Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި

ރަޝިޔާއިން ޔޫކްރެއިންގެ ކީވްއަށް އަމާޒުކޮށް ހައިޕަރސޮނިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. މިއީ ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ގުދަންތަކަށް ޔޫކްރެއިންއިން ދިން ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް ބެލެވޭއިރު، ޔޫކްރެއިންއިން ދަނީ ރަޝިޔާގެ އިގްތިސާދީ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ވެސް ވަރުގަދަކުރަމުން

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 09:44
Your browser does not support the video tag.
0:00 / 0:00

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އަމާޒުކޮށް، ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މިއީ މިހާތަނަށް އެ ގައުމުން ދިން މިފަދަ އެންމެ ބޮޑު އެއް ހަމަލާ. މި ހަމަލާތަކުގައި ރަޝިޔާއިން އެކި ވައްތަރުގެ 40 އަށްވުރެ ގިނަ މިސައިލާއި، ހަމަލާދިނުމަށް ބޭނުންކުރާ 120 ޑްރޯން ބޭނުންކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ މިސައިލްތައް އަމާޒުކޮށްފައިވަނީ ވެރިރަށް ކީވްއަށް | ޑިފެންސް އޮފް ޔޫކްރެއިން

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި އެކަކު މަރުވެ، މަދުވެގެން 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ރޭގަނޑުގެ ވަގުތުގައި ކީވްގެ އެކި ސަރަހައްދުތަކަށް މި ހަމަލާތައް އަމާޒުވެފައިވާއިރު، ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ މިއީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފުރިހަމަ އުދުވާނެއް ފެށި ފަހުން، ކީވްއަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ރަޝިޔާއިން ފޮނުވާލި 41 މިސައިލްގެ ތެރެއިން 18 މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ވައްޓާލާފަ އެވެ. މީގެ އިތުރުން، ރަޝިޔާއިން ފޮނުވާލި 108 ޑްރޯން ވެސް ވަނީ ހުއްޓުވާފަ އެވެ.

މި ހަމަލާތަކާ ދެކޮޅަށް ޔޫކްރެއިންއިން ވެސް ދަނީ ރަޝިޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. ރަޝިޔާގެ ހުޅަނގު ދެކުނު ސްޓަވްރޮޕޯލް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި، ޔޫކްރެއިންއިން ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން އެ ސަރަހައްދުގެ އިންޑަސްޓްރިއަލް ޕާކެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.

ޔޫކްރެއިންގެ ވައިގެ ސިފަައިން ބުނި ގޮތުގައި، ކީވްއަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ރަޝިޔާއިން ވަނީ އިސްކަންދަރު (Iskander) އަދި އަޑަށްވުރެ ހަލުވި ހައިޕަރސޮނިކް ޒިރްކޮން (Zircon) މިސައިލް ހިމެނޭހެން ތަފާތު ހަތިޔާރުތަކާއި، 125 ޑްރޯން ބޭނުންކޮށްފަ އެވެ.

އާދީއްތަ ދުވަހު ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ، މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި އެ ނޫން އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސުޕަމާކެޓަކާއި ދަރިވަރުން ދިރިއުޅޭ ޑޯމިޓަރީއެއް ހިމެނެ އެވެ.

މީގެ އިތުރުން، ހަމަލާތަކުގެ ސަބަބުން ދެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެލެގްރާމް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް 1,450 އެއްހާ ޑްރޯންއާއި، 1,640 އަށްވުރެ ގިނަ ގައިޑެޑް ބޮމުގެ އިތުރުން، ތަފާތު ބާވަތްތަކުގެ 99 މިސައިލް ބޭނުންކޮށްފައިވާ ކަމަށެވެ.

ރަޝިޔާއިން ކީވްއަށް މި ހަމަލާތައް ދީފައިވަނީ، ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ ކަމަށްވާ "ވައިލްޑްބެރީސް" ގެ ދެ ގުދަނަކަށް ޔޫކްރެއިންއިން ޑްރޯން ހަމަލާދީ، އަށް މީހުން މަރާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

Your browser does not support the video tag.

މޮސްކޯ ސަރަހައްދުގައި ހުންނަ ވައިލްޑްބެރީސް ގުދަނަކަށް ކީވް އިން ދިން ހަމަލާ

މޮސްކޯގެ އިރުދެކުނުން 295 މޭލު (475 ކިލޯމީޓަރު) ދުރުގައި އޮންނަ ޓަމްބޯވް ސިޓީގައި ހުރި ގުދަނަށް ދިން ހަމަލާގައި ހަތް މީހުން މަރުވެ 25 މީހުންނަށް އަނިޔާވި އެވެ. އަދި މޮސްކޯ ކައިރީގައި އޮންނަ އިލެކްޓްރޯސްޓަލްގައި ހުރި ވައިލްޑްބެރީސްގެ އަނެއް ގުދަނަށް ދިން ހަމަލާގައި އެކަކު މަރުވެ 37 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ މި އޮޕަރޭޝަންތަކަކީ ރަޝިޔާއިން އެ ގައުމުގެ އާންމު އުމްރާނީ ވަސީލަތްތަކަށާއި، ސިޓީތަކަށާއި އަވަށްތަކަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.

"ވައިލްޑްބެރީސް" އަކީ ރަޝިޔާގެ އެމެޒޯންގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުންޏެކެވެ. ވައިލްޑްބެރީސް އާއި އިޝްތިހާރު ކުރާ ކުންފުންޏެއް ކަމަށްވާ "ރަސް" ގުޅިގެން އުފައްދާފައިވާ އާރް.ޑަބްލިއު.ބީ ގްރޫޕުގެ އަގު 2026 ވަނަ އަހަރާ ހަމައަށް 12.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޯބްސް ރަޝިޔާއިން ލަފާކޮށްފައިވެ އެވެ.

ޔޫކްރެއިންއިން ފަހަކަށް އައިސް ވަނީ ރަޝިޔާގެ ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކަށް ދޭ ޑްރޯން ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މީގެ ސަބަބުން ރަޝިޔާގެ އެކި ހިސާބުތަކުން ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. މި މަހުގެ ކުރީކޮޅު ކީވްއިން ބުނި ގޮތުގައި، ޔޫކްރެއިންގެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ތެޔޮ ސާފުކުރާ މަރުކަޒުތަކުގެ ގާތްގަނޑަކަށް 43 އިންސައްތަ އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ޔޫކްރެއިންއިން ބުނާ ގޮތުގައި، ރަޝިޔާގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަކީ ހަމަލާދިނުން ހުއްދަ އަމާޒުތަކެކެވެ. ސަބަބަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި ހަނގުރާމައަށް ބޭނުންވާ ފައިސާ ހޯދުމަށް މޮސްކޯއިން ބޮޑަށް ބަރޯސާވަނީ ތެލާއި ގޭސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީއަށް ކަމަށްވާތީ އެވެ.

ރަޝިޔާ-ޔޫކްރެއިންކީވްވުލަޑިމިއަރ ޒެލެންސްކީމޮސްކޯ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026
ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި
12 ޖުލައި 2026

ޒެލެންސްކީގެ ކެބިނެޓަށް ބަދަލު ގެންނަވަނީ، ބޮޑުވަޒީރު ވަކިކުރައްވަނީ

12 ޖުލައި 2026
ޒެލެންސްކީގެ ކެބިނެޓަށް ބަދަލު ގެންނަވަނީ، ބޮޑުވަޒީރު ވަކިކުރައްވަނީ
12 ޖުލައި 2026

ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު

12 ޖުލައި 2026
ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
04 ޖުލައި 2026

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި

04 ޖުލައި 2026
ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު