Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!

6 ޖުލައި 2026 | ހޯމަ 07:35

އެމްޓީސީސީގެ އެކި ދާއިރާތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައި. މީގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރުންނާއި، ޓެކްނީޝަނުންނާއި، އެކި ދާއިރާތަކުގެ ފަންނީ މަޤާމުތައް ހިމެނޭއިރު، ބައެއް މަޤާމުތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ދުވަހެއްގެ މުއްދަތެއް. ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، އެމްޓީސީސީން ގިނަ ވަޒީފާތަކަކަށް ހުޅުވާލުމުން ސަރުކާރުގެ ބަހާ އަމަލު ދިމާނުވާ މިންވަރު ހާމަވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2026 | ހޯމަ 07:35
އެމްޓީސީސީ ޓަވަރ:އެމްޓީސީސީގެ ގިނަ ވަޒީފާތަކަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި

އެމްޓީސީސީ ޓަވަރ:އެމްޓީސީސީގެ ގިނަ ވަޒީފާތަކަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި | ރާއްޖެއެމްވީ

ސަރުކާރުން "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެމްޓީސީސީން އިއުލާނު ކޮށްފައިވާ ވަޒިފާތަކަށް ބަލާއިރު، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގް ޑިވިޜަންއަށް  އެސޯސިއޭޓް ޕްރޮޖެކްޓް މެނޭޖަރަކު ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ. އެ މަޤާމުގެ މުސާރަ 17،000 އަށްވުރެ މައްޗެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 9 ޖުލައިގެ ނިޔަލަށް ހުޅުވާލެވިފައިވެ އެވެ.

މީގެ އިތުރުން، ކުންފުނިން ކަނޑައަޅާ ސައިޓުތަކެއްގައި މަސައްކަތް ކުރަންޖެހޭ ގޮތަށް ގިނަ މުވައްޒަފުންތަކެއް ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، އެމީހުންނަށް މަޤާމަށް އެދި ހުށަހަޅަން ދީފައިވަނީ އެންމެ ދުވަހެކެވެ. އެގޮތުން 5 ޖުލައިގައި ކުރި މި އިއުލާނާ ގުޅިގެން ޝައުޤުވެރިވާ ފަރާތްތަކަށް ދީފައިވާ ސުންގަޑިއަކީ 6 ޖުލައި ގެ 16:00 ގެ ނިޔަލަށެވެ.

އޭގެ ތެރޭގައި ޝަޓަރިންގ ކާޕެންޓަރުންގެ މަޤާމަށް 4 މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، އެ މަޤާމުގެ މުސާރަވެސް 11،000 އިން މައްޗެވެ. ހަމަ މި މުސާރައިގައި 2 ބާބެންޑަރުން ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެއީވެސް ކުންފުނިން ކަނޑައަޅާ ސައިޓުތަކެއްގައި މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.

މީގެ އިތުރުން، 5 ވެލްޑަރުންނާއި، ޕްލަމްބަރަކާއި، 8 ޕެއިންޓަރުން ހޯދުމަށްވެސް އިއުލާނު ކޮށްފައިވާއިރު، އެމީހުންވެސް މަސައްކަތް ކުރަންޖެހޭ ވަކި ސައިޓެއް ބަޔާންކޮށްފައެއް ނުވެ އެވެ.

އެމްޓީސީސީން މީގެ އިތުރުންވެސް އިތުރު ގިނަ ވަޒީފާތަކަކަށް އިއުލާނު ކޮށްފައިވެ އެވެ. އެގޮތުން ލ ގަމަށް 13،900 ރުފިޔާގެ މުސާރައާއެކު އެސިސްޓެންޓު މެކޭނިކެއް ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އަދި ދެފަރާތުން އެއްބަސްވާ މުސާރައެއްގައި މަސައްކަތް ކުރާ ގޮތަށް، ގްރޭޓަރ މާލެ ސަރަޙައްދަށް 2 ސީނިއަރ މެކޭނިކުން ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މީގެ އިތުރުން، އެމްޓީސީސީ ސޯމިލްއަށް އިންޓާނަލް އޮޑިޓަރަކާއި، ސީނިއަރ އެކައުންޓސް އޮފިސަރެއް ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި 18،000 އަށްވުރެ ބޮޑު މުސާރައެއްގައި ސިސްޓަމް އެނެލިސްޓެއް ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މީގެ އިތުރުން، ތިލަފުށީގައި މަސައްކަތް ކުރަން 6 ފައިބަރ ގްލާސް ޓެކްނީޝަނުންނާއި، މި ދިއްގަރަށް އެސިސްޓެންޓް މެކޭނިކެއް ހޯދުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ދީފައިވާ ސުންގަޑިއަކީ 12 ޖުލައި އެވެ.

ސަރުކާރުގެ "ރައިޓް ސައިޒް" ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަމަށް ބުނެ، ރަށްރަށުން ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ތަންތަނުގައި ވަޒީފާތައް އުފައްދައި މަގާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ފާހަގަ ކުރެވެ އެވެ. 

އެމްޓީސީސީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
04 ޖޫން 2026

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟
03 ޖޫން 2026

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

03 ޖޫން 2026
ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
01 ޖޫން 2026

18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

01 ޖޫން 2026
 18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް