Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީ

ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ

އާރްޓީއެލްގެ ޚިދުމަތްތަކުން ތަކުރާރުކޮށް ފައިސާ ކެނޑޭ މައްސަލަ ދިމާވަނީ ބީއެމްއެލްގެ ސަރވާ މެއިންޓެނެންސް މަސައްކަތަކާ ގުޅިގެން ކަމަށާއި، ކަސްޓަމަރުންނަށް ލިބޭ ރެފަރެންސް ނަންބަރު ބޭނުންކޮށްގެން ދަތުރުގެ ތަފުސީލު ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުނެފި. މީގެ އިތުރުން ދަތުރުތައް ކެންސަލްވުމުން ރީފަންޑް ދިނުމުގައި 30 ދުވަހުގެ މުއްދަތެއް ނަގަނީ އެކަމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ގިނަކަމުން ކަމަށް ވެސް އެމްޓީސީސީ އިން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖުލައި 2026 | އަންގާރަ 08:44
އާރްޓީއެލް ފެރީ އެއް: ފެރީ ކެންސަލް ކުރުމަށްފަހު ރީފަންޑް ދިނުމަށް ވެސް މަހެއް ނަގާ

އާރްޓީއެލް ފެރީ އެއް: ފެރީ ކެންސަލް ކުރުމަށްފަހު ރީފަންޑް ދިނުމަށް ވެސް މަހެއް ނަގާ | އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދެމުންދާ އާރްޓީއެލްގެ އެކި ޚިދުމަތްތަކުގައި ކާޑުން ފައިސާ ދެއްކުމުން، އެއް ދަތުރަކަށް ގިނަ ފަހަރު މަތިން ފައިސާ ކެނޑޭ މެސެޖު ލިބެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަރވާ މެއިންޓެނެންސް މަސައްކަތަކާ ހުރެ ދިމާވި މައްސަލައަކުން ކަމުގައި އެމްޓީސީސީ އިން ބުނެފި އެވެ.

ފަހަކަށް އައިސް މާލެ އާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތަކުގައި 3.50 ރުފިޔާގެ ޓިކެޓަކަށް ކާޑުން ފައިސާ ދެއްކުމުން، ދުވަހުގެ އެކި ވަގުތުތަކުގައި ތަކުރާރުކޮށް ފައިސާ ކެނޑޭ ކަމުގެ މެސެޖުތައް ލިބެމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ޝަކުވާކޮށް، ވީޑިއޯތައް ވެސް އާންމުކޮށްފަ އެވެ. ބައެއް އާންމުން ބުނެފައިވާ ގޮތުގައި އެއް ދަތުރަކަށް ދިހަ ވަރަކަށް ފަހަރު މަތިން، ސަތޭކަ ވަރަކަށް ރުފިޔާ އަދަދުން ފައިސާ ކެނޑިފައިވާ ކަމުގެ މެސެޖުތައް ލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެމްޓީސީސީ އަށް ގުޅުމުން އެ ކުންފުނިން ބުނީ ވޭތުވެދިޔަ ތިން ދުވަހު މިފަދަ ގިނަ ޝަކުވާތަކެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެމްޓީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިއުލާނެއް ވެސް އާންމު ކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، މި މައްސަލަ ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭބެކް ކަލެކްޝަން އަށް ބޭނުންކުރާ ބީއެމްއެލްގެ ސަރވާ މެއިންޓެނެންސް މަސައްކަތެއް ކުރަމުންދާތީ ކަމަށެވެ.

އެމްޓީސީސީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގަ ވެސް ހިއްސާ ކޮށްލާފައި. އޮފިޝަލް ނޯޓިސް އެއް. އެއީ އާރްޓީއެލްގެ ޕޭ ބެކް ކަލެކްޝަން އަށް ބޭނުން ކުރާ ބޭންކް އޮފް މޯލްޑިވްސްގެ ސަރވާ މެއިންޓެނެންސްގެ މަސައްކަތެއް ކުރާތީ އެ ކޮޅުން ދިމާވެފަ އިން އިޝޫއެއް އެއީ. އެއީ ރުފިޔާ ކެނޑިފައި ހުންނަ ކަމަށް އަނެއްކާ ވެސް މެސެޖުތައް، ކުރީގެ ޓްރާންސެކްޝަންސްތަކަށް ދަނީ. އާންމުގޮތެއްގައި އެހެން އެ ދިމާވަނީ ހޯލްޑް ކޮށްފައި ހުންނަ ޕޭމަންޓްސްތައް ކްލިއަރ ކުރަމުން. މިކޮޅުން ދާނެ ކަސްޓަމަރަށް ރެފަރެންސް ނަންބަރެއް. ބޭންކުން، ބީއެމްއެލް އިން ފޮނުވާނެ ރެފަރެންސް ނަންބަރެއް. އެ ރެފަރެންސް ނަންބަރު އަޅުގަނޑުމެން އިންނާނެ މިހާރު ޕަބްލިކަށް ހުޅުވާލާފަ ލިންކެއް. އެ ލިންކުގައި ހަމަ ޖަހާލީމަ ފެންނާނެ. ސީދާ ކޮން ދުވަހެއްގައި ހިނގި ދަތުރެއް ކަން އެއީ. ދެން ޖެހޭނީ ޗެކް ކޮށްލަން. އެ ދަތުރު ކުރި ދުވަހު އެ ރުފިޔާ ކެނޑިފައި އިންތޯއާ އަދި މެސެޖު ކުރި އިރު ދެ ފަހަރަށް އެ ރުފިޔާ ކެނޑިފައި ބީއެމްއެލްގައި އިން ތޯ. އާންމު ގޮތެއްގައި އެގޮތަށް ކެނޑިފައެއް ނުއެއް ހުންނާނެ. އެއް ފަހަރު ކެނޑިފަ ހުންނާނީ
އެމްޓީސީސީ 

އެމްޓީސީސީން ފާހަގަކުރި ގޮތުގައި އާންމު ގޮތެއްގައި ދެފަހަރަށް ފައިސާ ކެނޑިފައެއް ނުުހުންނާނެ އެވެ. އަދި ކަސްޓަމަރަށް ބީއެމްއެލްއިން ފޮނުވާ ރެފަރެންސް ނަންބަރު ބޭނުންކޮށްގެން، އެއީ ކޮން ދުވަހަކު ކުރި ދަތުރެއްކަން ބަލާލެވޭނެ ލިންކެއް މިހާރު އާންމު ކޮށްފައިވާ ކަމަށާއި އެކަން މެދުވެރިކޮށް އެކަންކަން ބަލައި، ފައިސާ ކެނޑިފައިވާ މިންވަރު ވެސް ބެލޭނެ ކަމަށެވެ. 

އޭގެ އިތުރުން އާރްޓީއެލް ފެރީގެ ޚިދުމަތް ކެންސަލް ކުރުމަށްފަހު ފައިސާ އަލުން ދިނުމުގައި ގިނަ ދުވަސްތަކެއް ނަގާ ކަމަށް ބުނެ އާންމުން ކުރާ ޝަކުވާ އާ ގުޅިގެން އެ ކުންފުނިން ބުނީ ރީފަންޑް ދިނުމުގެ ޕޮލިސީގައި ވެސް ބަޔާން ކޮށްފައިވާ ގޮތަށް ފައިސާ ދައްކާ ފަހުން ދަތުރެއް ކެންސަލް ވެއްޖެ ނަމަ އެ ފައިސާ އަނބުރާ ދިނުމަށް 30 ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ. އެއީ ވެސް އެކަމުގައި ގިނަ ޕްރޮސީޖަރުތަކެއް ހުންނާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކަން އަވަސް ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެމްޓީސީސީއާރްޓީއެލް ބީއެމްއެލް

އިތުރަށް ކިޔާލަން

13 ޖުލައި 2026

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

13 ޖުލައި 2026
ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
06 ޖުލައި 2026

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

06 ޖުލައި 2026
ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް
06 ޖުލައި 2026

އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!

06 ޖުލައި 2026
އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!
02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު