Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު

12 ޖުލައި 2026 | އާދީއްތަ 11:51

ރަޝިޔާގެ މިސައިލް ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމަށް ބާރުބޮޑުވެފައިވާއިރު، އެމެރިކާގެ "ޕޭޓްރިއަޓް" ނިޒާމު އެ ގައުމުގައި އުފެއްދުމުގެ ހުއްދަ މިހާރު ވަނީ ލިބިފައި. މި ހަމަލާތައް އަމާޒުވެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޕެރިހުގައި ބާއްވާ މަޝްވަރާތައް ފެށުމުގެ އެއް ދުވަސް ކުރިން. މި ހަމަލާތަކުގައި ޑިނީޕްރޯޕެޓްރޯވްސްކް އާއި ހާސަން ސަރަހައްދުން މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 11:51
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް 2026، ޖުލައި 11 ގެ ފަތިހުގެ ވަގުތެއްގައި ރަޝިޔާއިން ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސިޓީގެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ.

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް 2026، ޖުލައި 11 ގެ ފަތިހުގެ ވަގުތެއްގައި ރަޝިޔާއިން ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސިޓީގެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ. | އޭއެފްޕީ

ރަޝިޔާއިން ރޭގެ ވަގުތެއްގައި ޔޫކްރެއިނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

މި ހަމަލާތައް ދީފައިވަނީ، ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް ބާރު އެޅުމުގެ ގޮތުން ޔޫކްރެއިންގެ ބައިވެރިން ފަރަންސޭސިވިލާތުގެ ޕެރިހުގައި ބާއްވާ މަޝްވަރާތައް ފެށުމުގެ އެއް ދުވަސް ކުރިންނެވެ.

ފަހަކަށް އައިސް ރަޝިޔާއިން ތަކުރާރުކޮށް ދެމުންދާ ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ސަބަބުން، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ.

ރަޝިޔާގެ ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ، އެމެރިކާގައި ފަރުމާކޮށްފައިވާ "ޕޭޓްރިއަޓް" ވައިގެ ދިފާއީ ނިޒާމުތައް ޔޫކްރެއިންގައި އުފެއްދުމުގެ ހުއްދަ މި ހަފުތާގައި އެމެރިކާއިން ވަނީ ދީފައެވެ. ނަމަވެސް މި ނިޒާމުތައް އުފައްދައި ބޭނުންކުރަން ފެށުމަށް އަދި މަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ޑިނީޕްރޯޕެޓްރޯވްސްކް ސަރަހައްދަށް ރޭ ދިން ހަމަލާތަކުގައި ތިން މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި އެވެ. މީގެ ތެރެއިން ދެ މީހުން މަރުވީ ކްރިވީ ރިގް ސިޓީގައި ހުންނަ ސިނާއީ މަސައްކަތްކުރާ ތަނަކަށް  ދިން ހަމަލާއެއްގަ އެވެ.

މީގެ އިތުރުން، ޔޫކްރެއިންގެ ދެކުނުގައި އޮންނަ ހާސަން ސިޓީއަށް ދިން ޑްރޯން ހަމަލާއެއްގައި އުމުރުން 48 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ޔަރޮސްލާވް ޝަންކޯ ރިޕޯޓު ކުރައްވާފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
04 ޖުލައި 2026

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި

04 ޖުލައި 2026
ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
01 ޖުލައި 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި

01 ޖުލައި 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ދެވަނަ ފަހަރަށް ހަމަލާދީފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް