Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަންގްލަދޭޝް

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

ކްރިކެޓަށް ލޯބިކުރާ މި ގައުމުގައި ފުޓްބޯޅަ އާންމުވެގެންދިޔައީ 1980 ގެ މެދުތެރޭގައި ގޭގެއަށް ޓީވީ ތައާރަފްވި ދުވަސްވަރު. ގިނަ ބަޔަކަށް 1986 ގެ ވޯލްޑް ކަޕަކީ ކުލަކޮށް ފެނުނު ފުރަތަމަ މުބާރާތް. އެ މުބާރާތުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ލަނޑުތަކަކީ ހަމައެކަނި ފުޓްބޯޅަ ލަނޑުތަކެއް ނޫން. އެއީ ކުރީގެ އިސްތިއުމާރީ ބާރެއްގެ މައްޗަށް ލިބުނު ރަމްޒީ ކާމިޔާބީއެއްގެ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތުން ބަލައިގަތް. އެ ގައުމުގެ މި އާދަޔާ ޚިލާފު ތަރުހީބު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވެސް މިހާރު ވަނީ ބަލައިގަނެފައި

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 15:48
Your browser does not support the video tag.
0:00 / 0:00

ބަންގްލަދޭޝްގެ ރައްޔިތުން ދަންވަރުގެ ވަގުތުގައި ވޯލްޑް ކަޕްގެ ސެމީ ފައިނަލް ގައި އާޖެންޓިނާ ކުޅުނު މެޗް ބަލަނީ | ސޯޝަލް މީޑިއާ

170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްއަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވެވުނު ނަމަވެސް، އެއީ އާދަޔާ ޚިލާފަށް ފުޓްބޯޅަ އަށް ފޯރި ހުންނަ ބައެކެވެ. ވަކިން ޚާއްސަ ކޮށް އެކަން ވޯލްޑްކަޕްގެ ދުވަސް ވަރު އެގައުމުން ފެނެ އެވެ. އެ ގައުމަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ބްރެޒިލް އަދި އާޖެންޓީނާއަށް ނިސްބަތްވާ އެންމެ ފޯރިގަދަ ސަޕޯޓަރުން އުޅޭ އެއް ގައުމެވެ.

މިދިޔަ މެއި މަހުން ފެށިގެން އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ވާދަވެރި ދެ ގައުމުގެ ބޮޑެތި ދިދަތައް ހަރުކޮށް، އެއް ބަޔަކު އަނެއް ބަޔަކަށްވުރެ ކުރިހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ގައުމީ ވަންތަކަމަށް މަރުދޭ ކަމަށް ބުނާ ބަންގްލަދޭޝްގެ ރައްޔިތުން ބޭރު ގައުމެއްގެ ކުލަތަކަށް މިހާ ބޮޑު ތަރުހީބެއް ދޭ މަދު ހާލަތުތަކުގެ ތެރެއިން ހާލަތެކެވެ.

Your browser does not support the video tag.

ބަންގްލަދޭޝްގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް ވޯލްޑް ކަޕް ފޯރީގައި ނަށަނީ

ލިއޮނަލް މެސީގެ ބިޔަ ކަޓްއައުޓްތައް މަގުތަކުގައި ބަހައްޓާފައިވާއިރު، ވެރިރަށް ޑާކާގެ މުއްސަނދި އަވަށެއް ކަމަށްވާ ގުލްޝާންގެ ކުޅިވަރު މާރުކޭޓުތަކަށް ސަޕޯޓަރުން އެއްވަނީ ގާތްގަނޑަކަށް 500 ޓާކާ (3 ޕައުންޑް) އަށް ލިބޭ އާޖެންޓީނާ އަދި ބްރެޒިލްގެ ޖާޒީތައް ގަތުމަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް މެޗު ބޮޑު ސްކްރީނުން ބެލުމަށްޓަކައި، މިދިޔަ ބުދަ ދުވަހު ވެރިރަށް ޑާކާގެ މުނިޝީގަންޖްގައި ހުންނަ ސުޕަރ މާކެޓް ޗޮއްތޯރު ސަރަހައްދަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވި އެވެ. އެޓްލާންޓާގައި ކުޅުނު މެޗުން އާޖެންޓީނާ 2-1 އިން އިންގްލެންޑް ބަލިކޮށް، ޖުލައި 19 ގައި އޮންނަ ފައިނަލަށް ދަތުރުކުރުމާއެކު، އާޖެންޓީނާގެ ޖާޒީ ލައިގެން ތިބި ސަޕޯޓަރުން އުފާފާޅުކޮށް އަތްޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ މީހުން ހައިރާން ކޮށްލުވާފަ އެވެ.

Your browser does not support the video tag.

ބަންގްލަދޭޝްގައި އާޖެންޓިނާ އަށާއި މެސީ އަށް މަރުދޭ ސަޕޯޓަރުން

ބަންގްލަދޭޝްގެ ރައްޔިތުން ފުޓްބޯޅައަށް ބަހައްޓާ ލޯބި ފީފާ އާއި އާޖެންޓީނާގެ ކުޅުންތެރިން 2022 ވަނަ ހިސާބުން  ބަލައިގަނެފައިވެ އެވެ. އަމިއްލަ ގައުމާ 17،000 ކިލޯމީޓަރު ދުރުގައި އޮތް ގައުމަކުން ލިބޭ މި ބޮޑު ތަރުހީބުން އާޖެންޓީނާގެ ކުޅުންތެރިން ތިބީ ހައިރާންވެފަ އެވެ. އަދި އާޖެންޓީނާއަށް އޮތް މި ލޯބީގެ މައި ތަނބަކީ ޑިއޭގޯ މަރަޑޯނާ އެވެ.

ލެޓިން އެމެރިކާގެ މި ގައުމަށް ބަންގްލަދޭޝްގެ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބަކީ ޖިއޮގްރަފީ ގޮތުން ނުވަތަ ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް އޮވެގެން އުފެދުނު ލޯތްބެއް ނޫނެވެ. މިއީ ޖީލުތަކުން ފެށިގެން އަންނަ ލޯތްބެކެވެ. 

އިންޑިއާ ބައިބައިވުމުގެ ކުރިން، 19 ވަނަ ގަރުނުގައި އޭރުގެ ވެރިރަށް ކަލްކަތާއަށް ފުޓްބޯޅަ ތައާރަފްކުރީ އިނގިރޭސި އިސްތިއުމާރީ ބާރުތަކުންނެވެ. 60 އާއި 70 ގެ އަހަރުތަކުގައި، އޭރުގެ އިރުމަތީ ޕާކިސްތާން (މިހާރުގެ ބަންގްލަދޭޝް) ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތްއިރު، އެ ގައުމުގެ ޒުވާނުން ތިބީ އުންމީދަކަށާއި ބަތަލަކަށް ފެންބޮވައިގެންފަ އެވެ.

އެ ދުވަސްވަރު ޒުވާނުންނަށް އެ އުންމީދު ލިބުނީ އޭރުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ބްރެޒިލްގެ ފަރާތުންނެވެ. ޕެލޭ ވެގެންދިޔައީ ބަންގްލަދޭޝްގެ އެތައް ޖީލެއްގެ ފުޓްބޯޅަ ކުޅުންތެރިންނަށް ނަމޫނާ ދެއްކި، އެންމެ މަގުބޫލު ޝަޚުސިއްޔަތަށެވެ.

Your browser does not support the video tag.

ބްރެޒިލު މޮޅުވި މެޗަކަށް ފަހު ސަޕޯޓަރުން ފޯރިި ނަގަނީ

ކްރިކެޓަށް ލޯބިކުރާ މި ގައުމުގައި ފުޓްބޯޅަ އާންމުވެގެންދިޔައީ 1980 ގެ މެދުތެރޭގައި ގޭގެއަށް ޓީވީ ތައާރަފްވި ދުވަސްވަރު އެވެ. ގިނަ ބަޔަކަށް 1986 ގެ ވޯލްޑް ކަޕަކީ ކުލަކޮށް ފެނުނު ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ލަނޑުތަކަކީ ހަމައެކަނި ފުޓްބޯޅަ ލަނޑުތަކެއް ނޫނެވެ. އެއީ ކުރީގެ އިސްތިއުމާރީ ބާރެއްގެ މައްޗަށް ލިބުނު ރަމްޒީ ކާމިޔާބީއެއްގެ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތުން ބަލައިގަތެވެ.

އެ ދުވަސްވަރު އުމުރުން އެންމެ 12 އަހަރުގެ މަޝިއުރް ހަނދާން ހުންނަ ގޮތުގައި، އަމިއްލަ ގައުމަށް ފުޓްބޯޅައިގައި ކާމިޔާބީއެއް ނުލިބޭތީ، ބަންގްލަދޭޝްގެ ގިނަ އާއިލާތަކެކޭ އެއްފަދައިން އޭނާގެ އާއިލާ ވެސް ތިބީ އާ ބަތަލަކު ބަލައިގަންނަން ތައްޔާރަށެވެ. އެއީ އެކަމަށް އެންމެ މުނާސަބު ވަގުތެވެ.

"އަހަރެމެންގެ ގޭގައި ޓީވީއަކީ އެންމެންގެ ސަމާލުކަން ހުއްޓޭ އެއްޗެއް. އާޖެންޓީނާގެ ފުޓްބޯޅައަށް އަހަރެމެން ތިބީ އާޝޯޚުވެފައި،" އޭނާ ބުންޏެވެ.

"އަހަރެންގެ ބޮޑުބޭބެމެންނަކީ ހުސް އާޖެންޓީނާ ސަޕޯޓަރުން. އަހަރެމެން ތިންބެއިން ތިބޭއިރު، އެންމެ ހަގު ކޮއްކޮ ފިޔަވައި ދެން ތިބި އެންމެންނަކީ ވެސް އާޖެންޓީނާ ސަޕޯޓަރުން."

"ފުޓްބޯޅައަކީ ކޮބައިކަން އެނގުނު ދުވަހުން ފެށިގެން އަހަރެން ސަޕޯޓްކުރަނީ އާޖެންޓީނާ އަށް."

Your browser does not support the video tag.

އާޖެންޓިނާގެ ސަޕޯޓަރުން މަގުތަކުގައި އުފާފާޅު ކުރަނީ

ނަމަވެސް، ފުޓްބޯޅައަށް އޮތް މި ފޯރީގެ ސަބަބުން ބައެއް ފަހަރު ހަމަނުޖެހުންތައް ވެސް ހިނގަ އެވެ.

ލިއޮނަލް މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވުމާ ގުޅިގެން ހިނގި ދެބަސްވުމެއްގައި މީހަކު މަރާލާފައިވާއިރު، ވޯލްޑް ކަޕާ ގުޅުންހުރި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 12 މީހުން ވަނީ މަރުވެފަ އެވެ.

ލޯކަލް ރިޕޯޓްތައް ބުނާ ގޮތުގައި، ސައި ހޮޓަލެއްގައި ތިބެގެން މެޗު ބަލަން އިން ރިކްޝާ ދުއްވާ މީހަކަށް "އާޖެންޓީނާ ސަޕޯޓަރުން" ހަމަލާދިނީ، އާޖެންޓީނާގެ ތަރި މެސީ އަތުން ޕެނަލްޓީ ނާކާމިޔާބުވުމުން އެކަމަށް މަލާމާތް ކުރުމުންނެވެ.

މީގެ އިތުރުން، ޖުލައި 8 ވަނަ ދުވަހު ޗައްޓޮގްރާމްގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗު ބަލަން އަވަސްއަރުވާލައިގެން ދަނިކޮށް ހިނގި ސައިކަލް އެކްސިޑެންޓެއްގައި ފަޔާޒް ތަޖްރިއާން ވަނީ މަރުވެފަ އެވެ.

ނަރައިލްގައި ފުޓްބޯޅައާ ގުޅިގެން ހިނގި ދެބަސްވުމެއްގައި މުސްތަފާ ކާޒީ ނަމަކަށް ކިޔާ މީހަކު ވަނީ ހަމަލާދީ މަރާލާފަ އެވެ.

އެހެން ހާދިސާތަކަށް ބަލާއިރު، ޗައްޓޮގްރާމްގައި އުފާފާޅުކުރުމުގެ ތެރޭގައި ގޯލްޕޯސްޓެއް ވެއްޓި މަހީދުލް އިސްލާމް މަރުވެފައިވެ އެވެ.

މި މަހުގެ ކުރީކޮޅު ހަބީގަންޖްގައި ބްރެޒިލް އާއި އާޖެންޓީނާ ސަޕޯޓަރުންގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ޝަރިއަތުޕޫރު ސަރަހައްދުގެ ބައެއް ޒުވާނުން ވަނީ، 2002 ވަނަ އަހަރަށްފަހު ބްރެޒިލުން ތަށި ހޯދަން ކުރާ އިންތިޒާރު ނިމުމަކަށް ނާންނަނީސް ކައިވެނި ނުކުރާނެ ކަމަށް ވައުދުވެފަ އެވެ.

ބަންގްލަދޭޝްގެ ޒުވާން ސަޕޯޓަރުންނަށް ބަލާއިރު، މަރަޑޯނާ ދޫކޮށްދިޔަ ހުސްތަން ފޫބައްދައިދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. އަދި ބްރެޒިލްގެ ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިއަކީ ނޭމާ އެވެ.

ބްރެޒިލް އާއި އާޖެންޓީނާއަކީ އެންމެ ބޮޑު ތަރުހީބެއް އޮތް ދެ ގައުމު ކަމުގައި ވިޔަސް، އެހެން ގައުމުތަކަށް ވެސް ބައެއް ފަހަރު ސަމާލުކަން ލިބެއެވެ. އުމުރުން 72 އަހަރުގެ އަމްޖަދު ހުސައިން ވަނީ އޭނާގެ ބިމުން ބައެއް ވިއްކާލައިގެން ލިބުނު ފައިސާއިން 7.5 ކިލޯމީޓަރު ދިގު ޖަރުމަނު ދިދައެއް ތައްޔާރުކޮށްގެން ސަމާލުކަން ހޯދާފައެވެ. "ޕްރޮތޮމް އާލޯ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ހުވަފެނަކީ އެ ބިޔަ ދިދަ ޖަރުމަނުގެ މިއުޒިއަމަކުން ޖާގަ ހޯދުމެވެ.

މުޅިން އަލަށް ކުއާޓާ ފައިނަލަށް ދަތުރުކޮށް ތާރީޚު ހެދި ނޯވޭއިން ވެސް ވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ފޯރީގެ ބޭނުން ހިފުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ގައުމުގެ ޓީމަށް ސަޕޯޓްކުރުމަށް ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ކިބައިން ވަނީ އެދިފަ އެވެ.

ނޯވޭ އެމްބަސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބަންގްލަދޭޝް މިނިވަންވުމަށްފަހު އެ ގައުމު އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ނޯވޭ ހިމެނޭ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. "ވީމާ، ބަންގްލަދޭޝްގެ ރައްޔިތުން ބުނަނީ ކީކޭ؟ ކުޑަ ޓީމަކަށް ސަޕޯޓްކުރަންވީ ވަގުތު މިއީ! އެންމެން އެކުގައި ބޮޑު ހުވަފެނެއް ދެކެންވީ ވަގުތު މިއީ،" އެމްބަސީގެ ޕޯސްޓުގައިވެ އެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުން ބުނާ ގޮތުގައި މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އިންތިޒާރު ކުރުމެވެ. ބަންގްލަދޭޝްގައި ތިބި އާޖެންޓީނާގެ ކޮންމެ ސަޕޯޓަރަކަށް ވެސް ޔަގީންވަނީ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓިނާ އަށް ކާމިޔާބު ލިބޭނެ ކަމެވެ.

ބަންގްލަދޭޝް2026 ވާރލްޑް ކަޕްއާޖެންޓީނާބްރެޒިލްލިއޮނެލް މެސީޑިއެގޯ މަރަޑޯނާ

އިތުރަށް ކިޔާލަން

17 ޖުލައި 2026

ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު

17 ޖުލައި 2026
ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު
17 ޖުލައި 2026

އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ

17 ޖުލައި 2026
އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ
17 ޖުލައި 2026

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި

17 ޖުލައި 2026
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި
17 ޖުލައި 2026

މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!

17 ޖުލައި 2026
މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
17 ޖުލައި 2026

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!

17 ޖުލައި 2026
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!
16 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟

16 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟
16 ޖުލައި 2026

ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟

16 ޖުލައި 2026
ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟
16 ޖުލައި 2026

މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި

16 ޖުލައި 2026
މިޔަންމާއިންގެ އައްސޭރިފަށުން ބޯޓުތަކެއް ބަންޑުން ޖަހާލައި، 500ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެން ފަށައިފި
16 ޖުލައި 2026

ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ

16 ޖުލައި 2026
ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު