Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ނާލާފުށި

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026 | ހޮނިހިރު 06:55

ނާލާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހުއްޓި، ހިއްކާފައިވާ ސަރަހައްދު ގިރަމުންދާތީ އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އެމްޓީސީސީއާ ހަވާލުކޮށްފައިވާ 172.79 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އިންތިޚާބަށްފަހު ހުއްޓިފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2026 | ހޮނިހިރު 06:55
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން.

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން. | އެމްޓީސީސީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް މ. ނާލާފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް މިހާރު ހިއްކި ސަރަހައްދު ގިރަން ފަށައިފި އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވަނީ ނާލާފުށީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ އެރަށުގެ ބިން އިތުރު ކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ހިއްކި ސަރަހައްދު ވެސް ގިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އިހުސާން ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެމުން ދިޔަ އެތައް މަސައްކަތްތަކެއް ހުއްޓި ރައްޔިތުންނަށް ނިކަމެތިކަން ކޮންމެ ދުވަހަކު ވެސް ލިބެމުންދާ ކަމަށެވެ.

ނާލާފުށީގައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރަށް ބޮޑު ކުރުމުގެ ޕްރޮޖެކްޓެއް ހަގީގަތުގައި ފަށައިގެން ކުރިއަށް ގެންދިޔަ. އެ ޕްރޮޖެކްޓްގެ މަސައްކަތް ވަކި ހިސާބަކަށް ގޮސްފައި އިންތިޚާބު ނިމުމާއެކު އެކަަން ވެސް ހުއްޓިއްޖެ. އަޅާފައި އޮތް ފަސްކޮޅު ވެސް ގިރަމުން ފައިބަމުން އެ ދަނީ. 
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

ނާލާފުށި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ރައީސް މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 22 ސެޕްޓެންބަރު 2025 ގަ އެވެ. 

އެމްޓީސީސީން ބުނީ،  546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު އެރަށަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުން ގޯތި ދޫކުރުމަށާއި، ސިނާއީ މަސައްކަތްކުރުމަށް އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިގުތިސާދީގޮތުން ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 15.48 ހެކްޓަރުގެ ބިން ހިއްކުމާއި، 993 މީޓަރުގެ ބަޔޮސްވޭލެއް ހެދުމާއި، 709 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 440 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އެ މަޝްރޫއަކީ 172.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މުހައްމަދު އިހުސާންއެމްޓީސީސީމ. ނާލާފުށި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
04 ޖޫން 2026

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟
03 ޖޫން 2026

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

03 ޖޫން 2026
ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
01 ޖޫން 2026

18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

01 ޖޫން 2026
 18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް