Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމާ

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

6 ޖުލައި 2026 | ހޯމަ 09:22

ޔޫކްރެއިންގެ އަސްކަރީ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ރަޝިއާއިން ދިން ވަރުގަދަ ހަމަލާތަކުގައި އާންމުންގެ ބައެއް އިމާރާތްތަކަށް ގެއްލުންވެ، މަދުވެގެން ނުވަ މީހުން ވަނީ މަރުވެފައި. މިއީ ޔޫކްރެއިންގެ "ޓެރަރިސްޓް" އަމަލުތަކަށް ދިން ރައްދެއް ކަމަށް ރަޝިއާއިން ބުނޭ، މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ދަށްވެފައިވާ ކަމަށް މޮސްކޯއިން ހާމަކުރޭ. ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ވަނީ ޔޫކްރެއިންގެ އިތުރު ބިންތައް ހިފައި، ރަޝިއާގެ ބޯޑަރު ކައިރީގައި ސަލާމަތީ ސަރަހައްދެއް ގާއިމުކުރާނެ ކަމުގެ އިންޒާރު ދެއްވާފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 09:22

ރަޝިޔާއިން ކިއީވްއަށް ނުރައްކާތެރި ހަމަލާތަކެއް ދީފި | އެކްސް

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ރަޝިއާއިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މިއީ ވުލޮޑިމިއަރ ޒެލެންސްކީގެ ސަރުކާރުން ދެމުންދާ "ޓެރަރިސްޓް" ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

ކީވްއަށް ދިން މި ހަމަލާތަކުގެ ފުރަތަމަ ގޮވުންތަކުގެ އަޑު އިވެން ފެށީ އެ ގައުމުގެ ގަޑިން މެންދަމު 1:30 ހާއިރުއެވެ. އޭގެ ފަހުން ފަތިހު 5 ޖަހަންދެން އެކި ފަހަރު މަތިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވެ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކީވްގެ އެކި ސަރަހައްދުތަކަށް ވަނީ ބާރުގަދަ ހަމަލާތަކެއް އަރާފަ އެވެ. އަދި ބައެއް ހަމަލާތަކަށް ފަހު އިތުރު ގޮވުންތައް ގޮވާފައިވާތީ، މިއީ ހަތިޔާރު ގުދަންތަކަކަށް ނުވަތަ އުފައްދާ މަރުކަޒުތަކަކަށް ނުވަތަ ވައިގެ ދިފާއީ ނިޒާމަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރަޝިއާގެ އާންމު ރައްޔިތުން ދިރިއުޅޭ އުމްރާނީ ވަސީލަތްތަކަށް ޔޫކްރެއިންއިން ދެމުންދާ "ޓެރަރިސްޓް ހަމަލާތަކުގެ" ބަދަލު ހިފުމުގެ ގޮތުން، ދުރު ރާސްތާގެ ފަހުގެ ހަތިޔާރާއި ޑްރޯން ބޭނުންކޮށްގެން ކީވްގެ އަސްކަރީ ސިނާއީ މަސައްކަތްތައް ކުރާ ތަންތަނަށާއި، ތެލާއި ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ ވައިގެ ބަނދަރުތަކަށް ވަނީ ހަމަލާދީފަ އެވެ.

ކީވްގެ އޮފިޝަލުން ބުނި ގޮތުގައި އެކި ސަރަހައްދުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި ގެއްލުން ލިބުނު ގިނަ ތަންތަނަކީ އާންމުންގެ ތަންތަން ކަމަށް ބުނެ، ބައެއް އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ބައެއް ބައިތައް ވެއްޓިފައިވާ މީހުން ދިރިއުޅޭ އިމާރާތެއް ވެސް ހިމެނެ އެވެ. އެ ސަރަހައްދުގެ އަސްކަރީ އިދާރާގެ ވެރިޔާ ޓިމޫރް ޓްކަޗެންކޯ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި މަދުވެގެން ނުވަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާގައި މަދުވެގެން 46 މީހުން ވަނީ ޒަޚަމްވެފަ އެވެ.

ހަމަލާ އަމާޒުވި ސީދާ ތަންތަނާއި އެއީ ކޮން ކަހަލަ މަރުކަޒުތަކެއްކަން ކަށަވަރު ކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އާންމުންގެ ތަންތަނަށް ގެއްލުންވާ ހާލަތްތަކުގައި މެނުވީ، ހަމަލާ އަމާޒުވާ ތަންތަނުގެ މައުލޫމާތާއި ވީޑިއޯ އާންމުކުރުން ޔޫކްރެއިންގެ ސަރުކާރުން އޮންނަނީ ހަރުކަށިކޮށް މަނާކޮށްފަ އެވެ.

ކީވް ގައި ހުރި އޭއެފްޕީގެ ޖާނަލިސްޓް ބުނެފައިވަނީ މަދުވެގެން 10 ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ.

ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް "ނިޒާމީ ގޮތެއްގައި އަދި މެދުނުކެނޑި" ހަމަލާދޭނެ ކަމަށް މޮސްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. ރަޝިއާގެ ޖެނެރަލް ސްޓާފްގެ ޗީފް ވަލެރީ ގެރަސިމޯވް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، ޔޫކްރެއިންގެ ދިފާއީ ސިނާއަތަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުރު ރާސްތާގެ ހަތިޔާރު އުފެއްދުމަށް ޔޫކްރެއިންއަށް އޮތް ގާބިލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ނިމިދިޔަ ހަފްތާ ބަންދު ދުވަސްތަކުގައި ޔޫކްރެއިންއިން އިން ވަނީ ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ރަޝިޔާ އަށް ދީފަ އެވެ. ރަޝިޔާގެ އަސްކަރިއްޔާ އިން ބުނީ 500 އަށްވުރެ ގިނަ ޑްރޯން ވައްޓާލި ކަމަށާއި، އޭގެ ތެރޭގައި ގިނައީ ދުރު ރާސްތާގެ ކަމިކާޒޭ ޑްރޯންތައް ކަމަށެވެ. މީގެ އިތުރުން އެފްޕީ-5 ފްލެމިންގޯ މަރުކާގެ 10 ކްރޫޒް މިސައިލާއި، އެމެރިކާގައި އުފައްދާ ހައިމާސް (HIMARS) ސިސްޓަމުން ފޮނުވާލި ނުވަ މިސައިލް ވެސް ރަޝިއާއިން ވައްޓާލި ކަމަށް ބުނެފައިވެ އެވެ.

މޮސްކޯއިން ސިފަކުރި ގޮތުގައި ޔޫކްރެއިންގެ މި ހަމަލާއަކީ ޑޮންބާސްގެ ހުޅަނގު އުތުރުގައި އޮންނަ މުހިންމު ސަރަހައްދެއް ކަމަށްވާ ކޮންސްޓަންޓިނޯވްކާ ޔޫކްރެއިންގެ އަތުން ގެއްލުމުން، އެކަމުން ހުޅަނގުގެ ގައުމުތަކާއި ޔޫކްރެއިންގެ ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ނާކާމިޔާބު މަސައްކަތެކެވެ.

ހަފުތާތަކެއް ވަންދެން ކުރި ވަރުގަދަ ހަނގުރާމައަށް ފަހު، އެ ސިޓީ މިނިވަންކޮށްފައިވާ ކަމަށް ރަޝިއާއިން ހުކުރު ދުވަހު ވަނީ އިއުލާންކޮށްފައެވެ. އެހެން ނަމަވެސް ޔޫކްރެއިނުން މިކަން ދޮގު ކުރެ އެވެ. ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ވިދާޅުވި ގޮތުގައި އެ ސިޓީއަކީ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކްގެ ބާކީ އޮތް ބައިތައް މިނިވަންކުރުމަށް އޮތް "ތަޅުދަނޑި" އެވެ.

ޕޫޓިން ވަނީ ޔޫކްރެއިންއަށާއި އެ ގައުމަށް ހިތްވަރުދޭ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ "ޓެރަރިސްޓް" އަމަލުތަކުގެ ޒަރީއާއިން ދައްކަން އުޅޭ ކޮންމެ ކަމެއްގެ ނަތީޖާއަކަށް ވާނީ ޔޫކްރެއިންގެ އިތުރު ބިންތައް ގެއްލުން ކަމަށެވެ. 

ކުރިއަށް އޮތް ނޭޓޯ ސަމިޓް ގައި އަންނަ ބުދަ ދުވަހު ޔޫކްރެއިންގެ ރައީސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

ރަޝިޔާ-ޔޫކްރެއިންކީވްވުލަޑިމިއަރ ޒެލެންސްކީވުލަޑިމިއަރ ޕުޓިންޑޮންބާސްކޮންސްޓަންޓިނޯވްކާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
04 ޖުލައި 2026

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި

04 ޖުލައި 2026
ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް