Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯ ސަމިޓް

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

8 ޖުލައި 2026 | ބުދަ 07:52

ނޭޓޯގެ ގައުމުތަކުން ދިފާއީ ޚަރަދުތައް އިތުރުނުކުރާނަމަ ވިލާތުން ސިފައިން ބާލާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދެއްވާފައިވާއިރު، ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކުރައްވާފައި. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޓްރަމްޕްގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ގެންދަވާއިރު، ޔޫކްރޭނުން ދަނީ ރަޝިޔާގެ ހަމަލާތަކުން ސަލާމަތްވުމަށް އިތުރު ވައިގެ ދިފާއީ ނިޒާމުތައް ހޯދުމަށް މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 07:52
ތުރުކީގެ އަންކާރާގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޭޓޯގެ އަހަރީ ސަމިޓަށް ވަޑައިގެންނެވުމަށްފަހު، ބެސްޓެޕޭ ޕްރެޒިޑެންޝަލް ކޮމްޕައުންޑްގައި ބޭއްވި ދެ ގައުމުގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ވާހަކަފުޅު ދައްކަވަނީ. މި ބައްދަލުވުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން (ކ) ބައިވެރިވެވަޑައިގެންނެވި.

ތުރުކީގެ އަންކާރާގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޭޓޯގެ އަހަރީ ސަމިޓަށް ވަޑައިގެންނެވުމަށްފަހު، ބެސްޓެޕޭ ޕްރެޒިޑެންޝަލް ކޮމްޕައުންޑްގައި ބޭއްވި ދެ ގައުމުގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ވާހަކަފުޅު ދައްކަވަނީ. މި ބައްދަލުވުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން (ކ) ބައިވެރިވެވަޑައިގެންނެވި. | ގެޓީ އިމޭޖަސް

ނޭޓޯގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީވިލާތުގެ އަންކާރާއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅު ޓްރަމްޕް ފެއްޓެވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނާއެކު އޮތް ގާތް ގުޅުން ހާމަކުރައްވަމުންނެވެ. ނަމަވެސް، ހަމައެއާއެކު ނޭޓޯގައި ހިމެނޭ ވިލާތުގެ ގައުމުތަކުން އެކަށީގެންވާ މިންވަރަށް ޚަރަދު ނުކުރާނަމަ، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން ބާލާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

އެމެރިކާގެ ރައީސް އަށް ތުރުކީން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައި

ވޮޝިންޓަނާއި ވިލާތުގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް ތުރުކީވިލާތަށް ވަޑައިގަތީ އަންގާރަ ދުވަހު އެވެ. ނޭޓޯގެ އިއްތިހާދުގެ ގައުމުތަކުގެ ދިފާއީ ޚަރަދުތައް ޖީޑީޕީގެ 5 އިންސައްތައަށް އިތުރުކުރުމަށް ޓްރަމްޕް ދަނީ ބާރުއަޅުއްވަމުންނެވެ. މިއީ މިދިޔަ އަހަރުގެ ސަމިޓުގައި އެއްބަސްވި އަދަދެއް ނަމަވެސް، ވިލާތުގެ ގައުމުތަކުގެ އިގްތިސާދު ހީނަރުވަމުންދާތީ މި އަމާޒަށް ވާސިލްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ނޭޓޯ ގައުމުތަކުގެ ވެރިން ފެމިލީ ފޮޓޯ އަކަށް ތައްޔާރުވަނީ

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ކަނޑައެޅިފައިވާ އަމާޒަށް ޚަރަދު ނުކުރުމާއި، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ތާއީދު ނުކުރާތީ "ނޭޓޯއާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ" ކަމަށެވެ. އަދި މީގެ ރައްދުގައި ވިލާތުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު އިތުރަށް މަދުކުރާނެކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ މި ސަމިޓަށް ވަޑައިގަތުމަށް ނިންމެވީ "ވަރުގަދަ ލީޑަރެއްގެ" ގޮތުގައި ސިފަކުރެއްވި އުރުދުޣާނަށް ކުރައްވާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އުރުދުޣާން ކުށްވެރިކުރައްވާފައިވީ ނަމަވެސް، އަދި ތުރުކީ އާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އޮތް ނަމަވެސް، ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަތުމާ ގުޅިގެން އަންކާރާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި އެވެ. މީގެ އިތުރުން، ތުރުކީއަށް އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ވިސްނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ އިސްރާއީލުގެ ނުރުހުން އަމާޒުވާނެ ނިންމުމެއް ކަމަށް ބެލެވެ އެވެ.

ޔޫކްރޭނުގެ ލީޑަރު ވުލަޑިމިއަރ ޒެލެންސްކީ ވަނީ މި ސަމިޓުގެ ބޭނުން ހިއްޕަވައި، ވިލާތުގެ ގައުމުތަކުގެ ކިބައިން އިތުރު ހަތިޔާރު ހޯދުމަށް އެދިވަޑައިގެންފަ އެވެ. މިފަހަރު އޭނާ އެދިވަޑައިގަތީ ރަޝިޔާގެ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމުގެ ގާބިލްކަން ހުރި ވައިގެ ދިފާއީ ނިޒާމުތައް ހޯދުމަށެވެ. ޒެލެންސްކީ މިކަމަށް އެދިވަޑައިގަތީ، ރަޝިޔާ ސިފައިން ކީވްއަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއްދީ، ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި އަސްކަރީ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލިތާ އެއްދުވަސް ފަހުންނެވެ.

މިދިޔަ އަހަރު ދަ ހޭގްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕަށް "ޑެޑީ" ގެ ނަމުން މުޚާތަބުކުރި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ، މިފަހަރުގެ އަންކާރާ ސަމިޓް ބޭނުންކުރައްވަނީ ޓްރަމްޕްގެ ކުރިމަތީގައި އޭނާގެ އަގު އެރުއްވުމަށް ހޯއްދަވާ ފުރުސަތެއްގެ ގޮތުގަ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫޓާ ވިދާޅުވީ، ހުރިހާ އިއްތިހާދީ ގައުމުތަކުން ވެސް ވަގުތުން ފިޔަވަޅު އަޅައި، ޖީޑީޕީގެ 5 އިންސައްތަ ދިފާއީ ކަންކަމަށް ޚަރަދުކުރުމުގެ އަމާޒަށް ވާސިލްވުމަށް ރައީސް ޓްރަމްޕް ފުރިހަމައަށް އުންމީދުކުރައްވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރު ފެށުނީއްސުރެ، ކެނެޑާ އާއި ވިލާތުގެ ގައުމުތަކުން ދިފާއީ ކަންކަމަށް ޖުމްލަ އެއް ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވައި، "ޓްރަމްޕް ޓްރިލިއަން" ގެ ނަމުން އެކަން ސިފަކުރައްވައި ޓްރަމްޕަށް ތައުރީފު ކުރައްވާނެ ކަމަށް ވެސް ރޫޓާ ވިދާޅުވި އެވެ.

ރޫޓާ ވަނީ އަންގާރަ ދުވަހުގެ ރޭ އެމެރިކާ އިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކީ ހަމަ ކޮންމެހެން ދިނުން މުހިންމު ހަމަލާތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޑޮނަލްޑް ޓްރަމްޕްރަޖަބް ތައްޔިބް އުރުދުޣާންވުލަޑިމިއަރ ޒެލެންސްކީމާކް ރޫޓާނޭޓޯ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ

07 ޖުލައި 2026
ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

06 ޖުލައި 2026
ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް

05 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އީރާނުގެ ވެރިންނަށް އަމާޒުކޮށް ދޭ އެންމެ ހަމަލާއަކުން އެ އެންމެން ނައްތާލެވިދާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް