Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

13 ޖުލައި 2026 | ހޯމަ 10:02

ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކުތަކަށް ދޫކުރުމުގެ ބަދަލުގައި، ސަރުކާރުން އެ ފައިސާ ނަގައި ކުންފުނިތަކުގެ މަޝްރޫއުތަކަށް ބޭނުންކުރާ ކަމަށް ކުރީގެ މެންބަރު އިލްޔާސް ލަބީބު ވަނީ ތުހުމަތު ކުރައްވާފައި. އިގްތިސާދީ ދުވެލި މަޑުޖެހި ވިޔަފާރިތަކަށް ދަތިވަމުންދާތީ، މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށް މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 10:02
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ.

އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާކަން ހާމަވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ރާއްޖެއަށް ޑޮލަރު އިންފްލޯ އިތުރުވެފައިވާއިރު، އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާ ކަމަށާއި، މިކަމުގެ ސަބަބުން ބޭންކުތަކުން ވިޔަފާރިތަކަށާއި އާންމު ފަރާތްތަކަށް ޑޮލަރު ނުލިބި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އިލްޔާސް ލަބީބު ވިދާޅުވީ ބްލެކް މާކެޓުގައި ބީއެމްއެލުން ޑޮލަރު ގަންނަން މަޖުބޫރު ވެގެންދިޔައީ ޑޮލަރު ނެތުމުން ކަމަށާއި، މިއީ ސާފު ހެއްކެތް ކަމަށެވެ.

މީގެ އިތުރުން އިލްޔާސް ލަބީބު ވިދާޅުވީ، އެމްއެމްއޭއަށް ލިބޭ ޑޮލަރު ސަރުކާރުން ނަގައި، އެކިއެކި ޕްރޮޖެކްޓުތައް ހިންގާ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫ ކުރާ ކަމަށެވެ. އޭގެން ވެސް އެނެގަނީ ނާޖާއިޒް ފައިދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ ބޭންކުގައި ޑޮލަރެއް ނެތްކަން މިހާރު. އެހެންވީމާ، ލިބޭ ޑޮލަރު ސަރުކާރުން އެމްއެމްއޭއިން މި ނަގަނީ. ނަގާފައި ސަރުކާރުން އެކިއެކި ޕްރޮޖެކްޓުތައް ހިންގާ ނަމުގައި އެސްއޯއީތައް މެދުވެރިކޮށް އެބަ ލާރި އެކި ގޮތްގޮތަށް ބޭރުކުރޭ. އެނގިވަޑައިގަންނަވާނެ، މިދޭތެރެއިން ވެސް އަޅުގަނޑުމެންނަށް އަޑުއިވުނު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބައިވަރު ޕްރޮޖެކްޓުތައް ސަރުކާރުން ދިން ވާހަކަ. ދީފައި އެ ޕްރޮޖެކްޓުތައް، އެ ކުންފުނިތަކުން ބޭނުންވާ ސާމާނުގައި ގަންނަން އިއުލާންކޮށް، އެ މީހުން ބޭރުން އަމިއްލައަށް އެއްޗެހި ގަންނަން އުޅުނީ. އިއުލާންކުރި ކިއެއް ނޫން. އަމިއްލައަށް ސަޕްލައިރުން ހޯދައިގެން އެއްޗެހި ގަންނަން އުޅުނީ ބޮޑު އަގުގައި. ލާރިއެއް ހެދިގޮތެއް ނޭނގި. އެ ތަންތަނަށް ޑޮލަރު ސަރުކާރުން ނަގާފައި މި ދެނީ އެސްއޯއީތަކަށް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު 

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވަރލްޑް ބޭންކުން ނެރިފައިވާ ރިޕޯޓަށް އިޝާރާތް ކުރައްވައި އިލްޔާސް ލަބީބު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 3 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، މިހާރު އެއް ޕަސެންޓަށް ދަށްކޮށްފައިވުމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ހީނަރުވެފައިވާ މިންވަރު ސާފުވާ ކަމަށެވެ.

މިހާލަތުގައި އެއްވެސް ވިޔަފާރިއެއް ކުރިއަކަށް ނާރާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ވިޔަފާރިތައް މަޑުމަޑުން ފެއިލްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ، ޑޮލަރު ލިބުމުގެ މައްސަލަ ހައްލުނުވާ ނަމަ ރާއްޖޭގެ އިގްތިސާދަށް އިތުރު ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.

އެހެންކަމުން އިގްތިސާދީ މާހިރުން ވިދާޅުވެ ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ސަރުކާރުން އެމްއެމްއޭއަށް ލިބޭ ޑޮލަރު ބޭންކުތަކަށް ދޫކުރުމަކީ މިހާރު ވަރަށް މުހިންމު ކަމެއް ކަމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިލްޔާސް ލަބީބުބީއެމްއެލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
01 ޖުލައި 2026

ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް

01 ޖުލައި 2026
ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
26 ޖޫން 2026

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

26 ޖޫން 2026
އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް