Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. އިހަވަންދޫ

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

2 ޖުލައި 2026 | ބުރާސްފަތި 10:34

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މި ސަރުކާރުން އެ ރަށު ފަޅުތެރެއިން ވެލި ނެގުމުގެ ސަބަބުން، ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވެ ރަށް ގިރަމުންދާ ކަމަށް އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ. ރައީސް ސޯލިހުގެ ސަރުކާރުން ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ނިންމާފައި އޮތް ނަމަވެސް، މި ސަރުކާރުން އީއައިއޭ ރިޕޯޓާ ހިލާފަށް މަސައްކަތް ކުރުމުން ހިއްކި ސަރަހައްދުން ވެސް ބޮޑު ބައެއް ގިރާފައިވާކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2026 | ބުރާސްފަތި 10:34
ހއ. އިހަވަންދޫ އިން ހިއްކާފައިވާ ސަރަހައްދު.

ހއ. އިހަވަންދޫ އިން ހިއްކާފައިވާ ސަރަހައްދު. | އެމްޓީސީސީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ.އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި ކަމަށާއި، އެކަމުގެ ސަބަބުން މުޅި ރަށް ގިރަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ކުރީގެ މެންބަރު ޝިފާއު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިހަވަންދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިންމާފައިވާކަން ފާހަގަކުރައްވާފަ އެވެ. 

އެގޮތުން ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށް، ޓާފް ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ޒުވާނުންނާ ހަވާލުކުރި ކަމަށާއި، ފެނަކަ އައު އޮފީސް އިމާރާތް އަޅައި ރައްޔިތުންނަށް ދެމުންދިޔަ ޚިދުމަތްތައް އެތައް ގުނައަކުން ރަނގަޅު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ކަމަށެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައިރު އެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓި، ރިވެޓްމަންޓް ނުޖަހާ އޮތުމުގެ ސަބަބުން ބޮޑު ސަރަހައްދެއް ގިރާގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރަށުގެ ފަޅުތެރެއިން ވެލި ނަގައި، ހިއްކަމުން ދިޔަ ސަރަހައްދަށް ވެލި އެޅި ކަމަށާއި، އެކަމުގެ ނުރައްކާ މިހާރު ކުރިމަތިވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ރަށެއް އެރަށުގެ ފަޅުތެރެއިން ވެލި ނަގައިގެން ހިއްކުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން ކަމުގަ އެވެ. 

އީއައިއޭ ރިޕޯޓާ ހިލާފަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ސަބަބުން މިހާރު މުޅި ރަށް ގިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ހިއްކި ފަސްގަނޑު ވެސް ގިރަމުންދާ ކަމަށާއި، އަދިވެސް މަޝްރޫއު ފުރިހަމަކޮށް ނިންމާނުލެވޭ ކަމަށެވެ. 

އަޅުގަނޑު މި ދެންނެވި 100 މީޓަރު ރިވެޓްމެންޓް ނުޖަހާ އޮތް ތަންކޮޅުން ގާތްގަނޑަކަށް ހަމަ 2 ހެކްޓަރުގެ ވެލި ގިރާ ގެންގޮސް ނިމިއްޖެ. ދެން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް މި ކުރި ކަމަކީ، އެއްކަލަ ބިން ހިއްކައި ނިންމުމުގެ ނަން ހޯދަން އެއް ކަމަކަށް ބޭނުންވީ. އަނެއް ކަމަކަށް ބޭނުންވީ، އެމްޓީސީސީން ޕްރޮޖެކްޓުގެ މަސައްކަތް ނިންމައި ސަރުކާރަށް ބިލްކޮށް އެ ފައިސާ ނަގަން. އެ ބޭނުންވާ ކުރި ކަމަކީ، ރަށު ބޮޑު، ރަށު ފަޅުތެރެއިން ވެލި ނަގާ އެއްކަލަތަނަށް ވެލިއެޅީ. މިއަދާ ހަމައަށް ވެސް، މިއަދު ވެސް އިހަވަންދޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްދަތިކަމަކީ، ރަށު ފަޅުތެރެއިން ވެލި ނަގައި، ރަށުގެ ވެލިގިރި ސަރަޙައްދަށް ވެލިއެޅުމުގެ ސަބަބުން މިއަދު އަނެއްކާ މުޅި ރަން އެއްކޮށް ގިރަމުން މިދަނީ. 
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު

މީގެ އިތުރުން ޝިފާއު ވިދާޅުވީ، ކުރީ ސަރުކާރުގައި އިހަވަންދޫގައި މަސް ފެކްޓްރީ އާއި މަސް ބަނދަރެއް ގާއިމު ކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ކަމަށެވެ. އަދި މިސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް މިމަޝްރޫއުތަކުގެ ބިންގާ އެޅި ނަމަވެސް މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު ޝިފާއުއެމްޓީސީސީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުހއ. އިހަވަންދޫ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

02 ޖުލައި 2026
ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

27 ޖޫން 2026
ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް