Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އިންޑިއާ ގުޅުން

ފިޓްނަސް ވަސީލަތްތައް ހޯދަން އިންޑިއާއާއެކު ފަހުމުނާމާގައި ސޮއިކުރީ ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން: އިރުތިޝާމް

20 ޖުލައި 2026 | ހޯމަ 07:17

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި. މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބި، އިޖުތިމާއީ ގުޅުންތައް ބަދަހިވުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ހާމަކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2026 | ހޯމަ 07:17
ރާއްޖޭގެ 42 ރަށެއްގައި ގާއިމުކޮށްފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފި

ރާއްޖޭގެ 42 ރަށެއްގައި ގާއިމުކޮށްފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފި | ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން، ރާއްޖޭގެ 42 ރަށެއްގައި ގާއިމުކޮށްފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގަ އެވެ.

Advertisement - newsAdvertisement

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެވެ.

މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ އާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅި، ފެންވަރު ރަނގަޅު ކަސްރަތު ކުރާނެ ވަސީލަތްތައް ފަސޭހައިން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުން" މި ސިޔާސަތުގެ ދަށުން، ގައުމީ މަސްލަހަތާއި ތަރައްގީގެ އިސްކަންދޭ ކަންކަމަށް ބިނާކޮށް ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ދެއްކެވި ވާހަކަފުޅުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރެއްގެ މީހުންނަށް، ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އެހީތެރިވެދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި  އެވެ.

މި ރަސްމިއްޔާތުގައި ދެ މިނިސްޓަރުން ވެސް ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފަ އެވެ.

ރާއްޖެ-އިންޑިއާއިރުތިޝާމް އާދަމްއަބްދުﷲ ރާފިއު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2026

ސްޕޯޓްސް މިނިސްޓަރު ރާފިއު ތުރުކީގައި، އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރައްވައިފި

01 އޮކްޓޯބަރު 2026
ސްޕޯޓްސް މިނިސްޓަރު ރާފިއު ތުރުކީގައި، އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރައްވައިފި
24 ސެޕްޓެމްބަރު 2026

ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހަށް ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

24 ސެޕްޓެމްބަރު 2026
ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހަށް ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތް ހަދައިފި
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
18 ސެޕްޓެމްބަރު 2026

ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ

18 ސެޕްޓެމްބަރު 2026
ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ
17 ސެޕްޓެމްބަރު 2026

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

17 ސެޕްޓެމްބަރު 2026
މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
03 ސެޕްޓެމްބަރު 2026

ބޮޑުވަޒީރު މޯދީގެ ވައުދާ އެއްގޮތަށް ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި

03 ސެޕްޓެމްބަރު 2026
ބޮޑުވަޒީރު މޯދީގެ ވައުދާ އެއްގޮތަށް ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި
03 ސެޕްޓެމްބަރު 2026

ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް

03 ސެޕްޓެމްބަރު 2026
ތައިލޭންޑަށްދާ ދިވެހިންނަށް ވިސާއާނުލައި ތިބެވޭނީ 30 ދުވަހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް