Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އަށް ހަނދާން ނުނެތޭވަރުގެ ފިލާވަޅެއް ދޭނަން: އައިއާރުޖީސީ ހައިކޮމާންޑް

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ ކުރިން ވެފައިވާ އެއްބަސްވުންތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، އެ ގައުމަށް ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އައި.އާރު.ޖީ.ސީން ދީފި. އެމެރިކާގެ ވައުދުތަކަށް އިތުބާރު ނުކުރެވޭނެކަން ހާމަކުރަމުން، އީރާނުގެ މިނިވަންކަން ދިފާއުކުރުމުގައި ލީޑަރު އާޔަތުﷲ ޚާމަނާއީގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމަށްވެސް އެ ފައުޖުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 20 ޖުލައި 2026 | ހޯމަ 16:13
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މޮސްކްގައި، އެ ގައުމުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ މެންބަރުންގެ ޖަނާޒާގެ ނަމާދުގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޔުނީފޯމްގައި ތިބި އީރާނުގެ ދީނީ އިލްމުވެރިން ބައިވެރިވަނީ.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މޮސްކްގައި، އެ ގައުމުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ މެންބަރުންގެ ޖަނާޒާގެ ނަމާދުގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޔުނީފޯމްގައި ތިބި އީރާނުގެ ދީނީ އިލްމުވެރިން ބައިވެރިވަނީ. | ގެޓީ އިމޭޖަސް

އެމެރިކާއަށް ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށާއި، އެއީ އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށް އޮތް އިންޒާރެއް ކަމަށް އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ.

ހޯމަ ދުވަހު އައި.އާރު.ޖީ.ސީގެ ހައި ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމުގައި، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ދެއްވާ އިރުޝާދުތަކާއި އަމުރުފުޅުތަކަށް އެ ފައުޖުން ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރަމުންދާނެ ކަމަށެވެ.

މި ބަޔާނަކީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ފަށާފައިވާ އުދުވާނާ ކުރިމަތިލުމުގައި ގައުމީ އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވައި، އާޔަތުﷲ ޚާމަނާއީ ދާދި ފަހުން ދެއްވި މެސެޖަކާ ގުޅިގެން ނެރުނު ބަޔާނެކެވެ.

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ މަގުން ބޮން އެޅުމާ ގުޅިގެން ޚާމަނާއީ މި މެސެޖު ދެއްވާފައިވާއިރު، އެމެރިކާގެ މި އަމަލަކީ އިސްރާއީލާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް މިދިޔަ މަހު އީރާނާއެކު ވެފައިވާ ވަގުތީ އެއްބަސްވުމާ ޚިލާފަށް ހިންގި އަމަލެކެވެ.

"ކުށްވެރި އެމެރިކާއިން އަނެއްކާވެސް ގޯސް މަގު އިޚްތިޔާރުކޮށް، އުދުވާނީ އަދި ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާފައިވާތީ، އަޅުގަނޑުމެން މިތިބީ ވެފައިވާ އަހުދުގައި ސާބިތުވެއެވެ. އެއީ 'ހަނދާން ނުނެތޭނެ ފިލާވަޅެއް' އެމެރިކާއަށް ދަސްކޮށްދިނުމެވެ. އެއީ އެއްވެސް އަދުއްވަަކު އެފަދަ ނުބައި އަމަލެއް ތަކުރާރުކުރުމަށް ޖެހިލުންވާނެ ފަދަ ފިލާވަޅެކެވެ،" އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އެމެރިކާއިންވާ ވައުދުތަކަށް އައި.އާރު.ޖީ.ސީން ދުވަހަކުވެސް އިތުބާރު ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަޅުގަނޑުމެން ވައުދުވަނީ، ކުޑަކުދިން މަރާ، އަދި އީރާނުގެ ރައްޔިތުންނާ މެދު ބަދަލުހިފުމުގެ ރޫހާއި، މަކަރާއި، ހީލަތާއި، ވައުދާ ޚިލާފުވުމުގެ ތާރީޚެއް އޮތް ދުޝްމަނެއްގެ ވައުދުތަކާ މި ގައުމުގެ މުސްތަގުބަލު ދުވަހަކުވެސް ގުޅުވައިނުލާނެ ކަމަށެވެ."

އީރާނުގެ އަބުރާއި އިއްޒަތް ކަށަވަރުކުރެވޭނީ ހަމައެކަނި ސާބިތުކަމާއި، ހޭލުންތެރިކަމާއި، އަދި ބާރުގެ ބޭނުންކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، ދުޝްމަނުންނަށް އެއްވެސް މިންވަރަކަށް އިތުބާރު ނުކުރެވޭނެކަން ސާބިތުވެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އާޔަތުﷲ ޚާމަނާއީ ދެއްވި މެސެޖުގައި ވިދާޅުވީ، އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފެށުމުން، އެމެރިކާގެ ރައީސަކު ކުރައްވާ ސޮއިގެ އެއްވެސް އަގެއް ނެތްކަން ހާމަވެއްޖެ ކަމަށެވެ.

އަދި އެމެރިކާއިން އަލުން ފެށި އުދުވާނާ ގުޅިގެން، އީރާނާއި އެ ސަރަހައްދުގައިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ގުޅިގެން އެމެރިކާއަށް "ހަނދާން ނުނެތޭނެ ފަދަ ފިލާވަޅެއް" ދަސްކޮށްދޭނެ ކަމަށް ޚާމަނާއީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެމެރިކާ-އީރާން

އިތުރަށް ކިޔާލަން

20 ޖުލައި 2026

އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން

20 ޖުލައި 2026
އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން
17 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ

17 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
12 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!

12 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ފަސް ގައުމަކަށް ހަމަލާދީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން - މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެއް!
10 ޖުލައި 2026

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

10 ޖުލައި 2026
ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

08 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު