Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

1 ޖުލައި 2026 | ބުދަ 12:11

ރަޝިޔާގެ އަސްކަރީ ބާރު ކުޑަކުރުމަށްޓަކައި، އެ ގައުމުގެ އެތެރޭގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި މިސައިލް އުފައްދާ މަރުކަޒުތަކަށް ޔޫކްރެއިންގެ ދުރު ރާސްތާގެ ހަތިޔާރު ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށާފައި. ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިއީ ރަޝިޔާގެ ހަނގުރާމައިގެ މެޝިނަރީތައް މަޑުޖައްސާލުމަށް ދެވޭ އިންސާފުވެރި ރައްދު ހަމަލާތަކެއް.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 12:11

ރަޝިއާގެ ތެޔޮ އުފައްދާ ކުންފުންޏެއް ކަމަށްވާ ގޭޒްޕްރޮމް ނެފްޓްގެ ދަށުން މޮސްކޯގެ އިރުދެކުނު ބޭރުގައި ހިންގަމުންދާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޔޫކްރޭނުން ހަމަލާދީފި ކަމަށް ވަނީ ރިޕޯޓުކޮށްފައި | އެކްސް

ޔޫކްރެއިންގެ އަސްކަރިއްޔާއިން ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ހަނގުރާމައިގެ ފްރަންޓްލައިން އާ 1،300 ކިލޯމީޓަރު (800 މޭލު) ދުރުގައި އޮންނަ އޫފާ ސިޓީގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި ކަމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ސަރަހައްދުތަކުގެ އެންމެ ފުނަށް އަމާޒުކޮށް ޔޫކްރެއިންގެ ދުރު ރާސްތާގެ ހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތަކަކީ، ރަޝިޔާއާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމެއް ކަމަށެވެ.

"މިއީ ރަޝިޔާއިން އަޅުގަނޑުމެންނާ ދެކޮޅަށް ކުރަމުންދާ ކަންކަމަށް ދެވޭ އިންސާފުވެރި ރައްދު ހަމަލާއެއް،" ޒެލެންސްކީ ވިދާޅުވި އެވެ. މީގެ އިތުރުން، ރަޝިޔާގެ ޕެންޒާ ސަރަހައްދުގައި ހުރި އަސްކަރީ ސިނާއީ މަރުކަޒަކަށް ވެސް ހަމަލާދީފައިވާ ކަމަށް އޭނާ ރިޕޯޓުކުރެއްވި އެވެ. މިއީ ޔޫކްރެއިނަށް ހަމަލާދިނުމަށް ރަޝިޔާއިން ބޭނުންކުރާ މިސައިލްތަކަށް ބޭނުންވާ ސާމާނު އުފައްދާ "ސްޓްރެޓީޖިކް" މުހިންމު ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނގުރާމައިގެ ކުރީސަފާ ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި ހުރި މި މަރުކަޒަކީ ރަޝިޔާގެ ދައުލަތުގެ ޖައްވީ އިދާރާ "ރޮސްކޮސްމޮސް" ގެ ދަށުން ހިންގާ ތަނެއް ކަމަށް ޔޫކްރެއިންގެ އަސްކަރީ ޖެނެރަލް ސްޓާފުން ވަނީ ހާމަކޮށްފަ އެވެ. އެތަނަކީ ކްރޫޒް އަދި ބެލިސްޓިކް މިސައިލްތަކަށް ބޭނުންވާ ސެންސަރުތަކާއި، މަތިންދާބޯޓުތަކުގެ އިލެކްޓްރޯނިކް ސާމާނާއި، ޖާސޫސީ ސެޓެލައިޓްތަކަށް ބޭނުންވާ އާލާތްތައް އުފައްދާ ތަނެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ޑޮނެޓްސްކް އަދި ލުހާންސްކް ސަރަހައްދުގައި ހުރި ދެ ފާލަމަކަށާއި، ޑޮނެޓްސްކް ސަރަހައްދުގައި ހުރި ލޮޖިސްޓިކްސް މަރުކަޒަކަށް ވެސް ހަމަލާދީފައިވާ ކަމަށް ޖެނެރަލް ސްޓާފުން ރިޕޯޓުކޮށްފައިވެ އެވެ.

ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި ރަޝިޔާގެ އަސްކަރީ ބާރު ކުޑަކުރުމަށްޓަކައި، ހަނގުރާމައިގެ ކުރީސަފާ ވަރަށް ދުރުގައި ހުންނަ ރަޝިޔާގެ ސާމާނު ސަޕްލައިކުރާ މަގުތަކަށް އަމާޒުކޮށް ޔޫކްރެއިންއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިއީ ރަޝިޔާގެ ހަނގުރާމައިގެ މެޝިނަރީތަކުގެ ދުވެލި މަޑުޖައްސާލުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މުހައްލިލުން ބުނެ އެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ ތެރޭގައި އެ ގައުމުގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ 11 ކާރުޚާނާއަކަށާއި، ތެޔޮ ރައްކާކުރާ މަރުކަޒުތަކާއި، އަސްކަރީ ފެކްޓްރީތަކުގެ އިތުރުން އެހެނިހެން މުހިންމު ތަންތަނަށް ހަމަލާދީފަ އެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރު ރަޝިޔާއިން ގަދަކަމުން އަތުލާފައިވާ ކްރައިމިއާގެ އެއާފީލްޑެއްގައި ހުރި ރަޝިޔާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާ ހެންގަރުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ޔޫކްރެއިންގެ ސަލާމަތީ ޚިދުމަތް، އެސް.ބީ.ޔޫ އިން ބުނެފައިވެ އެވެ.

ފަސްވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއަށް "ނުފޫޒު ފޯރުވުމުގެ" ގޮތުން 40 ދުވަހުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ހުއްދަ ދެއްވާފައިވާ ކަމަށް ރައީސް ޒެލެންސްކީ މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔުކްރެއިންވުލޮޑިމިއަރ ޒެލެންސްކީކްރައިމިއާ

އިތުރަށް ކިޔާލަން

29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް