Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާ

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި

4 ޖުލައި 2026 | ހޮނިހިރު 08:43

ޔޫކްރެއިނުން ރަޝިޔާގެ ސެއިންޓް ޕީޓަސްބާގާއި ލެނިންގްރާޑް ސަރަހައްދުގެ ތެޔޮ ރައްކާކުރާ ވަސީލަތްތަކަށާއި ބަނދަރުތަކަށް އަމާޒުކޮށް ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ބައެއް އޮއިލް ޓާމިނަލްތަކަށް ގެއްލުން ލިބިފައިވާއިރު، ރަޝިޔާގެ ދިފާއީ ބާރުތަކުން ވަނީ ޔޫކްރެއިނުގެ ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓާލާފައި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 08:43
ރަޝިޔާގެ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި އެ ސިޓީގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދުން ބޯ ދުން އަރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނޭ

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި އެ ސިޓީގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދުން ބޯ ދުން އަރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނޭ | ރޮއިޓާސް

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގާއި އެ ސިޓީގެ ވަށައިގެންވާ ލެނިންގްރާޑް ސަރަހައްދުގެ ބަނދަރަކަށާއި ތެލުގެ ވަސީލަތްތަކަށް، ޔޫކްރެއިނުން ރޭގަނޑުގެ ވަގުތެއްގައި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ސެއިންޓް ޕީޓަސްބާގްގެ ގަވަރުނަރު އެލެގްޒެންޑަރ ބެގްލޯވް ވިދާޅުވީ، 6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީއަށް ޔޫކްރެއިނުން "ބޮޑު" ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށާއި، މި ހަމަލާގައި އެ ސިޓީގެ އޮއިލް ޓާމިނަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ހަމަލާއާ ގުޅިގެން ކުރިމަތިވި ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލެނިންގްރާޑް ސަރަހައްދުގެ ގަވަރުނަރު އެލެގްޒެންޑަރ ޑްރޮޒްޑެންކޯ ވިދާޅުވީ، ސެއިންޓް ޕީޓަސްބާގްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 170 ކިލޯމީޓަރު (105 މޭލު) ދުރުގައި އޮންނަ ގަލްފް އޮފް ފިންލޭންޑްގެ ވައިސޮޓްސްކް ބަނދަރަށް ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށެވެ. އެ ބަނދަރަކީ ތެލާއި، ގޮވާމާއި، އަދި އެލް.އެން.ޖީ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު ބަނދަރެކެވެ.

ޑްރޮޒްޑެންކޯ އިތުރަށް ވިދާޅުވީ، ލެނިންގްރާޑް ސަރަހައްދުގެ ވައިގެ ސަރަހައްދުން ޔޫކްރޭނުގެ 72 ޑްރޯން ބަޑިޖަހައި ވައްޓާލާފައިވާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މީގެ ސަބަބުން ރަޝިޔާގެ ބައެއް ސަރަހައްދުތަކުން ތެޔޮ ލިބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ޔޫކްރެއިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކާ ގާތްގަނޑަކަށް 900 ކިލޯމީޓަރު (560 މޭލު) ދުރުގައި އޮންނަ ސެއިންޓް ޕީޓަސްބާގަށް، ކީވްގެ ޑްރޯންތަކުން ދޭތެރެ ދޭތެރެއިން ހަމަލާތައް އަމާޒުވެ އެވެ. މީގެ ކުރިން ދީފައިވާ ހަމަލާތަކުގެ ތެރޭގައި، މިދިޔަ ޖޫން މަހު ބޭއްވި ސެއިންޓް ޕީޓަސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގެ ތެރެއިން އެ ސިޓީގެ އޮއިލް ޓާމިނަލަށާއި ބަނދަރުކޮށްފައި އޮތް ހަނގުރާމަމަތީ މަނަވަރަކަށް ދިން ހަމަލާތައް ހިމެނެ އެވެ.

ސެއިންޓް ޕީޓަސްބާގްގެ ދެކުނުން އޮންނަ ޕްސްކޯވް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ، ރޭގަނޑުގެ ވަގުތެއްގައި އެ ސަރަހައްދުން 30 އަށްވުރެ ގިނަ ޑްރޯން ބަޑިޖަހައި ވައްޓާލާފައިވާ ކަމަށެވެ. އޭނާ ރިޕޯޓްކުރެއްވި ގޮތުގައި މި ހަމަލާތަކުގައި ވެލިކިޔޭ ލޫކީ އަވަށުގައި ހުރި ފެކްޓްރީއަކަށް ކުދިކުދި ގެއްލުންތައް ލިބި، ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ރަޝިޔާ-ޔޫކްރެއިންސެއިންޓް ޕީޓަސްބާގްލެނިންގްރާޑް

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް