Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

ރަޝިޔާގެ އަސްކަރީ ކޮމާންޑް ޕޯސްޓަކަށް ޒިޔާރަތްކުރައްވައި ރައީސް ވްލަޑީމިއަރ ޕޫޓިން ވަނީ ހަނގުރާމައިގައި ރަޝިޔާއަށް ނަސްރު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައި. ޔޫކްރެއިނުން ދޭ ހަމަލާތަކާ ގުޅިގެން ބޯޑަރު ސަރަހައްދުގައި އުފައްދާ ސަލާމަތީ ޒޯން އިތުރަށް ފުޅާކުރާނެ ކަމުގެ އިންޒާރު ދެއްވަމުން، ހަނގުރާމައިގައި ނޭޓޯގެ ގައުމުތަކުން ބައިވެރިވާ މިންވަރު ދިރާސާކުރުމަށް ޕޫޓިން ވަނީ އަމުރުކުރައްވާފައި. އަދި ޔޫކްރެއިނަށް އެހީތެރިވާ ގައުމުތަކުން ބޮޑެތި ނިންމުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 08:00
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއެކު ޔޫކްރެއިނުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކުން އެ ގައުމުގެ ރައްޔިތުން ރައްކާތެރިކޮށް، މި ހަނގުރާމައިން ރަޝިޔާ ކާމިޔާބު ހޯދާނެ ކަމަށް.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއެކު ޔޫކްރެއިނުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކުން އެ ގައުމުގެ ރައްޔިތުން ރައްކާތެރިކޮށް، މި ހަނގުރާމައިން ރަޝިޔާ ކާމިޔާބު ހޯދާނެ ކަމަށް. | އާރުޓީ

ރަޝިޔާގެ ރައްޔިތުންނާއި އެ ގައުމުގެ އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ "ހުރިހާ ކަމެއް" މޮސްކޯއިން ކުރާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެ އެވެ. ޔޫކްރެއިނުން ދެމުންދާ "ޓެރަރިސްޓް" ހަމަލާތަކުގެ ނަތީޖާއަކަށް ވާނީ ބޯޑަރު ސަރަހައްދުގައި އޮންނަ ސަލާމަތީ ސަރަހައްދު (ސެކިއުރިޓީ ޒޯން) އިތުރަށް ފުޅާވުން ކަމަށް ވިދާޅުވެ، ޕޫޓިން ވަނީ ކީވްއަށް އިންޒާރު ދެއްވާފަ އެވެ. މީގެ އިތުރުން، ޔޫކްރެއިނަށް އެހީތެރިވާ ގައުމުތަކުން ކުރިމަތީގައި "ބޮޑެތި ނިންމުންތަކަކާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއެކު ހުކުރު ދުވަހު ކޮމާންޑް ޕޯސްޓަކަށް ކުރެއްވި ޒިޔާރަތުގައި، ޑޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިން ހޯދަމުންދާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތު ޕޫޓިން އޮޅުންފިލުއްވި އެވެ. މީގެ ތެރޭގައި ޔޫކްރެއިނުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބެލެވުނު ކޮންސްޓަންޓިނޯވްކާ ހިފުމާ ގުޅޭ ތަފްސީލުތައް ހިމެނެ އެވެ.

އަސްކަރީ ކޮމާންޑަރަކު "ކާމިޔާބީ ލިބޭނީ ރަޝިޔާއަށް" ކަމަށް ބުނުމުން، ކޮންމެ ހާލަތެއްގައިވެސް ރަޝިޔާއަށް ނަސްރު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ރަޝިޔާގެ ސިފައިންގެ ފުރާނަ ސަލާމަތްކުރުމަށާއި، ހަނގުރާމައިގެ މަގްސަދުތައް އެއްވެސް ޝަރުތަކާ ނުލައި ހާސިލުކުރުމަށްޓަކައި، އަސްކަރީ ކޮމާންޑަރުން އުސޫލުތަކުގެ ތެރެއިން ބުއްދިވެރިކަމާއެކު އަމަލުކުރަންޖެހޭނެ ކަމަށް ޕޫޓިން ފާހަގަކުރެއްވިއެވެ. ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި "ފޭކް ކާމިޔާބީތައް" ދެއްކުމަށާއި އެމީހުންގެ ދޮގުތައް ދެމެހެއްޓުމަށްޓަކައި، ކީވްއިން ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ޕޫޓިން ދެއްވި އެވެ.

ޔޫކްރެއިނާއި ޔޫރަޕުގެ "ސުލްހަވެރިން ކަމަށް ހެދިގެން އުޅޭ ފަރާތްތަކުގެ" ހަގީގީ މަގްސަދަކީ ސުލްހަ ގާއިމުކުރުން ނޫން ކަމަށާއި، އެމީހުން ބޭނުންވަނީ ޔޫކްރެއިނުގެ އެންމެ ފަހު މީހާއާ ހަމައަށްވެސް ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކަމަށް ޕޫޓިން ތުހުމަތު ކުރެއްވި އެވެ.

ޖޫން މަހުގެ ކުރީކޮޅު ނޯޑިކް-ބޯލްޓިކް އެއިޓް (އެން.ބީ.8) އިން ނެރުނު ބަޔާނެއްގައި، ޔޫކްރެއިނުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް ތައުރީފުކޮށްފައިވާތީ، ޔޫރަޕުގެ ގައުމުތަކުން މިހާރު ރަޝިޔާގެ އާންމު ރައްޔިތުންނަށް ހަމަލާދިނުމަށް ހިތްވަރުދެނީތޯ ޕޫޓިން ސުވާލު އުފެއްދެވި އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، "މީގެ މާނައަކީ ރަޝިޔާގެ އާންމު ތަންތަނަށާއި، އިންފްރާސްޓްރަކްޗާއަށާއި، އާންމުންނާއި ކުޑަކުދިން ދަތުރުކުރާ އުޅަނދުތަކުގެ އިތުރުން ދަރިވަރުންގެ ހޮސްޓެލްތަކަށް ހަމަލާދިނުމަށް އެމީހުން ތާއީދުކުރަނީތޯ؟" ޕޫޓިން އެއްސެވި އެވެ.

ރަޝިޔާއިން މިކަމަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށް ވިދާޅުވެ، ޔޫކްރެއިނުގެ އަސްކަރީ ސިނާއަތްތަކަށާއި ހަނގުރާމައަށް އެހީތެރިވާ މަރުކަޒުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތައް ކުރިއަށް ގެންދިއުމަށް ޕޫޓިން އަސްކަރިއްޔާއަށް އަމުރުކުރެއްވި އެވެ. "ދިފާއީ ސަރަހައްދުތަކަށް ހަމަލާދޭން މަސައްކަތްކުރާ ވަރަކަށް، ބޯޑަރު ސަރަހައްދުގައި އަޅުގަނޑުމެން އުފައްދަންޖެހޭ ސަލާމަތީ ސަރަހައްދުވެސް ވާނީ ބޮޑު. އަދި މި ސަރަހައްދުތަކަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިންތައް،" ޕޫޓިން އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން، ހަނގުރާމައިގެ މައިދާނުގައި ނޭޓޯގެ ގައުމުތަކާއި "ހަނގުރާމައަށް ހިތްވަރުދޭ ފަރާތްތަކުން" ސީދާ ގޮތުން ބައިވެރިވާ މިންވަރު ދިރާސާކުރުމަށް ޕޫޓިން އަސްކަރިއްޔާއަށް އަމުރުކުރެއްވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި، މި ދިރާސާ ކުރުން މުހިންމީ ކުރިމަތީގައި ރަޝިޔާއިން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމަށް މަގުފަހިކުރުމަށެވެ.

މަސްދަރު: ރަޝިޔާ ޓީވީ

ވްލަޑިމިއަރ ޕުޓިންރަޝިޔާ-ޔޫކްރެއިންޑޮންބާސްކޮންސްޓަންޓިނޯވްކާކީވް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

ޔޫކްރެއިނުން ކްރައިމިއާގެ ހްވާޑީސްކޭ އަދި ސާކީ އެއާބޭސްއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަފުތާގައި ދެވަނަ ފަހަރަށް ސާކީ އެއާބޭސްއަށް ދިން މި ހަމަލާތަކުގައި އެ ތަނުގައި ހުރި ޖެޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ތަކެތި އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އެސް.ބީ.ޔޫ އިން ބުނޭ.

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

ރަޝިޔާއިން ޔޫކްރެއިންގެ ޚާރްކިވް، އޮޑެސާ އަދި ޚަރްސޯން ސަރަހައްދުތަކަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ހަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި. މި ހަމަލާތަކުގައި އާންމުން ދަތުރުކުރި ބަހަކަށާއި އިދާރީ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

ރަޝިޔާގެ އަސްކަރީ ބާރު ކުޑަކުރުމަށްޓަކައި، އެ ގައުމުގެ އެތެރޭގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި މިސައިލް އުފައްދާ މަރުކަޒުތަކަށް ޔޫކްރެއިންގެ ދުރު ރާސްތާގެ ހަތިޔާރު ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށާފައި. ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިއީ ރަޝިޔާގެ ހަނގުރާމައިގެ މެޝިނަރީތައް މަޑުޖައްސާލުމަށް ދެވޭ އިންސާފުވެރި ރައްދު ހަމަލާތަކެއް.

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

ޗައިނާގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލި އާ ޕްލޭނުގެ ދަށުން، ކިޔަވައިދިނުމާއި އިމްތިހާނުތައް ބޭއްވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ވަނީ ނިންމާފައި. މި ބަދަލާއެކު ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސްކޫލްތައް ހިންގުމުގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީތެރިކަން ހޯދާއިރު، ރަޝިޔާ ފަދަ ގައުމުތަކުން ވެސް ދަނީ ތައުލީމީ އަދި އިގްތިސާދީ ދާއިރާތަކުގައި އޭއައި ހިމެނުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ އައު އީޖާދުތަކަށް މަގުފަހިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ޓެކްނޮލޮޖީގެ ރަންގަޅު ނަތީޖާ ހާސިލުކުރުން.

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

ރަޝިޔާގެ ރައްޔިތުންނަށް ދެއްވި ބަޔާނެއްގައި ޕުޓިން ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު ވާޖިބު ކަމަށް. އަދި މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުން ތަކެއް ކާމިޔާބު ކަމާއެކު ޙައްލު ކުރެއްވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޕުޓިން ވިދާޅުވި.

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު