Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި

އެންމެ ފަހުން އާޖެންޓީނާ އާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިިޔަލަށް. ނަމަވެސް، އިތުރު މުއްދަތަކަށް އާޖެންޓީނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން އައީ ސްކަލޯނީއާ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 06:30
ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ދަނޑުގައި އިށީނދެލައިގެން

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ދަނޑުގައި އިށީނދެލައިގެން | ރޮއިޓާސް

އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ލިއޮނަލް ސްކަލޯނީ ދީފި އެވެ.

ސްކަލޯނީ އެފަދަ އިޝާރާތެއް ދީފައި ވަނީ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އުމުރުން 48 އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އެންމެ ފަހުން އާޖެންޓީނާ އާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިިޔަލަށެވެ. ނަމަވެސް، އިތުރު މުއްދަތަކަށް އާޖެންޓީނާގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން އައީ ސްކަލޯނީއާ އާއެކު ކުރަމުންނެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ޑިސެމްބަރު މަހުގެ ނިޔަލަށް އާޖެންޓީނާގެ ކޯޗުގެ ގޮތުގައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން "ފަހަރުގައި" އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ސްކަލޯނީ ވަނީ ބުނެފައި އެވެ. އެއާ އެކު ސްކަލޯނީ ބުނީ، މުސްތަޤުބަލާ މެދު ގޮތެއް ނިންމުމަށް އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ. 

އާޖެންޓީނާ އާއެކު އޮތް އެއްބަސްވުން ފުރިހަމަ ކުރާނެ ކަމަށާއި، މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުގައި ކަމަށް ވެސް ސްކަލޯނީ ބުނެ އެވެ. އެކަން ފާހަގަކޮށް ސްކަލޯނީ ބުނީ، އާޖެންޓީނާގައި އޮތް ޓީމަކީ ވަރަށް ވަރުގަދަ އަދި އެކުވެރި ޓީމެއް ކަމަށާއި، އެ ޓީމަކީ ނަމޫނާ ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިހާރު އޭނާ އަށް ކުރެވެނީ ހިތްދަތި އިޙުސާސެއް ކަމަށް ވެސް ސްކަލޯނީ ބުނެފައިވެ އެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސްކަލޯނީ ހަވާލުވީ، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން އެ ޓީމު ކެޓުމާ އެކު، އެ މަގާމުގައި ހުރި ޖޯޖް ސަމްޕޯލީ މަގާމުން ދުރު ކުރުމަށް ފަހު އެވެ. ސްކަލޯނީގެ އިރުޝާދުގެ ދަށުން މިދިޔަ އަށް އަހަރުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން އެންމެ ފުރަތަމަ ކުޅުނު މުބާރާތަކީ، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އެވެ. އެ ފަހަރު އާޖެންޓީނާ ނިންމާލަން ޖެހުނީ ތިން ވަނައިގަ އެވެ.

ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އިން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާގައި އާޖެންޓީނާ އިން ވަނީ ޔޫރަޕުގެ އޭރުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، ފައިނަލިސިމާ ކާމިޔާބު ކޮށްފައި އެވެ. އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިސް، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި އެވެ. އެއީ 36 އަހަރަށް ފަހު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން އާޖެންޓީނާ އިން ވަނީ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައި އެވެ. ވޯލްޑް ކަޕްގެ ތާރީޚީ ކާމިޔާބާ އެކު ސްކަލޯނީ ވަނީ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފަ އެވެ. ދެކުނު އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމާއި، ގްލޯބް ސޮކާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ސްކަލޯނީ ހޯދި އެވެ. 

މިފަހަރުގެ ވޯލްޑް ކަޕާ އާޖެންޓީނާ އިން ކުރިމަތިލީ ތަށި ދިފާއު ކުރުމަށެވެ. ނަމަވެސް، ފައިނަލްގައި ސްޕެއިން އަތުން ބަލިވެ އާޖެންޓީނާ އަށް ތަށި ދިފާއު ކުރެވޭ ގޮތެއް ނުވި އެވެ.

އާޖެންޓީނާލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
20 ޖުލައި 2026

ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް

20 ޖުލައި 2026
ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް
19 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

19 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!
19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު