Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

2 ޖުލައި 2026 | ބުރާސްފަތި 05:23

ރަޝިޔާއިން ޔޫކްރެއިންގެ ޚާރްކިވް، އޮޑެސާ އަދި ޚަރްސޯން ސަރަހައްދުތަކަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ހަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި. މި ހަމަލާތަކުގައި އާންމުން ދަތުރުކުރި ބަހަކަށާއި އިދާރީ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 05:23

ކީވް ސިޓީގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޔޫކްރެއިންގެ ވެރިރަށް ކީވްގެ ހުރިހާ ޑިސްޓްރިކްޓެއް ހިމެނޭހެން އެ ސިޓީގެ 30 އަށްވުރެ ގިނަ ސަރަހައްދަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި. | ނެކްސްޓާ

ބުދަ ދުވަހު ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަ މީހުން މަރުވެ، 50 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާރްކިވްގެ ތިން ސަރަހައްދަކަށް ރަޝިޔާއިން ދިން "ގްލައިޑް ބޮމުގެ" ހަތް ހަމަލާއެއްގައި 15 އަހަރުގެ ކުއްޖަކު މަރުވެ، 32 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އިހޯރް ތެރެޚޯވް ޓެލެގްރާމް މެދުވެރިކޮށް މައުލޫމާތު ދެއްވާފައިވެ އެވެ.

ޔޫކްރެއިންގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ އޮޑެސާއަށް ރަޝިޔާއިން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި ދެ މީހުން މަރުވެ، 15 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޮލެގް ކިޕާރް ވިދާޅުވި އެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ.

މީގެ އިތުރުން، ދެކުނުގެ ޚަރްސޯން ސަރަހައްދުގައި ދަތުރުކުރި މިނީ ބަހަކަށް އަމާޒުކޮށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި 18 އަހަރުގެ އަންހެނަކާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ގަވަރުނަރު އޮލެކްސަންޑަރ ޕްރޮކޫޑިން ވިދާޅުވި އެވެ. މި ހަމަލާގައި ނުވަ މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޚަރްސޯން ސަރަހައްދުގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް ރަޝިޔާއިން ދިން އެހެން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ ހަނގުރާމަ ފެށިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދެ ފަރާތުން ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތަކުގައި މަރުވާ އާންމުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޔޫކްރެއިންގެ އެއާފޯސްގެ ތަފާސްހިސާބުތަކާ ހަވާލާދީ އޭއެފްޕީން ތައްޔާރުކުރި ރިޕޯޓެއްގައިވާ ގޮތުން، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރަޝިޔާއިން ޔޫކްރެއިނަށް ފޮނުވާލި ދުރު ރާސްތާގެ ޑްރޯންތަކާއި މިސައިލްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތައް ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ. އެއީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ހިސާބުންނެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިން

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
05 ޖޫން 2026

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

05 ޖޫން 2026
މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު
02 ޖޫން 2026

ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

02 ޖޫން 2026
ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
18 މެއި 2026

ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

18 މެއި 2026
ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް