Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީ

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މިފަދަ ބަދަލުތައް ގެންނަވާކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް، ބޯޑުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެންނަވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ކުންފުނިތަކުގެ އިސް މަޤާމުތަކަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ހިންގުމަށް ހުރަސްއެޅޭކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 24 ޖޫން 2026 | ބުދަ 14:39
އެމްޓީސީސީ ގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަނު ކުރެއްވި ސަޢާދާ އިބްރާހިމް

އެމްޓީސީސީ ގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަނު ކުރެއްވި ސަޢާދާ އިބްރާހިމް | ރާއްޖެއެމްވީ ގްރެފިކްސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނު ކުރައްވައިފި އެވެ.

ސަޢާދާ މި މަޤާމަށް އައްޔަނު ކުރެއްވިކަން ހާމަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކޮށް ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

ޕީސީބީން ބުދަ ދުވަހު ބުނީ އެމްޓީސީސީގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ދަޕްތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަފީފް ޙުސައިން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ބަދަލު ގެނެސްފައިވާކަން ޕީސީބީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ، ރިވާސައިޑް، އަހްމަދު ނާސިފް އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދަ ބޮޑެތި ބަދަލުތަކެއް އަވަސް އަވަހަށް ގެންނަވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުންފުނިތަކުގެ އިސް މަޤާމުތަކަށް މިފަދަ ބަދަލުތައް ގެނައި ނަމަވެސް، ކުންފުނިތަކުގެ ހިންގުން ދުވަހެއް ދުވަހަކަށް ދަނީ ދޯދިޔާވަމުންނެވެ.

ކުންފުނިތަކުގެ ބޯޑަށް މި ގެނައި ބަދަލަކީ އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ ފަރާތްތައް ތަކުރާރުކޮށް ބަދަލުކުރަމުންދާތީ، އެއީ ކުންފުނިތަކުގެ ހިންގުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެމްޓީސީސީސަޢާދާ އިބްރާހިމްޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު

އިތުރަށް ކިޔާލަން

23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
20 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
04 ޖޫން 2026

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟
03 ޖޫން 2026

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

03 ޖޫން 2026
ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
01 ޖޫން 2026

18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

01 ޖޫން 2026
 18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
25 މެއި 2026

ބުރިޖުމަތީގައި އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

25 މެއި 2026
ބުރިޖުމަތީގައި އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު