Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޖިޓަލައިޒޭޝަން

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

6 ޖުލައި 2026 | ހޯމަ 14:14

އާރްޓީއެލް ފެރީގެ ޓިކެޓް ނެގުމުގައި ހުރި ދަތިތަކުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް އާދައިގެ ފެރީތައް ބޭނުންކުރާތީ، ޚިދުމަތްތައް ޑިޖިޓަލް ކުރާއިރު ރައްޔިތުންނަށް ފަސޭހަވާނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި. މި ޚިދުމަތްތަކަށް ރައްޔިތުން ހޭލުންތެރި ނުކުރެވިއްޖެނަމަ، އޭގެ ގެއްލުން ރައްޔިތުންގެ އިތުރުން ދައުލަތަށް ވެސް ލިބޭނެކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމު ހިންގުމަށްޓަކައި، ދަތުރުތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހަދައި، މިހާރަށް ވުރެ ހަރުދަނާ އިންތިޒާމެއް ގާއިމުކުރަން ޖެހޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2026 | ހޯމަ 14:14
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ. | ރައްޔިތުންގެ މަޖިލިސް

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު މައުރޫފު ވަނީ  ބ. އަތޮޅުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އާރްޓީއެލް ފެރީ އޮވެ، ގިނަ މީހުން ދަތުރު ކުރަމުންދަނީ ލަކުޑި ފެރީ ގައި ކަމަށާއި، އެގޮތަށް އެކަން ވަނީ ޓިކެޓު ނެގުމަށް އުދަނގޫވާތީ ކަމަށެވެ. 

އެހެންކަމުން ޚިދުމަތްތައް ޑިޖިޓަލް ކުރާއިރު، އެ ޚިދުމަތެއް ފަސޭހައިން ރައްޔިތުންނަށް ބޭނުން ކުރެވޭ ނުވަތަ ލިބޭނެ ގޮތް ހަަމަޖައްސަން ޖެހޭ ކަމަށާއި، ރައްޔިތުން ވެސް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ބައެއް ދުވަސްދުވަސް، އާރުޓީއެލް ހުސްކޮށް ދާއިރު ލަކުޑިފެރީގައި ސަތޭކައެއްހާ މީހުން އެބަ ދަތުރުކުރޭ. ގިނަ މީހުންނާއި އަހާލީމާ ބުނަނީ، ޓިކެޓް ނަގަން އުނދަގުލީ ކަމަށް. އަޅުގަނޑުމެން ޑިޖިޓަލައިޒް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެފަދަ ގާނޫނުތަކަކަށް ބަހުސް ކުރަމުންދާއިރުގައި މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ގިނަ ރައްޔިތުންނަށް ޓިކެޓް ނަގަން އުނދަގޫވުން ނުވަތަ ހޭލުންތެރިކަން ނެތުން ނުވަތަ ފަސޭހައިން އެކަން ވާނެ އިންތިޒާމުތައް އޮތުން އެއީ ވަރަށް މުހިންމު ކަމެއް.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ޚިދުމަތްތައް ގާއިމުކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެ ޚިދުމަތްތަކުގެ ބޭނުން ރައްޔިތުންނަށް ނުހިފޭކަމުގައި ވާނަމަ، އޭގެ ގެއްލުން ރައްޔިތުންގެ އިތުރުން ދައުލަތަށް ވެސް ލިބޭ ކަމަށެވެ. އަދި ފެރީގެ ޚިދުމަތް ދިނުމުގައި ވެސް މިހާރަށް ވުރެ ރަނގަޅަށް މި އިންތިޒާމް ހަމަ ޖައްސަން ޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ އާރްޓީއެލް ޚިދުމަތުން ރަށްރަށް ޑިޖިޓަލައިޒްކޮށް ގުޅައިލަމުންދާއިރު، އެ ދަތުރުތައް އޮންނާނެ ގޮތާއި، ގަޑި އާއި، ހުރިހާ ކަމެއް ރައްޔިތުންނަށް ފަސޭހައިން އެނގޭނެހެން އިންތިޒާމް ގާއިމް ކުރަން ޖެހޭ ކަމަށެވެ. މެންބަރު މައުރޫފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދޭ ކަމަށްވާނަމަ އޭގެ ފައިދާ ކުރާނެ ކަމަށާއި، ނަމަވެސް މިހާރު މިޚިދުމަތް ދެމުންދާ ގޮތުން ލިބޭނީ ގެއްލުން ކަމަށެވެ. އަދި ވިދާޅުވީ ކުރާ ހަރަދު ވެސް ބަދަލު ވެސް ނުލިބޭނެ ކަމަށެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްއާރްޓީއެލް ޑިޖިޓަލައިޒޭޝަން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، ދިވެހިން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި: ޒިޔާދު

06 ޖުލައި 2026
ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، ދިވެހިން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި: ޒިޔާދު
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް