Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. މުރައިދޫ

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026 | ހޮނިހިރު 08:02

ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ސަމާލުކަމަށް އެކަން ގެނައި ނަމަވެސް، ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2026 | ހޮނިހިރު 08:02
ހއ. މުރައިދޫ ބަނދަރު. މިސަރުކާރާއެކު ބަނދަރުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ.

ހއ. މުރައިދޫ ބަނދަރު. މިސަރުކާރާއެކު ބަނދަރުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. | އެމްޓީސީސީ

ހއ.މުރައިދޫ ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިންމާފައި އޮތް ނަމަވެސް މިސަރުކާރުގައި މިހާތަނަށް ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރާކަން ހާމަވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވަނީ ހއ.އަތޮޅުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

މުރައިދޫއަށް އިޝާރާތް ކުރައްވައި ނައުޝާދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގެ ބަނދަރުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. މިމަޝްރޫއު އެއްކޮށް ނިމި، ލަފާފުރުމަށް ފަސޭހަވެގެން ދިއުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ނަމަވެސް މިސަރުކާރުގައި މިހާތަނަށް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ. އަދި ބަނދަރުގެ މަޝްރޫއު ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރި ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނައުޝާދު ވިދާޅުވީ ބަނދަރުގެ މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުން މަޖިލީހުގެ މެންބަރުގެ ސަމާލު ކަމަށް މިކަން ގެނައި ނަމަވެސް މިކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށެވެ. 

މުރައިދޫއަށް ބަލާލާއިރު މުރައިދޫގެ އެންމެ ގިނަ ރައްޔިތުން މިއަދު އެދިއެދި އޮތް ކަމަކީ ބަނދަރުގެ މަސައްކަތް. އަޅުގަނޑުމެންގެ ވެރިކަން ނިމުނުއިރު ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް 75 ޕަސެންޓްގެ މަސައްކަތް އޮތީ ނިމިފައި. އެ ނިމިފައި އޮތް ގޮތަށް އޮތީ. އެއްވެސް މަސައްކަތެއް މިއަދު ނުކުރޭ. މަސައްކަތް ކުރާ ކޮންޓްރެކްޓަރެއް މިއަދު އެތާގައި އޮތީއެއް ނޫން. މެޓީރިއަލެއް އޮތީއެއް ނޫން. އަދި މަސައްކަތް ކުރާނެ އެއްވެސް ބަޔަކު އެތާގައި ނެތް. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް

މުރައިދޫ ބަނދަރުގެ މަޝްރޫއު މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ 36.3 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށެވެ. 

ހއ. މުރައިދޫއެމްޓީސީސީމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
06 ޖުލައި 2026

އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!

06 ޖުލައި 2026
އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!
02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް