Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިސާދީ ހާލަތު

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026 | އަންގާރަ 09:45

ސަރުކާރުން ބިޑަކާ ނުލައި ވަކި ބަޔަކަށް ބޮޑެތި މަޝްރޫއުތައް ބަހަމުންދާ ކަމަށް ވިދާޅުވެ، މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ. ކުދި މަސައްކަތްތައް ބޮޑެތި ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން އާންމު ވިޔަފާރިތަކަށް ފުރުސަތު ގެއްލި، ރައްޔިތުންގެ އުފެއްދުންތެރިކަން ހުއްޓެމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އިގްތިސާދީ ހަގީގަތްތަކަށް ބެލުމެއް ނެތި ފައިސާ ޗާޕުކޮށްގެން ކަންކަން ކުރަން އުޅުމަކީ ރާއްޖެ ބަނގުރޫޓުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ޖޫން 2026 | އަންގާރަ 09:45
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު

މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދިވެހި ރައްޔިތުން ގެންގުޅެން ބޭނުންވަނީ ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މިއީ ރައްޔިތުން އަޅުދާސް ކުރުމުގެ ދައުރު ކަމަށެވެ. މި ސަރުކާރުގައި އަމިއްލަ މީހަކަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތެއް ނެތް ކަމަށާ ދާދި މިދާކަށް ދުވަހު 2.5 ބިލިއަން  ބަހާލީ ސަރުކާރުން ބޭނުންވާ ފަރާތްތަކުގެ ވިޔަފާރި އަށް ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މިއަދު އޭގެ ޕްރޮޖެކްޓެއްގެ އަޑު ވެސް ނީވޭއިރު ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެއްވެސް ބިޑަކާ ނުލައި ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ބަހާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާދައިގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ބޭނުންވާ ކްލާސްރޫމް އެޅުން ފަދަ ކަންތައްތައް ކުރުން ވެސް މިހާރު ކުރަނީ އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތަކުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ސަރުކާރަށް އެއްގޮތަކަށް ވެސް ސާފުވެފަ އެއް ނެތް އަޅުގަނޑު ދެން ގަބޫލު ކުރަނީ އެ ބޭފުޅުން އެހާ. އެ ބޭފުޅުން ހަމަ އެނގިވަޑައިގެން ތިއްބަވާ ހަމަ ގަސްތުގަ ކުރައްވާ ކަމެއް ކަމަށް. އެއީ މިދަންނަވާ ގޮތުގެ މަތިން ބޮޑެތި ކުުންފުނިތަކުން އެކަހަލަ ކުދިކުދި ކްލާސްރޫމް އަޅައި، ފާޚަނާބަރި އަޅައި، އެ ފެންވަރުގެ މަސައްކަތް ކުރަން ފެށީމަ ރާއްޖޭގެ މަސައްކަތުގެ މާހައުލުގަ މަސައްކަތް ކުރާ ކުންފުނިތަކުގަ ފުރުސަތެއް ނޯންނާނެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްއެމްއޭ އިން ނެރެފަ އޮންނާނެ ދިރިއުޅުމުގެ ބޭނުމަށް ފްލެޓް އިމާރާތް ކުރުމާއި ބޭންކުން ލޯނު ދިނުމާ ބެހޭ ގަވާއިދެއް. މި ގަވާއިދު ނެރުމާ އެކީގައި ބީއެމްއެލް އިން ސަބްސިޑަރީ ކުންފުންޏެއް ހެދީ. އެ ސަބްސިޑަރީ ކުންފުނި ހެދީމަ ބީއެމްއެލް އިން އަނެއްކާ ނިންމީ ވަކި 3 ކުންފުންޏެއް. އާރްސީސީ އާ އަދި ކޮންމެވެސް އެހެން ދެ ކުންފުންޏެއް ލައިގެން އެ ބޭފުޅުން ބޭނުންވާ 3 ކުންފުންޏަށް އެކަނި.
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ ސަރުކާރަށް ވާގިދޭ ފަރާތްތަކަށް ކަނޑައެޅިގެން ފައިސާ ދިނުމަށް ޕްރޮޖެކްޓް ހަވާލު ކުރަމުންދާއިރު ފުރަތަމަ ބަހާލީ 2.5 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ފަހުން ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން ފްލެޓް އެޅުމަށް އާރްސީސީ ގެ އިތުރުން ސަރުކާރުން ބޭނުން 2 ކުންފުންޏަކަށް ދީފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ޒަރިޔަންދު ވިދާޅުވީ ސަރުކާރުން ބޭނުން ވަރަކަށް ފައިސާ ޗާޕު ކޮށްގެން މުސާރަ ދެވިދާނެ ކަމަށެވެ. އަދި ދިވެހި ކުންފުނިތަކަށް ފައިސާ ވެސް ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ބޭރު ފައިސާ ދައްކަން ޖެހޭ ހިސާބުން ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބޭފުޅުންނަށް ފައިސާ ދެއްކިދާނެ ޗާޕު ކޮށްގެން. މުސާރަ ދެވިދާނެ. އެކަމު ރުފިޔާ ޗާޕު ކޮށްގެން ގޮސް އޮމާން އަށް ގޮސް ތެލެއް ނުގަނެވޭނެ އެއް ނޫންތޯ. އެމީހުން ބޭނުންވާނީ ބޭރު ފައިސާ އެއް ނޫންތޯ. އެހެންވީމަ އެހާ ހަމައަށް ދާއިރު ރާއްޖެ ދާނީ ބަނގުރޫޓަށް. އަޅުގަނޑަށް ގަބޫލު ކުރެވެނީ ސަރުކާރުގެ މައިގަނޑު ވިސްނުމުގެ ތެރޭގައި މި ދައުލަތުގެ މާލީ އިންތިޒާމު މި ވަށާޖެހޭ ގޮތް އެހާ ރަނގަޅަށް ސާފެއް ނުވޭކަން. ނުވީމަ އެންމެ އާންމު މީހާ އަށް މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުވާލާފަ. ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީގެން ބަކަރި ކޮންޓްރޯލް ކުރަން އުޅޭހެން އަޅުގަނޑުމެން ދިވެހި ރައްޔިތުން ގެންގުޅެން މި ބޭނުންވަނީ
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ މުޅި ސިސްޓަމް މިހާރު އޮތީ ހަލާކު ކޮށްލާފައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ވަޒީފާ ދީގެންނާ، ޕްރޮޖެކްޓުތައް ދީގެން ރައްޔިތުންގެ އުފެއްދުންތެރިކަމާ މަސައްކަތްތެރިކަން ވެސް ހުއްޓުވާފައިވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މުޅި ރާއްޖެއަށް ގެއްލުން ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޓީސީސީބީއެމްއެލްއާރުސީސީއިސްމާއިލް ޒަރިޔަންދުމާލީ ގެއްލުންއިގްތިސާދީ ގޮންޖެހުންތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް