Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިވާދޫ ސްކޫލު

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026 | ހޮނިހިރު 13:56

ހދ. ނައިވާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު ލަސްވަމުންދާތީ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެކަމުގެ ޔަގީންކަމެއް ނެތްކަމަށް އެ ރަށު ކައުންސިލުން ބުނެފި. އެ ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވުމުން މަސައްކަތުގެ ދުވެލި މަޑުޖެހިފައިވާތީ، ދަރިވަރުންނަށް ބޭނުންތެރި މި އިމާރާތް ނުނިމި ދިގުލައިގެންދާތީ ބެލެނިވެރިންނާއި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2026 | ހޮނިހިރު 13:56
ހދ ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު

ހދ ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު | ރާއްޖެ އެމްވީ

ހދ ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނައިވާދޫ ކައުންސިލްގެ ރައީސް އަޙުމަދު އާފާގް ވިދާޅުވީ، ސްކޫލްގެ މަލްޓި ޕަރޕޯސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގައި 2022 ވަނަ އަހަރު ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު، މި މަޝްރޫއުގެ މަސައްކަތްތަކެއް ވަކި ހިސާބަކަށް ނިމިފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ވެރިކަން ބަދަލުވި ފަހުން މި މަސައްކަތް މުޅިން ހުއްޓިފައި އޮތް ކަމަށް އާފާގް ވިދާޅުވި އެވެ.

އާފާގް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫއު އަލުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެހެންނަމަވެސް، މަސައްކަތް ފެށިގެން ކުރިއަށްދާއިރު އޭގެ ސްޕީޑް ހުރީ ވަރަށް ލަސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތް ލަސްވާން ދިމާވާ ސަބަބުތަކަށް އަލިއަޅުވާލައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ނައިވާދޫގައި ކުރިއަށްދާ ވަރަށް ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައި ހުރުމަކީ މަސައްކަތް ލަސްވާ އެއް ސަބަބު ކަމަށް ބެލެވޭ ކަމަށެވެ. އެއްފަހަރާ ގިނަ މަސައްކަތްތަކެއް އެއް ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމުން، ސްކޫލް ހޯލްގެ މަސައްކަތަށް ބޭނުންވާ ސަމާލުކަން ނުލިބޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެރަށުގައި އެމްޓީސީސީއާ ޙަވާލުކޮށްފައި ހުރި ބައެއް މަޝްރޫއުތަކުގެ ތެރޭގައި އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާ މަޝްރޫއުތައްވެސް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ނައިވާދޫ ކައުންސިލްގެ ރައީސް އަޙުމަދު އާފާގް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއު

މީގެ އިތުރުން އާފާގް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ސަރުކާރުން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރި މުއްދަތުގެ ތެރޭގައި ހޯލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރު ނެތް ކަމަށެވެ.

 ސްކޫލްގެ މަލްޓި ޕަރޕޯސް ހޯލަކީ ދަރިވަރުންގެ ތައުލީމީ އަދި އިތުރު ހަރަކާތްތަކަށް ނުހަނު ބޭނުންތެރި ތަނަކަށްވާއިރު، މި މަޝްރޫއު ލަސްވަމުންދާތީ ރަށުގެ ރައްޔިތުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

 

ހދ. ނައިވާދޫއަޙުމަދު އާފާގްއެމްޓީސީސީމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
06 ޖުލައި 2026

އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!

06 ޖުލައި 2026
އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް