Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

8 މެއި 2026 | ހުކުރު 08:24

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހަލާލު ފައިސާ ބޭނުންކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވެ އިހުލާސްތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. ހައްޖަށް ދިއުމުގެ ކުރިން ދަރަނިތައް ސާފުކޮށް ތައުބާވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރަމުން، ހައްޖު މަގުބޫލުވިކަމުގެ އަލާމާތަކީ އެނބުރި އައުމަށްފަހު ދިރިއުޅުން ހެޔޮމަގަށް ބަދަލުވުން ކަމަށް ހުތުބާގައި ބުނެފައިވޭ. މީގެ އިތުރުން، މި މަތިވެރި އަޅުކަމުގެ ހުކުމްތައް ރަނގަޅަށް އުނގެނި ދަސްކުރުމަށް ހުރިހާ ހައްޖާޖީންނަށް ވަނީ އިރުޝާދުދީފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2026 | ހުކުރު 08:24
ހައްޖު ކޯޕަރޭޝަން ގެ ބެލުމުގެ ދަށުން ފާއިތުވެ ދިޔަ އަހަރު، ހައްޖުގެ އަޅުކަން އަދާކުރި ބައެއް ފަރާތްތައް

ހައްޖު ކޯޕަރޭޝަން ގެ ބެލުމުގެ ދަށުން ފާއިތުވެ ދިޔަ އަހަރު، ހައްޖުގެ އަޅުކަން އަދާކުރި ބައެއް ފަރާތްތައް | ހައްޖު ކޯޕަރޭޝަން

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''ހެޔޮ ގޮތުގައި ވެވޭ ހައްޖު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ހައްޖު ވާޖިބުވުމަށް ފަހު ހައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ހައްޖުވުމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އިރުޝާދުދެއްވައިފައިވާ ކަމެއްކަން ފާހަގަކޮށްފަ އެވެ. 

ޚުތުބާގައި ބުނީ، ހެޔޮ ގޮތުގައި ވެވޭ ހައްޖަށް މާތް ﷲ ދެއްވާ ސަވާބަކީ، ސުވަރުގެކަން ޝަރުއީ ދަލީލުތަކުން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، މާތް ﷲގެ ހަޒުރަތުގައި އަޅުކަމެއް މަގުބޫލުވަނީ، އެ އަޅުކަމެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވެގެންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހެޔޮ ގޮތުގައި ހައްޖުވުމަށްޓަކައި، ހައްޖަށް ދިޔުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއްވާ ކަމަށެވެ. 

އެގޮތުން އިހުލާސްތެރި ރަނގަޅު ތައުބާއަކުން ތައުބާވާން ޖެހޭ ކަމަށާއި، އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. ޚާއްސަކޮށް ހައްޖުވުމަށް ޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، އާންމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ހަލާލު ގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދު ތަކެއްކަމުގައި ވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އަދި، ދެއްކުންތެރިކަމުން ދުރުވެ، އިޚުލާސްތެރިކަމާ އެއްކޮށް ކުރާ ކަމެއް ކަމުގައި ކޮންމެ އަމަލެއް ވުމަކީ ވާޖިބެއްކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ވާރިދުވެފައިވާ حديثއެއްގައި ވެ އެވެ. (إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا) މާނައީ: "ހަމަކަށަވަރުން މާތް ﷲއީ ހުރިހައި ޢައިބަކުން ހުސްދުރުވެވޮޑިގެންވާ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޠާހިރު އަދި حلال ތަކެއްޗާއި ކަންތައް މެނުވީ އެކަލާނގެ قبولއެއް ނުކުރައްވައެވެ." ދެއްކުންތެރިކަމުން ޠާހިރުވެ، މާތް اللهއަށް ޓަކައި إخلاصތެރިކަމާ އެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ ޢަމަލެއް ވުމަކީ ވެސް واجبކަމެކެވެ. ޙައްޖަށްދާ މީހާ ނުވަތަ ޢުމްރާއަށްދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި، މި އަޅުކަމުގެ حُكُمތައް އުނގެނި ދަސްކުރުން ހުށްޓެވެ.
ހުކުރު ޚުތުބާ 

ޚުތުބާގައި ބުނީ، ހެޔޮ ގޮތުގައި ވެވުނު ހައްޖެއްކަމުގެ އަލާމާތަކީ ހައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާވުން ކަމަށެވެ. 

މީގެ އިތުރުން ހައްޖަކީ އަހަރަކު އެއް ފަހަރު އަދާކުރެވޭ އަޅުކަމެއް ކަމާއި އެ އަޅުކަމުގެ ރުކުނެއް އަޅައިފި މީހަކަށް އެ އަހަރުގެ ހައްޖު ނުލިބޭނެކަން ހަނދާން ކޮށްދީފައިވެ އެވެ. 

ހައްޖުހުކުރު ޚުތުބާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 މެއި 2026

ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި

02 މެއި 2026
ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި
01 މެއި 2026

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

01 މެއި 2026
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''
24 އެޕްރީލު 2026

ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

24 އެޕްރީލު 2026
ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ
17 އެޕްރީލު 2026

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

17 އެޕްރީލު 2026
ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ
10 އެޕްރީލު 2026

ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު، ފާފަވެރި އަމަލުތަކުން އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ: ޚުތުބާ

10 އެޕްރީލު 2026
ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު، ފާފަވެރި އަމަލުތަކުން އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ: ޚުތުބާ
05 އެޕްރީލު 2026

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް
03 އެޕްރީލު 2026

މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

03 އެޕްރީލު 2026
މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ
20 މާރިޗު 2026

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

20 މާރިޗު 2026
ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ
13 މާރިޗު 2026

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

13 މާރިޗު 2026
ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ
06 މާރިޗު 2026

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް