Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

މިއީ ސްޕެއިން އިން 16 އަހަރަށް ފަހު ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރު. މީގެ ކުރިން ސްޕެއިން އިން ވަނީ 2010 ވަނަ އަހަރު ވެސް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2026 | އާދީއްތަ 22:43
މެޗުގައި ލަނޑު ޖެހުމަށް ފަހު ފެރާން ޓޮރޭސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ފެރާން ޓޮރޭސް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ބަލިކޮށް، ސްޕެއިން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. 

މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނުއިރު، ސްޕެއިން އިން ވަނީ ލަނޑު ޖަހަން ފުރުސަތު ހޯދައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ސްޕެއިން އިން ވަނީ ލަނޑު ޖަހަން ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް އާޖެންޓީނާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެވެ.

މެޗުގެ ފަހު ވަގުތު އާޖެންޓީނާ އަަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ރީނދޫ ކާޑާ އެކު އެންޒޯ ފެނާންޑޭޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ބާކީ ބައި އާޖެންޓީނާ އިން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނެތުމުން، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައި އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ނިކޯ ވިލިއަމްސް ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން ފައުލް ކޮށްފައި ވާތީ ލަނޑު ބަލައިގެންފައެއް ނުވެ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސްޕެއިން އަށް ޖަހައިދިނީ ފެރާން ޓޮރޭސް އެވެ. 

މިއީ ސްޕެއިން އިން 16 އަހަރަށް ފަހު ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސްޕެއިން އިން ވަނީ 2010 ވަނަ އަހަރު ވެސް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާސްޕެއިން

އިތުރަށް ކިޔާލަން

19 ޖުލައި 2026

ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް

19 ޖުލައި 2026
ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް
19 ޖުލައި 2026

ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް

19 ޖުލައި 2026
ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް
19 ޖުލައި 2026

ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!

19 ޖުލައި 2026
ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!
19 ޖުލައި 2026

ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!

19 ޖުލައި 2026
ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!
19 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!

19 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!
19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް
19 ޖުލައި 2026

މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް

19 ޖުލައި 2026
މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!
19 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް: ސްޕެއިން އާއި އާޖެންޓީނާ ތާރީހީ ކުރިމަތިލުމަކަށް - މެޗު ބަލަން ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

19 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް: ސްޕެއިން އާއި އާޖެންޓީނާ ތާރީހީ ކުރިމަތިލުމަކަށް - މެޗު ބަލަން ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު