Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ސަރުކާރުގެ މަޝްރޫޢުތައް ހަލުވިކޮށް، "ދުވެލި" އަދި "ޕިމްސް" ޕޯޓަލްތައް އަދާހަމަކުރުމާއެކު، ކޮންމެ ވުޒާރާއެއްގައި މަޝްރޫޢުތައް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި. މީގެ އިތުރުން 2027 ވަނަ އަހަރުގެ ޖަނަވަރީގެ ނިޔަލަށް މުޅި ރާއްޖެއަށް އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރުމަށާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރުގައި ކެމިކަލް ގުދަންތައް ބިނާކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 13:07
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް | ރައީސް އޮފީސް

ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މި ފިޔަވަޅުތައް ކަނޑައަޅުއްވާފައިވަނީ، 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވައި، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށާއި، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ޚާއްޞަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

އަދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ނިންމަވާފައިވެ އެވެ.

މީގެ އިތުރުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމަވާފަ އެވެ.

އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.

މަސްދަރު: ރައީސް އޮފީސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާރްޓީއެލް މުއިއްޒު ސަރުކާރުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
29 ޖޫން 2026

ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި

29 ޖޫން 2026
ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
09 ޖޫން 2026

އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

09 ޖޫން 2026
އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
03 ޖޫން 2026

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

03 ޖޫން 2026
ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި
03 ޖޫން 2026

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

03 ޖޫން 2026
މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު