Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން

އުރުދުންއާއި އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އީރާނުން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެމެރިކާގެ ވައިގެ ހަމަލާތަކުން އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރެވިފައެއް ނުވޭ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާ އިތުރު ސިފައިންގެ ފުރާނަ ގެއްލި، ކޮޅެއް މެދެއް ނުފެންނަ ދިގުލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 20 ޖުލައި 2026 | ހޯމަ 07:27
Your browser does not support the video tag.
0:00 / 0:00

އީރާނަށް އަމާޒުކޮށް މެދުނުކެނޑި ނުވަ ވަނަ ރޭ ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ހާމަކޮށްފައި | ސެންޓްކޮމް

އެމެރިކާއާއި އީރާނާ ދެމެދު ވައިގެ މަގުންނާއި މިސައިލުން ހަމަލާ ބަދަލުކުރާތާ ވިދިވިދިގެން ނުވަ ވަނަ ރެޔަށް ދާއިރު، ވޮޝިންޓަނުން ދެމުންދާ ވަރުގަދަ ހަމަލާތައް ތަހައްމަލުކުރެވިދާނެކަން ތެހެރާނުން ދަނީ ސާބިތުކޮށްދެމުންނެވެ. އަދި ހަމައެއާއެކު، ހަނގުރާމައިގެ ކުރީކޮޅާ ޚިލާފަށް އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިނުވާ ފަދަ ނުރައްކާތެރި ރައްދު ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ފެންނަމުންނެވެ.

އުރުދުންއާއި އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގައި އެމެރިކާގެ މަދުވެގެން ތިން ސިފައިން މަރުވެ، އެކަކު ގެއްލިފައިވާއިރު، އިތުރު ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ސާމާނަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ޕެންޓަގަންއިން ހާމަނުކުރި ނަމަވެސް، އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ ބްލެކް ހޯކް ހެލިކޮޕްޓަރުތައް ސުންނާފަތިކޮށް، މަތިންދާބޯޓު ބާއްވާ ހޭންގަރުތައް ފަދަ އަސްކަރީ މަރުކަޒުތަކުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ތެހެރާނުން ދަނީ ބުނަމުންނެވެ.

އަދި އީރާނުގެ ފާލަންތަކާއި، ބަނދަރުތަކާއި، އިންޖީނުގެތައް ފަދަ މުހިންމު ތަންތަނަށް އެމެރިކާއިން ހަމަލާދެމުންދާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ކުވެއިތާއި ބަހްރޭން ފަދަ ގަލްފުގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗަރަށް ވެސް އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުގެ ސަބަބުން ދަނީ ގެއްލުންވަމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކޮންމެ ދުވަހަކު ނެރޭ ބަޔާންތަކަކީ ކުރީ ދުވަހުގެ ބަޔާން ކޮޕީކޮށްފައިވާ ބަޔާންތަކެއް ފަދައެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރަށާއި ފަޅުވެރިންނަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ގާބިލުކަން ނައްތާލުމަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ ކުރިމަތިލުންތަކަށް ނިމުމެއް އަތުވެދާނެ ފަދަ މިންވަރަކަށް އީރާނުގެ އަސްކަރީ ގާބިލުކަން އެމެރިކާއަށް ކުޑަކުރެވިފައިވާ ކަމުގެ އެއްވެސް ނިޝާނެއް އީރާނުގެ ފަރާތަކުން ނުފެނެ އެވެ.

މިދިޔަ މޭ މަހު ތަޖުރިބާކާރުން ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި، ބިމުގެ އަޑީގައި ހުރި ގުދަންތަކުގައި އީރާނުގެ 1,000 މިސައިލާއި، އެތައް ހާސް ޑްރޯންއެއް އަދިވެސް އެބަހުއްޓެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ، ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް ޓްރަމްޕް ސަރުކާރުން ގެންގުޅޭ މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް ހަމައެކަނި ވައިގެ ހަމަލާތަކުން ފުދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މިދިޔަ ހަފުތާގައި އާންމުކުރި "ދަ ޖޯ ރޯގަން އެކްސްޕީރިއަންސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ވޭންސް ވިދާޅުވީ، "އަހަރެމެންނަށް ބޮން އެޅިދާނެ، ރޭޑާ ސިސްޓަމްތައް ނައްތާލެވިދާނެ، އަދި ބައެއް ޑްރޯންތަކާއި މިސައިލްތައް ވެސް ހަލާކުކޮށްލެވިދާނެ. ނަމަވެސް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަކީ އެމީހުންނަށް މާ ފަސޭހަ ކަމެއް" ކަމަށެވެ.

އަދި މިހާރު އީރާނުން މިވަނީ، މުޅި ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް ވެސް އެފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާކަން ސާބިތުކޮށްދީފައެވެ. މީގެ ނަތީޖާއަކީ އެމެރިކާ އިތުރު ސިފައިންގެ ފުރާނަ ގެއްލިގެން ދިއުމާއި ކޮޅެއް މެދެއް ނުފެންނަ ދިގުލީ ހަނގުރާމައެއްގައި އެމެރިކާ ބަނދެވުމެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިޖޭޑީ ވޭންސްޕެންޓަގަން

އިތުރަށް ކިޔާލަން

20 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި

20 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
20 ޖުލައި 2026

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ޖުލައި 2026
އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި

19 ޖުލައި 2026
އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި
19 ޖުލައި 2026

އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު

19 ޖުލައި 2026
އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
18 ޖުލައި 2026

ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

18 ޖުލައި 2026
ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
17 ޖުލައި 2026

300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް

17 ޖުލައި 2026
300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު