ގެއްލުމަށްވެސް ބަހެއް ނުބުނެ ހަނު ހުރުމުން ހެއްޔެވެ؟ ބޮޑު ވަރިހަމައަށް ދޫކޮށްލައިގެން ނަގާ ނަމޫނާއެއްގެ ގޮތުގައި ހެއްޔެވެ؟

ޕީއެންސީމަގޭ ރިޕޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖުލައި 2026

ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ

10 ޖުލައި 2026
ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް